މި ފިލްމަކީ ކައިވެނީގެ ވީޑިއޯ ސީޑީއެއް ވަގަށް ނެގުމާ ގުޅޭ ވާހަކައެއް. "ވިކީ ވިދްޔާ ކާ ވޯ ވާލާ ވީޑިއޯ" ގެ ޓްރެއިލާ ބުރާސްފަތި ދުވަހު ނެރުމާއެކު، އެއް ދުވަހުގެ ތެރޭގައި ޔޫޓިއުބްގައި 18 މިލިއަން ވިއުސް ލިބި، ބޮޑު ތަރުހީބެއް ލިބިފައިވޭ.
714 ދުވަސް ކުރިން - 15:17
ހަރުޝްވަރުދަން މި ޚަބަރު ހިއްސާކުރީ އެ ފިލްމުގެ ޕްރޮޑިއުސަރު ދީޕަކް މުކުތުއާ އެކު ނަގާފައިވާ ފޮޓޯއަކާ އެކު. ފިލްމުގެ ދެވަނަ ބައި އަންނަން ކަނޑައެޅިފައިވާ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވޭ. ނަމަވެސް، ފިލްމުގެ ފުރަތަމަ ބައިގެ މަގުބޫލުކަމަށް ބަލާއިރު، ގިނަ ބެލުންތެރިން މި ފިލްމުގެ ދެވަނަ ބަޔަށް ވެސް ބޮޑަށް އިންތިޒާރުކުރާނެ ކަމަށް ލަފާކުރެވޭ.
716 ދުވަސް ކުރިން - 00:30
14 އަހަރު ކުރިން އަކްޝޭ ލީޑު ރޯލު ކުޅުނު "ބޫލް ބުލައްޔާ" އަކީ ވަރަށް ކާމިޔާބު އަދި މިހާރުވެސް މަޤުބޫލު ފިލްމެއް. ރިޕޯޓުތަކުން ހާމަކުރާ ގޮތުގައި، "ބޫލް ބުލައްޔާ"ގެ ފުރަތަމަ ފިލްމުގެ ކާސްޓުގައި ހިމެނުނު މުހިންމު ބައެއް އެކްޓަރުން "ބޫތު ބަންގްލާ" އިން ފެންނާނެކަމަށާއި އޭގެ ތެރޭގައި ޕަރޭޝް ރާވާލް، އަސްރާނީ އަދި ރާޖްޕަލް ޔާދާވް ހިމެނޭ.
716 ދުވަސް ކުރިން - 00:01
މި މަހުގެ 27 ވަނަ ދުވަހު ޕްރިމިއާކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޓްރެއިލާ ވަނީ ހަތަރު ބަހަކުން ނެރެފައި. އެއީ ތެލުގޫ، ހިންދީ، މަލަޔާލަމް އަދި ތަމަޅަ ބަހުން. މި ފިލްމުގައި ވިލަންގެ ރޯލު ކުޅޭ ސައިފް އަލީ ހާންގެ ގިނަ މަންޒަރުތަކެއް ވެސް ޓްރެއިލާގައި ފެނިގެންދޭ،
716 ދުވަސް ކުރިން - 23:36
މިއީ ހުރިހާ އުމުރުފުރައަކަށް އަމާޒުކޮށްފައިވާ ހިޔާލީ ވާހަކައެއްކަން ފިލްމުގެ ޑައިރެކްޓަރުން ވަނީ ހާމަކޮށްފައި.
719 ދުވަސް ކުރިން - 23:29
ފިލްމު ދެއްކުމަށް ހަމަޖެހިފައިވާ ހުރިހާ ޝޯވތަކެއްގެ ޓިކެޓް ވަނީ ވިކި ހުސްވެފަ. އިތުރަށް ހަމަޖެއްސި ޝޯވތަކުގެ ޓިކެޓްތައްވެސް ވަނީ ވިކިފައި. މިހާ ބޮޑު ތަރުޙީބެއް ލިބުމާ ގުޅިގެން، ވަދާޢީ ޝޯވތަކެއް ބޭއްވުމަށް މިހާރު ދަނީ މަސައްކަތްކުރަމުން.
