Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސުލްހައިގެ ބޯޑުގައި ޕޫޓިން ބައިވެރިވެދާނެތީވެ އިނގިރޭސީން ކަންބޮޑުވެއްޖެ

ސުލްހައިގެ ބޯޑުގައި ޕޫޓިން ބައިވެރިވެދާނެތީވެ އިނގިރޭސީން ކަންބޮޑުވެއްޖެ

ހުސައިން އިސްމާއިލް
229 ދުވަސް ކުރިން - 23 ޖެނުއަރީ 2026 10:21
އިނގިރޭސި ފޮރިން ސެކްރެޓަރީ ޔްވެޓް ކޫޕަރ - އޭނާ އަކީ ޕޫޓިން އަށް ވަރަށް ބޮޑަށް ފާޑުކިޔާ މީހެއް
އިނގިރޭސި ފޮރިން ސެކްރެޓަރީ ޔްވެޓް ކޫޕަރ - އޭނާ އަކީ ޕޫޓިން އަށް ވަރަށް ބޮޑަށް ފާޑުކިޔާ މީހެއް
ޚުލާސާ

ސުލްހައަށް މަސައްކަތްކުރާ އެއްވެސް ތަނަކަށް ރަޝިޔާގެ ރައީސް ނިސްބަތްވާނެ ހެނެއް ހިއެއް ނުވާ ކަމަށް އިނގިރޭސިވިލާތުން ބުނޭ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ސުލްހައިގެ ބޯޑުގައި އިނގިރޭސިވިލާތުން އަދި ސޮއި ނުކުރާނެ ކަމަށާއި، ރަޝިޔާއިން އެ ބޯޑުގައި ބައިވެރިވެދާނެތި ކަންބޮޑުވާ ކަމަށް އިނގިރޭސި ފޮރިން ސެކްރެޓަރީ ޔްވެޓް ކޫޕަރު ބުނެފިއެވެ.

ވައިޓް ހައުސް އިން ބުނެފައި ވަނީ ސުލްހައިގެ ބޯޑަކީ ޣައްޒާގެ ކަންކަން ހިންގުމަށް އުފައްދާ ބޯޑެއް ކަމަށެވެ.

ނަމަވެސް ކޫޕަރު ވިދާޅުވީ އެ ބޯޑަކީ ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް ފުރަތަމަ ފޯކަސް ކުރި ކަމުގައި ވިޔަސް، މިހާރު އެއީ އދ. ގެ ޗާޓަރާއި ފުށު އަރާ މައްސަލަތަކެއް ހިމެނޭ ބޯޑެއް ކަމަށް ބެލެވޭ ކަމަށެވެ.

Advertisement

Advertisement 1

"ޕޫޓިން އަކީ ސުލްހަވެރިއެއް ނޫން، އަދި އަޅުގަނޑަކަށް ހިއެއް ނުވޭ ސުލްހައަށް މަސައްކަތްކުރާ އެއްވެސް ތަނަކަށް އޭނާ ނިސްބަތްވާނެ ހެނެއް” ކޫޕަރު ވިދާޅުވިއެވެ.

ސުލްހައިގެ ބޯޑުގައި ބައިވެރިވުމަށް ޕޫޓިންއަށް ދައުވަތު ދެއްވިކަން ޓްރަމްޕް ވަނީ އަންގާރަ ދުވަހު ކަށަވަރުކޮށްދެއްވާފައެވެ.

އެ ދައުވަތު ގަބޫލުކުރި ގައުމުތަކުގެ ތެރޭގައި އަޒަރުބައިޖާން، އާޖެންޓީނާ، ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހްރެއިން، ޖޯޑަން، ގަތަރު، އަދި މިސްރާއި އިތުރު ގައުމުތަކުގެ އިތުރުން ނޭޓޯގެ މެމްބަރު ތުރުކިޔޭ އާއި ހަންގޭރީ ވެސް ހިމެނެއެވެ.

މިއީ ދުނިޔޭގެ ބޮޑެތި ބާރުތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމެއް ނަމަވެސް، ޓްރަމްޕް ވިދާޅުވީ މި ބޯޑުން މަސައްކަތް ކުރާނީ އދ.އާ ގުޅިގެން ކަމަށެވެ.

އެމެރިކާ ފިޔަވައި އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ އެއްވެސް މެންބަރަކު މިހާތަނަށް މި ބޯޑުގައި ބައިވެރިވުމަށް ނިންމާފައެއް ނުވެއެވެ.

އިނގިރޭސީވިލާތްސުލްހައިގެ ބޯޑްވްލަޑިމީރު ޕޫޓިންރަޝިއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރަޝިޔާއަށް ދިން ޑްރޯން ހަމަލާއެއްގައި 4 މީހުން މަރުވެ 29 މީހުން ޒަހަމްވެއްޖެ

ރަޝިޔާއަށް ދިން ޑްރޯން ހަމަލާއެއްގައި 4 މީހުން މަރުވެ ގިނަބަޔަކު ޒަހަމްވެއްޖެ

3 ގަޑިއިރު ކުރިން - 13:34

ރަޝިޔާއާއި ނޯތު ކޮރެއާ ދެމެދު މުދަލާއި ދަތުރުވެރިން އުފުލާނެ އާ ބުރިޖެއް ހުޅުވައިފި

ރަޝިޔާއާއި ނޯތު ކޮރެއާ ދެމެދު މުދަލާއި ދަތުރުވެރިން އުފުލާނެ ބުރިޖެއް ހުޅުވައިފި

1 ދުވަސް ކުރިން - 13:24

ޗާގޯސް މައްސަލައިގައި ރަސްމީ މަޝްވަރާތަކަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ރައީސް ޑރ. މުއިއްޒު ދައުވަތު އަރުވައިފި

ޗާގޯސް މައްސަލައިގައި ރަސްމީ މަޝްވަރާތަކަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ރައީސް ދައުވަތު އަރުވައިފި

1 ދުވަސް ކުރިން - 11:58

ރަޝިޔާ މަހުޖަނުންގެ ވިޔަފާރި ދަށަށް، ޓެލެގްރާމް ވެސް ހިމެނޭ!

ރަޝިޔާ މަހުޖަނުންގެ ވިޔަފާރި ދަށަށް، ޓެލެގްރާމް ވެސް ހިމެނޭ!

8 ދުވަސް ކުރިން - 14:07

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް، ފިނިމޫސުމުގައި ޖެހޭނީ ސަލާންޖަހަން

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް

9 ދުވަސް ކުރިން - 16:37

ސަރުކާރުގެ ވަފުދު ރަޝިޔާއަށް ކުރި ދަތުރު ވަރަށް ކާމިޔާބު! މިއީ ކުރީ ސަރުކާރުތަކުން ފަހަތުފަޔަށް ބުރަވިކަމެއް: ޝާޒް

ރަޝިޔާ މާކެޓް - ކުރީ ސަރުކާރުތަކުން ފަހަތުފަޔަށް ބުރަވިީ: ޝާޒް

20 ދުވަސް ކުރިން - 20:40