އިންޒާރުދޭ އެކައުންޓްގައި ގިނަ އަދަދަކަށް ޝައްމާން ވަހީދާއި މިނިސްޓަރު ޚަލީލް ޓެގުކޮށް ޕޯސްޓުކޮށްފައި ވާއިރު، ފުލުހުން ދަނީ ކަމާއި ގުޅުންހުރި ދާއިރާތަކާއެކު މައްސަލަ ތަޙްޤީޤު ކުރަމުން.
634 ދުވަސް ކުރިން - 12:44
ފޮރިން މިނިސްޔަރު ޚަލީލް ވަނީ ލަންކާ ފޮރިން މިނިސްޓަރާއެކު މަޝްވަރާ ކުރައްވާފަ. އެޤައުމުގެ ރައީސް އާއި ވެސް މިނިސްޓަރު ޚަލީލް ބައްދަލުކުރައްވާނެ.
635 ދުވަސް ކުރިން - 11:30
ލަންކާ ފުލުހުން ބުނީ މިއަދު ހެނދުނު އަލުތުކަޑޭ ކޯޓު ކޮމްޕްލެކްސްގައި ހިނގި މި ޙާދިސާގައި ސަންޖީވާ ގަޔަށް ބަޑި ޖަހާފައިވަނީ ޤާނޫނީ ވަކީލެއް ގޮތަށް ހެދުން އަޅައިގެން ކޯޓަށް ވަދެ ހުރި މީހެއް ކަމަށް
636 ދުވަސް ކުރިން - 19:26
ލަންކާގެ މަހުޖަނު ހެރީ ޖަޔަވަރްދަނާ މަރުވީ އުމުރުން 82 އަހަރުގައި ކޮލޮމްބޯގައި. އޭނާގެ މިލްކިއްޔާތުގައި 1 ބިލިއަން ޑޮލަރު ހުރިކަމަށްވޭ. އޭނާގެ ތިބެނީ ދެކުދިން. އެއީ އަންހެންކާއި ފިރިހެނެއް.
651 ދުވަސް ކުރިން - 15:55
ޔޮޝީތާ ހައްޔަރުކޮށްފައި ވަނީ ކޮރަޕްޝަނު ފައިސާއިން ސްރީލަންކާގެ ކަތަރަގަމަ ރިސޯޓުން ގެއެއް ގަނެފައިވާ މައްސަލައިގައި.
661 ދުވަސް ކުރިން - 13:19
ހާމުދުރު ގެ މައްޗަށް 9 މަސްދުވަހަށް ޖަލަށް ލުމާއެކު 1500 ރުފިޔާ އިން ޖޫރިމަނާ ކުރި. މިޙުކުމް އިސްތިޢްނާފު ކުރުމުން ބަލައި ނުގަތް.
675 ދުވަސް ކުރިން - 16:47
ކަނޑުމަތީގައި ޙާލުގައި ޖެހިފައިވާ ރޮހިންޔާގެ 102 މުސްލިމުން ސަލާމަތުގެ އައްސޭރިއަށް ގެންގޮސް ލަންކާ ސަރުކާރުން ވަނީ އެމީހުންނަށް ސިއްޙީ އެހީތެރިކަމާއި، ކާނާއާއި ބޯފެން ފޯރުކޮށްދީފައި. އޭގެތެރޭގައި 25 ކުޑަކުދިންނާއި 30 އަންހެނުން ހިމެނޭ.
696 ދުވަސް ކުރިން - 08:47
ރަންވަލާ އިސްތިއުފާ ދެއްވާފައިވަނީ އޭނާ ޖަޕާނުގެ ވަސެދާ ޔުނިވަރސިޓީން ޑޮކްޓަރޭޓެއް އަދި މޮރަޓުވާ ޔުނިވަރސިޓީން ކެމިކަލް އިންޖިނިއަރިންގ ޑިގްރީއެއް ހާސިލުކުރައްވާފައިވާ ކަމަށް ދައްކުވައިދޭ ލިޔެކިޔުންތައް ނެތްކަމަށް ބުނެ އުފެދުނު ސުވާލުތަކާއި ގުޅިގެން.
703 ދުވަސް ކުރިން - 11:36
ހަކުރު ލަންކާއަށް ގެންދިޔުމުގައި ރާއްޖޭގެ ދައުރެއް އޮތްކަމަކަށް މަޢުލޫމާތެއް ނެތް. އިންޑިއާގެ މީޑިއާތަކުން ބުނާގޮތުގައި މިކަމުގައި ތުހުމަތުކުރެވެނީ ބޯޓު އޮޕަރޭޓްކުރާ އިންޑިއާގެ ފަރާތްތަކަށް.
723 ދުވަސް ކުރިން - 13:37
އިސްރާއީލާއި ދެކޮޅަށް ލަންކާގެ މަޤްބޫލް ޓޫރިޒަމް ސަރަޙައްދު ކަމަށްވާ އަރުގަމް ބޭގައި އަޑު އުފުލާ ދަނޑިވަޅެއްގައި އެތަނުގައި ޓެރަރިސްޓް ޙަމަލާއެއް ދިނުމަށް ރާވަމުންދާ ކަމުގެ ޚަބަރު ލިބިފައިވާ ކަމަށް އެމެރިކާގެ އެމްބަސީން ބުނޭ.
755 ދުވަސް ކުރިން - 15:32
ހޮނިހިރު ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި ކެންޑިޑޭޓް ސަޖިތް ޕްރޭމަދޭސާ ވަނީ ރަނިލްގެ ޕާޓީއާއެކު އިއްތިހާދު އުފައްދަން ބޭނުން ނުވާކަން ހާމަކުރައްވާފަ. އަދި ސްރީ ލަންކާގެ ބޮޑު ވަޒީރުގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފަ
784 ދުވަސް ކުރިން - 22:03
ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޑރ. ހަރީނީގެ ލީޑަރޝިޕްގެ ދަށުން ސްރީލަންކާއަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމަށް. މީގެ އިތުރުން، ގަރުނުތަކެއް ވަންދެން ދެމިގެން އައިސްފައިވާ ދިވެހިރާއްޖެއާއި ސްރީލަންކާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ގުޅިގެން މަސައްކަތްކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވި.
784 ދުވަސް ކުރިން - 21:48