“މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" ގެ ނަމުގައި ސަރުކާރުން ފަށާފައިވާ މި މަޝްރޫޢަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުން.
551 ދުވަސް ކުރިން - 13:17
ތަކަންދޫގައި ބީއެމްއެލް އޭޓީއެމް ޚިދުމަތް މިހާރު ފަށާފައިވާއިރު ރައްޔިތުންނަށް 24 ގަޑިއިރު މާލީ ޚިދުމަތްތައް ލިބޭނެ.
551 ދުވަސް ކުރިން - 12:54
މާރަންދޫގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމަށް އެ ރަށު ކައުންސިލާއެކު ބީއެމްއެލުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހު އެރަށަށް ރައީސް ވަޑައިގެން.
551 ދުވަސް ކުރިން - 12:40
ރައީސް މުޢިއްޒު އިމިގްރޭޝަންގެ ޚިދުމަތްތެރިންނަށް ޝުކުރު އަދާކުރެއްވީ އެ ޚިދުމަތަށް 75 އަހަރު ފުރުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ.
551 ދުވަސް ކުރިން - 12:30
ކްރިމިނަލް ކޯޓުން އަނެއްކާވެސް އެ ހަތަރު މީހުންގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފި. މި އިތުރުކުރި މުއްދަތު ހަމަވާނީ އަންނަ މަހުގެ 7 ގައި.
551 ދުވަސް ކުރިން - 11:42
އެ ސަރަހައްދުން ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނި.
551 ދުވަސް ކުރިން - 10:17
އިމިގްރޭޝަންގެ ބައެއްގެ މުވައްޒަފުން ބިދޭސީން އަތުން ނާޖައިޒު މަންފާ ހޯދަމުންދާ ކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން އަންނަނީ އެ މައްސަލަ ތަޙުޤީޤު ކުރަމުން.
551 ދުވަސް ކުރިން - 04:53
ދޮގު ވާހަކަ ފަތުރާ ފަރާތްތަކުން އިޝާރާތްކުރާ ފްލެޓަކީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، މީގެ އަހަރުތަކެއް ކުރިން ގަނެ، ފައިސާ ދައްކަމުން އައިސްފައިވާ ފްލެޓެއްކަމަށް ފަހުމީ ވިދާޅުވި.
551 ދުވަސް ކުރިން - 04:35
ސަރުކާރުން ދިން މަސްދަޅު ކޭސް ބެހުމުގައި، ހިތަދޫގެ ބައެއް ގޭބިސީތަކަށް ލިބިފައި ނުވާތީ، އެ ފަރާތްތަކަށް ބެހުމަށް 518 މަސްދަޅު ކޭސް ވަނީ ފޮނުވާފައި.
552 ދުވަސް ކުރިން - 03:44
ތެލެސީމިއާ ސެންޓަރަށް ރައީސް ކުރެއްވި ޒިޔާރަތަށްފަހު އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މިހާރު ދިމާވެފައިވާ ފިލްޓަރުގެ މައްސަލަތައް ޙައްލު ކުރުމަށް އަވަސް ފިޔަވަޅު އެޅުން ހިމެނޭ.
552 ދުވަސް ކުރިން - 03:40
މިއީ ޒަމާންތަކަކަށް ފަހު، އެއަހަރެއްގައި ކިއުގައި ޖެހިފައިތިބި އެންމެނަށް އެއަހަރު ޙައްޖަށް ދެވޭ ފުރަތަމަ ފަހަރުކަން ރައީސް ފާހަގަކުރެއްވި.
552 ދުވަސް ކުރިން - 03:34
ނިޔާވެފައިވަނީ ޒަމްޒަމް ކުންފުނީގެ ޙަވާލުގައި އުމްރާއަށް ވަޑައިގެންނެވި، ގއ. ވިލިނގިލީ ބްލޫހައުސް، މުއުމިނާ ސަޢީދާ.
552 ދުވަސް ކުރިން - 03:23