Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ތެލެސީމިއާ ސެންޓަރުން ޚިދުމަތްދޭ ވަގުތު އިތުރުކުރަން ރައީސް ނިންމަވައިފި

ތެލެސީމިއާ ސެންޓަރުން ޚިދުމަތްދޭ ވަގުތު އިތުރުކުރަން ރައީސް ނިންމަވައިފި

އައިޝަތު ރުވާ ރިފްޢަތު
481 ދުވަސް ކުރިން - 24 މާޗް 2025 03:40
ރައީސް، ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ރައީސް، ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ތެލެސީމިއާ ސެންޓަރަށް ރައީސް ކުރެއްވި ޒިޔާރަތަށްފަހު އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މިހާރު ދިމާވެފައިވާ ފިލްޓަރުގެ މައްސަލަތައް ޙައްލު ކުރުމަށް އަވަސް ފިޔަވަޅު އެޅުން ހިމެނޭ.

ތެލެސީމިއާ ސެންޓަރުން ޚިދުމަތް ދޭ ގަޑިތައް ހޮސްޕިޓަލަކާ އެއް ހަމައަކަށް އިތުރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މި ނިންމެވުމަކީ ތެލެސީމިއާ ސެންޓަރުގެ ޚިދުމަތާމެދު ހިތްހަމަނުޖެހިގެން ބައެއް ފަރާތްތަކުން ކުރި މުޒާހަރާއަކަށްފަހު އަޅުއްވާފައިވާ ފިޔަވަޅެކެވެ.

މުޒާހަރާ ކުރިތާ 24 ގަޑިއިރު ނުވަނީސް، ރައީސް ވަނީ މާލޭގައި ހުންނަ ތެލެސީމިއާ ސެންޓަރަށާއި ހުޅުމާލޭގައި ތަރައްޤީ ކުރަމުންދާ އައު ސެންޓަރަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ސެންޓަރުތަކުގެ މަސައްކަތްތަކާއި ކުދިންގެ ޙާލަތު ގާތުން ބައްލަވައި، ޝަކުވާތައް އަޑުއައްސަވާފައެވެ.

Advertisement

Advertisement 1

ރައީސްގެ މި ޒިޔާރަތަށްފަހު އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި:

  1. ތެލެސީމިއާ ސެންޓަރުން ޚިދުމަތް ދޭ ގަޑިތައް ހޮސްޕިޓަލަކާ އެއް ހަމައަކަށް އިތުރުކުރުން.
  2. ތެލެސީމިއާ ސެންޓަރަށް ޑިރެކްޓަރ ޖެނެރަލްއެއް ޢައްޔަންކުރުން.
  3. ޚިދުމަތް ރަނގަޅު ކުރުމަށް އިންޓަރނަލް މެނޭޖްމަންޓަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން.
  4. މިހާރު ދިމާވެފައިވާ ފިލްޓަރުގެ މައްސަލަތައް ޙައްލު ކުރުމަށް އަވަސް ފިޔަވަޅު އެޅުން.
  5. ބަލި މީހުންނަށް ޚިދުމަތް ދިނުމަށް ފިޒިޝަނުން (ޑޮކްޓަރުން) ހަމަޖެއްސުން.
  6. ތެލެސީމިއާ ސެންޓަރު ބާވެ ހަލާކުވެފައިވާތީ އާ ޢިމާރާތަކަށް ޚިދުމަތް ބަދަލު ކުރުމުގެ މަސައްކަތް ކުރުން.

މި ބަދަލުތަކާއެކު، ތެލެސީމިއާ ސެންޓަރުން ޚިދުމަތް ދޭ ގަޑިތައް އިތުރުވެ، ބަންދު ދުވަސްތަކުގައިވެސް ޚިދުމަތް ލިބެން ހުންނާނެއެވެ.

ރައީސް ވިދާޅުވީ ތެލެސީމިއާ ކުދިންނަށް ދިމާވާ ދަތިތައް ސީދާ އެމަނިކުފާނުގެ ބެލުމުގެ ދަށުން ޙައްލުކުރުމަށް ނިންމަވާފައިވާ ކަމަށެވެ. މިއީ ޒަމާނުއްސުރެ ތެލެސީމިއާ ސެންޓަރުގައި ހުރި ގިނަ މައްސަލަތައް ޙައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު 2027 ގެ ކުރީކޮޅު ފެށޭނެ: ރައީސް

"މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު 2027ގައި ފެށޭނެ"

1 ދުވަސް ކުރިން - 16:01

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

1 ދުވަސް ކުރިން - 19:57

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

1 ދުވަސް ކުރިން - 19:39

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

3 ދުވަސް ކުރިން - 11:20

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

4 ދުވަސް ކުރިން - 10:54

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

4 ދުވަސް ކުރިން - 22:50