ޑާކްރެއިން އެންޓަޓެއިންމަންޓުން ކުރިއަށް ގެންނަން ތާވަލުކޮށްފައިވާ ފިލްމު "ބިބީ"ގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.
މި ފިލްމުގެ ޕްރޮޑިއުސަރ މުޙައްމަދު އަލީ ބުނީ ހެނދުނު 10:00 އިން ރޭގަނޑު 22:00 ގެ ނިޔަލަށް އޮލިމްޕަސް ކައުންޓަރު ހުޅުވާފައި ހުންނާނެ ކަމަށާއި އެ ކައުންޓަރުން ޓިކެޓު ލިބޭނެ ކަމަށެވެ.
އަންނަ މަހުގެ ހަތް ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ މި ފިލްމަކީ ޑާކްރެއިންގެ ފުރަތަމަ ހޮރޯ-ކޮމެޑީ ފިލްމެވެ.
ޝަހުދާ މަހްމޫދު ޑައިރެކްޓުކުރާ މި ފިލްމަކީ އޭނާގެ ފުރަތަމަ ފީޗާ ފިލްމްވެސް މެއެވެ. މި ފިލްމުގައި ލީޑު ރޯލު ކުޅެނީ ޝަހުދާގެ ފިރިމީހާ ޝަރަފް އަބްދުﷲ އެވެ. އަދި އަންހެން ލީޑު ރޯލު ކުޅެނީ މަރިޔަމް މަޖުދާ (މަޖޫ) އެވެ. މި ފިލްމަކީ ޝަރަފް އާއި މަޖޫ އެކުގައި ކުޅޭ ފުރަތަމަ ފީޗާ ފިލްމުކަންވެސް ފާހަގަކުރެވެއެވެ.
މި ފިލްމުގައި މަޝްހޫރު ތަރި ޝީލާ ނަޖީބު އަދި އަހުމަދު ސައީދުވެސް ހަރަކާތްތެރިވާނެއެވެ.
ޑަކްރެއިން އިން ބުނީ މި ފިލްމަކީ ބެލުންތެރިން ބިރުގަންނުވާލުުމަށް ފަހު ހެއްވާލާނެ ވަރަށް ތަފާތު ފިލްމެއް ކަމަށެވެ.



