
އޭޕެކް ސަމިޓުގެ ހަވާސާގައި، ފުރަތަމަ ފަހަރަށް ތިންބާރުގެ ވެރިން ބޭއްވި ބައްދަލުވުމުގައި ޕޫޓިންއާ ސަލާމްކުރައްވަމުން ޓްރަމްޕް ވަނީ ޕޫޓިންއަކީ އެމަނިކުފާނުގެ އެކުވެރިއެއް ކަމަށް ވިދާޅުވެ، ސޯޝަލް މީޑިއާގައިވެސް "މައި ފްރެންޑް" ޖައްސަވައި ފޮޓޯތައް ހިއްސާކުރައްވާފަ.
1 ދުވަސް ކުރިން - 12:31
ތިންބާރުގެ ވެރިން ނެރުނު ގުޅިފައިވާ ބަޔާނުގައި، އ.ދ އިސްލާހުކުރުމަށާއި، ދުނިޔޭގެ ބާޒާރަށް ތެލުގެ ސަޕްލައި އިތުރުކުރުމުގެ އިތުރުން، އައި.ސީ.ސީގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށާއި އަދި ނިއުކްލިއާ ހަނގުރާމައިގެ ނުރައްކާ ކުޑަކުރުމަށް މަޝްވަރާތައް ކުރިއަށް ގެންދިއުމަށްވެސް މި ތިން ލީޑަރުން އެއްބަސްވެވަޑައިގެންނެވި.
4 ދުވަސް ކުރިން - 09:45
ބައްދަލުވުމަށްފަހު އާންމުކުރި ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ ނިއުކްލިއާ ހަތިޔާރުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް ކުޑަކުރުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމަށް ތިން ގައުމުން އެއްބަސްވެފައިވާ ކަމަށް. ނަމަވެސް މި ސަމިޓުގައި އެއްވެސް ގައުމަކުން ނިއުކްލިއާ ހަތިޔާރު މަދުކުރުމުގެ އަމަލީ އެއްބަސްވުމެއްގައި ސޮއިކޮށްފައެއް ނުވޭ.
4 ދުވަސް ކުރިން - 09:30