719 ދުވަސް ކުރިން - 22:54
ބޮލީވުޑްގެ މަޝްހޫރު ތަރި ދިޕިކާ ޕަޑުކޯން ވިހެއުމާ ގުޅިގެން، ހުވަދޫ އަތޮޅުގެ ކުޅަދާނާ ޓިކްޓޮކް ކުޅުންތެރިޔާ ނައުފަލް ނަސީމު ވަނީ އަޅިބޮނޑި އާއި ހިލިބޭސް ތައްޔާރުކުރުމުގައި އަވަދިނެތި މަސައްކަތް ކޮށްފައި. ނަމަވެސް، ދިޕިކާ ވިހައިގެން އޮތީ މުމްބާއީގެ ހޮސްޕިޓަލެއްގައި ކަން އެނގުމުން، ނައުފަލް ތައްޔާރުކުރި ތަކެތި ފޮނުވޭނެ ގޮތެއް ނެތްކަން އެނގި، އޭނާ ވަރަށް ބޮޑަށް ހިތާމަކޮށްފި.
719 ދުވަސް ކުރިން - 22:44
އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ދީޕިކާއަށް ލިބިފައިވަނީ އަންހެން ކުއްޖެއް. ދީޕިކާ އަދި ރަންވީރު ސިންގް އަށް އަލަތު ދަރިއަކު ލިބޭކަން ޢިއުލާނުކޮށްފައިވަނީ މި އަހަރުގެ ފެބްރުވަރީ މަހު.
720 ދުވަސް ކުރިން - 14:18
"ދަ ޕާފެކްޓް ކަޕުލް" ދައްކަނީ ވަރަށް ލޯބިން އުޅޭ ކަޕަލްއެއްގެ ކައިވެންޏަށް ތައްޔާރުވަމުންދަނިކޮށް، އެ ކައިވެނީގެ ހަފްލާ ބާއްވާ ވެނިއުގައި މަރާލާފައި އޮތް މީހަކު ފެނިގެން، އެ މަރުގެ ހަގީގަތް ހޯދުމަށް ފުލުހުން ކުރާ މަސައްކަތުގެ ވާހަކަ. މި ސީރީޒްއަކީ އިޝާން ކައްތަރުގެ ފުރަތަމަ ހޮލީވުޑް ޕްރޮޖެކްޓް ކަމަށްވުމާއެކު، ގިނަ ބަޔަކު މިހާރު ވަނީ މި ސީރީޒްއަށް ބޮޑު ޝައުގުވެރިކަމެއް ފާޅުކޮށްފަ.
721 ދުވަސް ކުރިން - 13:22
"ޖިގްރާ" އަންނަ މަހުގެ 19 ވަނަ ދުވަހު ޕްރިމިއާކުރުމަށް ވަނީ ނިންމާފަ. މި ފިލްމުގައި ދައްކާނީ ދައްތައެއްގެ ހިތުގައި އޭނާގެ ކޮއްކޮއަށް އޮތް ލޯތްބާއި، ކޮއްކޮއަށްޓަކައި ދައްތަ ވާ ގުރުބާނީގެ ވާހަކަ.
721 ދުވަސް ކުރިން - 13:20
ދިގު މުއްދަތަކަށް ޕަބްލިކް ލައިފުން ދުރުވެ، އެހެން ޝައުގުވެރިވާ ކަންކަމަށް ވަގުތު ހޭދަކުރުމަށް އޭނާ ބޭނުންވާ ކަމަށް ބުނެފައިވޭ.
725 ދުވަސް ކުރިން - 06:09
މި ކޮންސަޓު ބާއްވަން ހަމަޖެހިފައިވަނީ ، 16 ނުވެންބަރު 2024 ގައި. އަރިޖިތް ސިންގް އެންމެ ފަހުން މެލޭޝިޔާގައި ޕަރފޯމްކޮށްފައިވަނީ 2013 ވަނަ އަހަރު ޝާރުޚް ޚާންއާ އެކުގައި،
729 ދުވަސް ކުރިން - 20:48