އީރާނާއި ގުޅޭ ފިތުނަތައް އިތުރުވަމުންދާތީ މެދުއިރުމަތި ފަޅައިގެން ހިނގައިދާނެ ކަމަށް ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޯވް އިންޒާރު ދެއްވައިފިއެވެ.
އީރާނަކީ ރަޝިޔާގެ ގާތް ބައިވެރިއެއްގެ ގޮތުގައި ސިފަކުރައްވައި، ލަވްރޯވް ވިދާޅުވީ ސަރަހއްދުގެ މަސްލަހަތު ގޯސްވެ، ސަލާމަތަށް ނުރައްކާ ވާކަމުގައި ވަނީ ނަމަ މޮސްކޯ "ހިމޭނުން" ނޯންނާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އިސްރާއީލާއި އެމެރިކާ އަދި އީރާނާއި ދެމެދު އުފެދިފައިވާ ފިތުނަތައް ކުޑަކުރުމަށް އަމާޒުކޮށްގެން ކުރާ މަސައްކަތްތައް ރަޝިޔާއިން ބަލަމުންދާ ކަމަށާއި، ނަމަވެސް މޮސްކޯއިން މިވަގުތު ޓެލްއަވީވް، ތެހެރާން އަދި ވޮޝިންޓަނާއި ދެމެދު ރަސްމީ މެދުވެރިއެއްގެ ގޮތުގައި އޮންނާކަށް ބޭނުން ނުވާ ކަމަށެވެ.
އެމެރިކާ އިން އީރާނަށް ޙަމަލާ ދޭން ބުނުމާއި އެކު ރަޝިއާއިން ވަނީ ލޭޒާ ބޭނުން ކޮށްގެން މިސައިލްތައް ގޮއްވާލާ ހަތިޔާރު ވެސް އީރާނަށް ދީފައި ކަމަށް ބައެއް ހަބަރުތައް ބުނެއެވެ.










