Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކޮޅެއްގައި ނުޖެހުނު އެމެރިކާ-ރަޝިޔާ މަޝްވަރާ ދެން އޮންނާނީ ފްލޮރިޑާއި

ކޮޅެއްގައި ނުޖެހުނު އެމެރިކާ-ރަޝިޔާ މަޝްވަރާ ދެން އޮންނާނީ ފްލޮރިޑާއި

ޢަބްދުﷲ ޖުނައިދު
265 ދުވަސް ކުރިން - 18 ޑިސެންބަރު 2025 11:40
އެމެރިކާގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޯފް (ކ) އާއި، ޕޫޓިންގެ އެޑްވައިޒަރު ޔޫރީ އުޝަކޯވް (ވ) އާއި، ރަޝިޔާގެ ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑުގެ ސީއީއޯ ކިރިލް ޑިމިޓްރީވް (ކ.2) އަދި  ޓްރަމްޕްގެ ދަރިކަނބަލުންފެ ފިރިކަލުން ޖޭރެޑް ކުޝްނަރ މޮސްކޯގައި
އެމެރިކާގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޯފް (ކ) އާއި، ޕޫޓިންގެ އެޑްވައިޒަރު ޔޫރީ އުޝަކޯވް (ވ) އާއި، ރަޝިޔާގެ ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑުގެ ސީއީއޯ ކިރިލް ޑިމިޓްރީވް (ކ.2) އަދި ޓްރަމްޕްގެ ދަރިކަނބަލުންފެ ފިރިކަލުން ޖޭރެޑް ކުޝްނަރ މޮސްކޯގައި
ޚުލާސާ

ޔުކްރޭނު މައްސަލަ ޙައްލުކޮށް ހުޅަނގާއި އެމެރިކާގެ ނުތަނަވަސްކަން ފިލުވުމަށް އެމެރިކާއިން ރަޝިޔާ އާއި ދެމެދު ދެން މަޝްވަރާއެއް އޮންނާނީ ހަފްތާ ބަންދުގައި. މިފަހަރުވެސް ޓްރަމްޕްގެ ކޮއްކޮ ބައިވެރިވާނެ

ޓްރަމްޕުގެ އިންޒާރަށް ފަހު ވެސް ޔުކްރޭނު ހަނގުރާމަ ނުނިމި ދިގުލައިގެން ދަނީއެވެ. ރަޝިޔާ އަށް ބިރު ދެއްކުމަށް އެމެރިކާ އިން ނިއުކްލިއާ ސަބްމެރީން ފޮނުވުމުން ވެސް ރަޝިޔާއިން ޔުކްރޭނުގައި އޮތް ފައުޖު ފަހަތަށް ނުޖެއްސިއެވެ. 

ޓްރަމްޕު ރަޝިޔާ އަށް ބިރު ދައްކަން މަސައްކަތް ކުރުމުން އޭގެ ރައްދުގައި ރަޝިޔާއިން ކަނޑުގައި ބޮޑު ސުނާމީ އެއް އުފައްދާލާނެ ކަމުގެ އިންޒާރު ވެސް ދިނެވެ. ކޮންމެޔަކަސް، ޓްރަމްޕަށް ޖެހުނީ ޕޫޓިން ރުއްސާށެވެ. މަޝްވަރާތައް ކުރިޔަށް ގެންދާށެވެ.

Advertisement

Advertisement 1

މި ޑިސެންބަރު މަހުގެ ދެވަނަ ދުވަހު ވެސް ޓްރަމްޕުގެ އެދުމަށް އޭނާގެ ޓިމު ވަނީ ރަޝިޔާއަށް ގޮސްފައެވެ. ފަސްގަޑިއިރުގެ އެ ބައްދަލުވުން ނިމުނީ ކޮޅެއްގައި ނުޖެހިއެވެ.

އޭގެ ފަހުން އަނެއްކާ ވެސް އިތުރު ބައްދަލުވުމަކަށް ދެޤައުމުން މިވަނީ ތައްޔާރުވެފައެވެ. މިފަހަރު ފްލޮރިޑާގެ މިއާމީގައި ހަފްތާ ބަންދާއި ދިމާކޮށެވެ. މިއީ ޔޫކްރޭންގައި އެމެރިކާ އާއި ޔޫރަޕުން ރަޝިޔާ އާއި ދެކޮޅަށް ގާތްގަނޑަކަށް ހަތަރު އަހަރު ވަންދެން ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބާއްވާ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން މި އަހަރު އެމެރިކާގައި ރަޝިޔާ އާއި އެކު ބާއްވާނެ އެންމެ ފަހު ބައްދަލުވުމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

