ހައްޔަރުކުރި އިމިގްރޭޝަން މުވައްޒަފުންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.
އިމިގްރޭޝަންގެ ބައެއްގެ މުވައްޒަފުން ބިދޭސީން އަތުން ނާޖައިޒު މަންފާ ހޯދަމުންދާ ކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން އަންނަނީ އެ މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.
އެކަމާ ގުޅިގެން ފުލުހުން އޮޕަރޭޝަންތައް ހިންގަމުން އަންނަ އިރު، ތިން މީހަކު ވަނީ މީގެ ކުރިން ހައްޔަރުކޮށްފައެވެ. އޭގެ ފަހުން ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދު ވެސް ވަނީ ހައްޔަރުކޮށްފައެވެ. ޝަމްޢާންގެ ގެއިން ގިނަ ޢަދަދަކަށް ފައިސާ ފެނިފައިވާ ކަމަށްވެސް ފުލުހުން އޭރު ބުންޏެވެ.
ފުލުހުން މިރޭ ބުނީ އިތުރު މީހަކުވެސް ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއާއެކު ހައްޔަރުކުރި އިމިގްރޭޝަންގެ ފަސް މުވައްޒަފެއްގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފައެވެ.









