Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ވިސާގެ މައްސަލަތަކަކާ ހުރެ ސައުތު އެފްރިކާގެ ގައުމީ ޓީމު ދަތުރުކުރުން ލަސްވެއްޖެ: "އަހަރެމެން ފެންނަނީ މޮޔައިންގެ ގޮތުގައި" - ކުޅިވަރާ ބެހޭ ވަޒީރު

ވިސާގެ މައްސަލަތަކަކާ ހުރެ ސައުތު އެފްރިކާގެ ގައުމީ ޓީމު ދަތުރުކުރުން ލަސްވެއްޖެ: "އަހަރެމެން ފެންނަނީ މޮޔައިންގެ ގޮތުގައި" - ކުޅިވަރާ ބެހޭ ވަޒީރު

އައިޝަތު ރުވާ ރިފްޢަތު
47 ދުވަސް ކުރިން - 31 މެއި 2026 20:15
ސައުތު އެފްރިކާގެ ފުޓުބޯޅަ ޓީމު---
ސައުތު އެފްރިކާގެ ފުޓުބޯޅަ ޓީމު---
ޚުލާސާ

މިއީ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނަށް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެއްގެ ގޮތުގައި އެފްރިކާގެ ކުޅިވަރާ ބެހޭ ވަޒީރު ސިފަކުރެއްވި. މި މައްސަލަ ހައްލުކުރުމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ވެސް ދަނީ އެމެރިކާގެ ކޮންސިއުލޭޓާ ގުޅިގެން މަސައްކަތް ކުރަމުން.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް މެކްސިކޯއަށް ދަތުރުކުރުމަށް ތައްޔާރުވަމުންދިޔަ ސައުތު އެފްރިކާގެ ގައުމީ ފުޓްބޯޅަ ޓީމަށް ވިސާގެ މައްސަލަތަކެއް ކުރިމަތިވެ، ދަތުރު ލަސްވުމާ ގުޅިގެން އެ ގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު ގޭޓަން މެކެންޒީ ވަރަށް ބޮޑަށް ކޯފާވެ، އެކަމުގެ ފުރިހަމަ ރިޕޯޓެއް ހުށަހެޅުމަށް އަންގަވައިފިއެވެ.

ސައުތު އެފްރިކާގެ ފުޓްބޯޅަ އެސޯސިއޭޝަން އިން ވަނީ ބައެއް ކުޅުންތެރިންނާއި އޮފިޝަލުންގެ ވިސާ ހޯދުމުގައި "ގޮންޖެހުންތަކެއް" ކުރިމަތިވެފައިވާ ކަމަށް އެއްބަސްވެފައެވެ. ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް އެ އިދާރާއިން ހާމައެއް ނުކުރެއެވެ. މި ހާދިސާއާ ގުޅިގެން އެ ގައުމުގެ ގައުމީ ބްރޯޑްކާސްޓަރު އެސް.އޭ.ބީ.ސީ އިން ބުނެފައިވަނީ މިއީ އިދާރީ ގޮތުން ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކުޅިވަރާ ބެހޭ ވަޒީރު ގޭޓަން މެކެންޒީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އިދާރީ އޮޅުންބޮޅުންތަކުގެ ސަބަބުން ދުނިޔޭގެ ކުރިމަތީގައި ސައުތު އެފްރިކާ ފެންނަނީ "މޮޔައިންގެ" ގޮތުގައި ކަމަށެވެ. އަދި މިއީ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނަށް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. "މި ކަމުގެ ރިޕޯޓެއް އަހަރެން ބޭނުން. އަދި މި އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އަޅަންޖެހޭނެ،" ވަޒީރު ވިދާޅުވިއެވެ.

Advertisement

Advertisement 1

"ބަފާނާ ބަފާނާ" ގެ ނަމުން މަޝްހޫރުވެފައިވާ ސައުތު އެފްރިކާ ޓީމު، އަންނަ ހުކުރު ދުވަހު މެކްސިކޯގައި ޖެމެއިކާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ. މިއީ ޖޫން 11 ވަނަ ދުވަހު މެކްސިކޯ، އެމެރިކާ އަދި ކެނެޑާ ގުޅިގެން ބާއްވާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މެކްސިކޯއާ ދެކޮޅަށް ނުކުތުމުގެ ކުރިން އެ ޓީމަށް ލިބޭނެ އެންމެ ފަހު ފުރުސަތެވެ.

ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެމެރިކާގެ ވިސާ ހޯދުމެވެ. ސައުތު އެފްރިކާގެ ދެވަނަ މެޗު އެމެރިކާގެ އެޓްލާންޓާގައި ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާއިރު، އެ ގައުމަށް އެތެރެވުމަށް ހާއްސަ ހުއްދަތަކެއް ބޭނުންވެއެވެ. މި މައްސަލަ ހައްލުކުރުމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ވެސް ދަނީ އެމެރިކާގެ ކޮންސިއުލޭޓާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

ސައުތު އެފްރިކާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ކްރިސްޕިން ފިރީ ވިދާޅުވީ، މިއީ އިދާރީ މައްސަލައެއް ނަމަވެސް، ވީހާވެސް އަވަހަކަށް މިކަން ހައްލުކުރުމަށް އެހީތެރިވަމުންދާ ކަމަށެވެ.

ސައުތު އެފްރިކާއަކީ މިފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ އެފްރިކާގެ 10 ގައުމުގެ ތެރެއިން އެއް ގައުމެވެ. އެ ގައުމުން އެންމެ ފަހުން ވޯލްޑް ކަޕެއްގައި ކުޅެފައިވަނީ 2010 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުގައެވެ. ދާދި ފަހުން ނިކަރާގުއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު 0-0 އިން އެއްވަރުވުމާ ގުޅިގެން، ޓީމުގެ ފޯމާ މެދު ސަޕޯޓަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ފީފާ ވޯލްޑް ކަޕްސައުތު އެފްރިކާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވޯލްޑް ކަޕު ކާމިޔާބުކުރާ ޓީމަށް ތާރީޚީ ރަން އަނގޮޓިތަކެއް ދެނީ

ވޯލްޑް ކަޕު ކާމިޔާބުކުރާ ޓީމަށް ތާރީޚީ ރަން އަނގޮޓިތަކެއް ދެނީ

13 ގަޑިއިރު ކުރިން - 19:22

ފައުލް ގޯންޏެއްގެ ރެކޯޑާއި އެކު އާޖެންޓީނާ ފައިނަލަށް

ފައުލް ގޯންޏެއްގެ ރެކޯޑާއި އެކު އާޖެންޓީނާ ފައިނަލަށް

2 ދުވަސް ކުރިން - 02:25

ވޯލްޑް ކަޕްގައި ވިދާލި 10 ތަރިއަކު މި ހޫނު މޫސުމުގައި ކްލަބު ބަދަލުކުރުމުގެ މަގުމަތީގައި

ވޯލްޑް ކަޕްގައި ވިދާލި 10 ތަރިއަކު ކްލަބު ބަދަލުކުރުމުގެ މަގުމަތީގައި

3 ދުވަސް ކުރިން - 07:21

2-0 އިން ބަލިކޮށް ސްޕެއިނުން ފުރާންސުގެ ހާލުގެ ފިޔަ ކޮށާލައިފި

2-0 އިން ބަލިކޮށް ސްޕެއިނުން ފުރާންސުގެ ހާލުގެ ފިޔަ ކޮށާލައިފި

3 ދުވަސް ކުރިން - 01:58

24 އަހަރަށް ފަހު އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރަން ޖެހިއްޖެ

24 އަހަރަށް ފަހު އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރަން ޖެހިއްޖެ

5 ދުވަސް ކުރިން - 09:08

ފީފާ ވޯލްޑްކަޕްގައި ބައިވެރިވުމަށް ރާއްޖެ އަށް ފުރުސަތު ލިބިއްޖެ

ފީފާ ވޯލްޑްކަޕްގައި ބައިވެރިވުމަށް ރާއްޖެ އަށް ފުރުސަތު ލިބިއްޖެ

6 ދުވަސް ކުރިން - 10:42