ޢުމްރާއަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ނިޔާވެފައިވަނީ ޒަމްޒަމް ކުންފުނީގެ ޙަވާލުގައި އުމްރާއަށް ވަޑައިގެންނެވި، ގއ. ވިލިނގިލީ ބްލޫހައުސް، މުއުމިނާ ސަޢީދާ ކަމަށެވެ.
އޭނާ ނިޔާވެފައިވަނީ މިރޭގެ ވަގުތެއްގައި މައްކާގައި ކަމަށް ކުންފުނީގެ ފަރާތުން ވުޒާރާއަށް މައުލޫމާތު ދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.