މި މަޝްވަރާތަކުގައި ވެސް ރަޝިޔާގެ ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑުގެ އިސްވެރިޔާ އަދި ރައީސް ވްލަޑިމީރް ޕޫޓިންގެ ހާއްސަ މަންދޫބެއް ކަމަށްވާ ކިރިލް ޑިމިޓްރީވް އާއި ޔޫކްރޭންގެ ޞުލްޙަ އަށް ޓްރަމްޕުގެ ފަރާތުން އައްޔަންކުރައްވާފައިވާ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޯފް އާއި ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސް މުޝީރު އަދި ދަރިކަނބަލުންގެ ފިރިކަލުން ޖޭރެޑް ކުޝްނާ ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މީގެ ކުރިން މޮސްކޯ އަދި ޖެނީވާ ގައި ބޭއްވި ބައްދަލުވުން ތަކާއި، ބާލިން ގައި އެމެރިކާ އާއި ޔޫކްރޭން އަދި ޔޫރަޕްގެ ގުޅިފައިވާ މަޝްވަރާތައް ހިމެނޭ ގޮތަށް، ބޭއްވި މަތީ ފެންވަރުގެ އެއްވެސް ބައްދަލުވުމެއްގައި ޔޫރަޕުން އެމެރިކާ މެދުވެރިކޮށް ރަޝިޔާގެ ކިބައިން އެދުނު އެއްވެސް ކަމަކަށް (އަސީރުން ބަދަލުކުރުން ފިޔަވައި) ރަޝިޔާ އެއްބަސްވެފައެއް ނުވެއެވެ. މިހާތަނަށް ކުރި މަޝްވަރާތަކަކީ "ބިނާކުރުވަނިވި" ގުޅުންތަކެއް ކަމަށް ހުރިހާ ފަރާތަކުން ސިފަކުރި ނަމަވެސް ހަނގުރާމަ ހުއްޓައިލާނީ ރަޝިޔާގެ މަޤްޞަދުތައް ޙާޞިލް ވުމުން ކަމަށް އެ ޤައުމުން ދަނީ ތާއަބަދު ބުނަމުންނެވެ. .

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ވަނީ ޞުލްޙައިގެ ޕްލޭނެއް ވެސް އެކުލަވާލާފައެވެ. ނަމަވެސް އެ ޕްލޭނުގައި ހިމެނޭ ޔުކްރޭނުގެ އަސްކަރިއްޔާގެ ބާރާއި ގުޅޭ ކަންކަން އުނިކޮށް އިތުރު ޑްރާފްޓެއް އީޔޫ އާއި ޔުކްރޭނުން ވަނީ އެމެރިކާ އާއި ޙަވާލު ކޮށްފައެވެ. އެހެންކަމުން މި ފަހަރުގެ ބައްދަލުވުމުގައި ވެސް ހަނގުރާމަ ހުއްޓާލަން ރަޝިޔާ އިން އެއްބަހެއް ނުވާނެއެވެ.

ވްލަޑިމީރު ޕޫޓިންއެމެރިކާރަޝިއާ - ޔުކްރޭންރަޝިއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރަޝިޔާއަށް ދިން ޑްރޯން ހަމަލާއެއްގައި 4 މީހުން މަރުވެ 29 މީހުން ޒަހަމްވެއްޖެ

ރަޝިޔާއަށް ދިން ޑްރޯން ހަމަލާއެއްގައި 4 މީހުން މަރުވެ ގިނަބަޔަކު ޒަހަމްވެއްޖެ

3 ގަޑިއިރު ކުރިން - 13:34

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

5 ގަޑިއިރު ކުރިން - 12:02

ރަޝިޔާއާއި ނޯތު ކޮރެއާ ދެމެދު މުދަލާއި ދަތުރުވެރިން އުފުލާނެ އާ ބުރިޖެއް ހުޅުވައިފި

ރަޝިޔާއާއި ނޯތު ކޮރެއާ ދެމެދު މުދަލާއި ދަތުރުވެރިން އުފުލާނެ ބުރިޖެއް ހުޅުވައިފި

1 ދުވަސް ކުރިން - 13:24

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

2 ދުވަސް ކުރިން - 20:35

މިހަފްތާގައި ޔުކްރޭނުގެ 12،000 އެއްހާ ސިފައިން ނައްތާލެވިފައިވާ ކަމަށް ރަޝިޔާއިން ބުނެފި

މިހަފްތާގައި ޔުކްރޭނުގެ 12،000 އެއްހާ ސިފައިން ނައްތާލެވިފައިވާ ކަމަށް ރަޝިޔާއިން ބުނެފި

4 ދުވަސް ކުރިން - 22:32

ރަޝިޔާ މަހުޖަނުންގެ ވިޔަފާރި ދަށަށް، ޓެލެގްރާމް ވެސް ހިމެނޭ!

ރަޝިޔާ މަހުޖަނުންގެ ވިޔަފާރި ދަށަށް، ޓެލެގްރާމް ވެސް ހިމެނޭ!

8 ދުވަސް ކުރިން - 14:07