Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގަލޮޅު ގެއަކަށް ވަދެ ބިރުދެއްކި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ގަލޮޅު ގެއަކަށް ވަދެ ބިރުދެއްކި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ
534 ދުވަސް ކުރިން - 24 މާޗް 2025 11:42
ގެއަކަށް ގޮސް ގެއްލުންދީ، އެ ގޭގެ ވެރިމީހާއަށް އިންޒާރުދީ ބިރުދެއްކި މީހުން / ފޮޓޯ: ޕޮލިސް.
ގެއަކަށް ގޮސް ގެއްލުންދީ، އެ ގޭގެ ވެރިމީހާއަށް އިންޒާރުދީ ބިރުދެއްކި މީހުން / ފޮޓޯ: ޕޮލިސް.
ޚުލާސާ

ކްރިމިނަލް ކޯޓުން އަނެއްކާވެސް އެ ހަތަރު މީހުންގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފި. މި އިތުރުކުރި މުއްދަތު ހަމަވާނީ އަންނަ މަހުގެ 7 ގައި.

ގަލޮޅުގައި ހުރި ގެއަކަށް ގޮސް ގެއްލުންދީ، އެ ގޭގެ ވެރިމީހާއަށް އިންޒާރުދީ ބިރުދެއްކި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ:

- އއ. މާޅޮސް، ރީތިހިޔާގެ މުޙައްމަދު އަފްލާޙް (23 އަހަރު)

Advertisement

Advertisement 1

- ނ. ވެލިދޫ، އެލަސްގެ އިބްރާހިމް އަހްނަފް (21 އަހަރު)

- ނ. މަނަދޫ، ހަވޭލިގެ މުޙައްމަދު އަޒާން (23 އަހަރު)

- ތ. ގުރައިދޫ، ފަޒާގެ އަލީ ނަވާފު (21 އަހަރު)

މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 8 ވަނަ ދުވަހުގެ ރޭގައެވެ. އޭގެ ފަހުން މާރިޗު 9 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. އެ މުއްދަތު ހަމަވުމާ ގުޅިގެން އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އަނެއްކާވެސް އެ ހަތަރު މީހުންގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައެވެ. މި އިތުރުކުރި މުއްދަތު ހަމަވާނީ އޭޕްރީލް 7، 2025 ގައެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު ހަތަރު މީހުން ވެސް ބުނެފައިވަނީ އެ މީހުން އެ ގެއަށް ދިޔައީ އަތޫފް ކިޔާ ރައްޓެހިއެއްގެ އެދުމުގެ މަތިން، އެ ގެ ސާފުކޮށްދިނުމަށް ކަމަށެވެ. އަދި އެ ގެއަށް ގެއްލުންދިން ކަމަށް ކުރާ ތުހުމަތުތަކަށް އެ މީހުން ވަނީ އިންކާރުކޮށްފައެވެ.

ނަމަވެސް، ފުލުހުންގެ ތަޙުޤީޤަށް ހާމަވެފައިވާ ގޮތުގައި އެ ގެ ކުއްޔަށް ދީފައިވަނީ އަލީ ޝިމާން ރަޝީދު ނަމަކަށް ކިޔާ މީހަކަށް ކަމަށާއި، އެ އެއްބަސްވުމުގައި ސޮއިކުރުވާފައިވަނީ ގަދަކަމުން ކަމަށް ގޭގެ ވެރިފަރާތުން ބުނެފައިވެއެވެ. އަދި އެ ހަތަރު މީހުންނާއެކު އެ ގެއަށް ދިޔަ މީހާގެ އަތުގައި އޮތް އެއްބަސްވުމަކީ ސައްޙަ އެއްބަސްވުމެއް ނޫންކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައިގައި އެ ހަތަރު މީހުންގެ މައްޗަށް ކުރަނީ ބިރުދެއްކުމާއި، ޖަމާޢަތް ހަދައިގެން ހުއްދަނެތި ތަންތަނަށް ވަނުމާއި، މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތެވެ. އަދި މި ހަތަރު މީހުންނަކީ ވެސް ކުރިން ބަންދުގެ ރެކޯޑު އޮތް ބައެއްކަން ކޯޓު އަމުރުން އެނގެއެވެ.

ކުށްކުރުންމާރާމާރީކްރިމިނަލް ކޯޓު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލޭގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާއާއި ފޯނެއް ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

ފިހާރައަކުން ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

6 ދުވަސް ކުރިން - 15:41

އާންމު މަސްލަހަތު ނަގާލުމަށް ބޮޑެތި ހަމަނުޖެހުންތަކެއް ހިންގި މީހަކު ހައްޔަރުކޮށްފި

އާންމު މަސްލަހަތު ނަގާލުމަށް ބޮޑެތި ހަމަނުޖެހުންތަކެއް ހިންގި މީހަކު ހައްޔަރުކޮށްފި

8 ދުވަސް ކުރިން - 14:44

މީހެއްގެ އެކައުންޓުން 92000 ރުފިޔާ ފޭރުނު ބަޔަކު ހައްޔަރު ކޮށްފި

މީހެއްގެ އެކައުންޓުން 92000 ރުފިޔާ ފޭރުނު ބަޔަކު ހައްޔަރު ކޮށްފި

15 ދުވަސް ކުރިން - 07:25

ރެސްޓޯރެންޓެއްގައި މާރާމާރީ ހިންގައި، އަންހެނަކަށާއި އިތުރު ބަޔަކަށް ހަމަލާދިން ޒުވާނަކު ހައްޔަރުކޮށްފި

ރެސްޓޯރެންޓެއްގައި މާރާމާރީ ހިންގައި، އަންހެނަކަށާއި އިތުރު ބަޔަކަށް ހަމަލާދިން ޒުވާނަކު ހައްޔަރުކޮށްފި

17 ދުވަސް ކުރިން - 11:07

ވާނުވާ ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަން ނިންމައިފި

ވާނުވާ ބަންދު އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަނީ

21 ދުވަސް ކުރިން - 15:17

ފުރާނައަށް ނުރައްކާވާ ކޭބަލް ވައްކަން: ދަގަނޑު ބްލެކް މާކެޓް ބަންދުކުރަނީ

ފުރާނައަށް ނުރައްކާވާ ކޭބަލް ވައްކަން: ދަގަނޑު ބްލެކް މާކެޓް ބަންދުކުރަނީ

21 ދުވަސް ކުރިން - 10:34