ކިއުގައި ތިބި އެންމެނަށް މިއަަހަރު ޙައްޖަށް ދެވޭނެ: ރައީސް

އަައިޝަތު ޒީނާ | 252 ދުވަސް ކުރިން - 23 މާރިޗް 2025 03:34
ޙައްޖުގެ އަޅުކަމަށް ދިވެހިންތަކެއް ފުރަނީ.
ޙައްޖުގެ އަޅުކަމަށް ދިވެހިންތަކެއް ފުރަނީ.
ޚުލާސާ

މިއީ ޒަމާންތަކަކަށް ފަހު، އެއަހަރެއްގައި ކިއުގައި ޖެހިފައިތިބި އެންމެނަށް އެއަހަރު ޙައްޖަށް ދެވޭ ފުރަތަމަ ފަހަރުކަން ރައީސް ފާހަގަކުރެއްވި.

ކިއުގައި ތިބި އެންމެނަށް މިއަަހަރު ޙައްޖަށް ދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ 2025 ގައި ޙައްޖަށް ދެވޭނެ ކަމަށް ޙައްޖު ކޯޕަރޭޝަނުގެ ކިއުގައި ތިބި އެންމެހައި ފަރާތްތަކަށް މިއަހަރު ހައްޖަށް ދެވޭނެ ކަމަށެވެ.

މިއީ ޒަމާންތަކަކަށް ފަހު، އެއަހަރެއްގައި ކިއުގައި ޖެހިފައިތިބި އެންމެނަށް އެއަހަރު ޙައްޖަށް ދެވޭ ފުރަތަމަ ފަހަރުކަން ރައީސް ފާހަގަކުރެއްވިއެވެ.

މިހާރު ޙައްޖު ކިއުގައި ތިބީ ކިހާ ޢަދަދެއްގެ ބައެއް ކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

ދިވެހި ޙައްޖުވެރިންނާއި ޢުމްރާވެރިން އަޅުކަން އަދާކުރުމުގައި ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ސީދާ ރައީސްގެ އިރުޝާދުގެ ދަށުން ކަމާ ބެހޭ ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%