
ފަލަސްތީނުގެ ރައިސް މަހްމޫދު ޢައްބާސް އާއި ޕޫޓިން ސަލާމް ކުރައްވަނީ - ޕޫޓިން ވިދާޅުވީ ޣައްޒާގެ ޙާލަތު ރަނގަޅު ކުރުމަށް ބޯޑަރުތައް ހުޅުވައި އެހީތައް ވެއްދުން އަވަސް ކުރަން ޖެހޭ ކަމަށާއި ފަލަސްޠީނުގައި ދައުލަތެއް އުފައްދައިގެން ނޫން ގޮތަކަށް މެދުއިރުމަތި ޞުލްޙަ ނުވާނެ ކަމަށް.
ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމް ނުކޮށްފި ނަމަ މެދުއިރުމައްޗަށް ހަމަޖެހުމެއް ނާންނާނެ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމީރް ޕޫޓިން ވިދާޅުވެއްޖެއެވެ. ޕޫޓިން ވިދާޅުވީ ސިޔާސީ ޙައްލުތައް ހޯދަން ޖެހޭނީ ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ފަހު ގައެވެ.
ޕޫޓިން މިހެން ވިދާޅުވިއިރު، ޣައްޒާގެ ޞުލްޙައިގެ ކަންކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ އޮވެ އުފައްދާ ބޯޑު ކަމަށް ވާ “ބޯޑް އޮފް ޕީސް” ގައި ބައިވެރިވުމަށް ރަޝިއާގެ ރައީސަށް ވަނީ ދަޢުވަތު ވެސް އަރުވާފައެވެ.
ޣައްޒާގެ ޞުލްޙައިގެ ކަންކަން ޤާއިމް ކުރުމަށް ކަމަށް ބުނެ އެމެރިކާ އިސްވެ އޮވެ އެކުލަވާލާ މި ބޯޑާއި ބެހޭ ގޮތުން ޕޫޓިންގެ ސަރުކާރުން ބުނީ ޞުލްޙައިގެ ކޮންމެ ޕްލޭނެއް ވެސް އޮންނަން ވާނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އެއްގޮތްވާ ގޮތަށް ކަމަށެވެ.
މޮސްކޯގެ ވިސްނުމަކީ ވެސް ދެ ދައުލަތުގެ ޙައްލެކެވެ.
މިއީ ސައުދީ ޢަރަބިއްޔާ ފަދަ އެހެން ޤައުމު ތަކާއި ޔޫރަޕްގެ ލީޑަރުންގެ ވެސް ވިސްނުން ހުރި ގޮތެވެ.






