Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފޮރިން މިނިސްޓަރު ލަންކާގައި ހުންނަވަނިކޮށް އަވަހާރަލޮށްލަން އިންޒާރުދޭ މައްސަލައެއް ބަލަން ފަށައިފި

ފޮރިން މިނިސްޓަރު ލަންކާގައި ހުންނަވަނިކޮށް އަވަހާރަލޮށްލަން އިންޒާރުދޭ މައްސަލައެއް ބަލަން ފަށައިފި

ހުސައިން އިސްމާއިލް
516 ދުވަސް ކުރިން - 21 ފެބްރުއަރީ 2025 12:44
މިނިސްޓަރ ޚަލީލް (ވ) ސްރީލަންކާގެ ފޮރިން މިނިސްޓަރާއެކު: ލަންކާގައި ހުންނަވަނިކޮށް ޚަލީލަށް އިންޒާރުދޭ ކަމަށް ބެލެވޭ މައްސަލަ މިހާރު ދަނީ ތަޙްޤީޤު ކުރަމުން.
މިނިސްޓަރ ޚަލީލް (ވ) ސްރީލަންކާގެ ފޮރިން މިނިސްޓަރާއެކު: ލަންކާގައި ހުންނަވަނިކޮށް ޚަލީލަށް އިންޒާރުދޭ ކަމަށް ބެލެވޭ މައްސަލަ މިހާރު ދަނީ ތަޙްޤީޤު ކުރަމުން.
ޚުލާސާ

އިންޒާރުދޭ އެކައުންޓްގައި ގިނަ އަދަދަކަށް ޝައްމާން ވަހީދާއި މިނިސްޓަރު ޚަލީލް ޓެގުކޮށް ޕޯސްޓުކޮށްފައި ވާއިރު، ފުލުހުން ދަނީ ކަމާއި ގުޅުންހުރި ދާއިރާތަކާއެކު މައްސަލަ ތަޙްޤީޤު ކުރަމުން.

ސްރީލަންކާގެ ރައްޔިތަކު، އެކްސް މެދުވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލަށް އިންޒާރުދެމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ މިނިސްޓަރު ޚަލީލް ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ގައުމުގެ ވެރިރަށް ކޮލޮމްބޯގައި ހުންނަވަނިކޮށް، ނަދީޝް ޕެރެރާ ނަމަކަށް ކިޔާ ލަންކާގެ ރައްޔިތަކު ކަމަށް ބެލެވޭ މީހަކު އެކްސްގައި މިނިސްޓަރުގެ ފޮޓޯ ހިއްސާކުރައްވައި އެކި ކަހަލަ އިންޒާރު ދިނުމާއި ގުޅިގެންނެވެ.

Advertisement

Advertisement 1

މިނިސްޓަރު ހަލީލްއަށް ދިން ނުސީދާ އިންޒާރުތަކުގެ ތެރޭގައި، ހަލީލްގެ ކާރު ސްރީލަންކާގައި އެކްސިޑެންޓުވެ، ކާރުގައި ރޯވެދާނެ ކަމަށް ބުނެފައި ވެއެވެ.

އިތުރު ޕޯސްޓެއްގައި ވާގޮތުން، ކޮލަމްބޯގައި ޚަލީލަށް ރައްކާތެރިކަން އެބައޮތްތޯ ސުވާލު އުފައްދާފައި ވެއެވެ. އަދި ނިދާފައި ހޭލާއިރު ހަށިގަނޑުގެ ބައެއް ގުނަވަންތައް ވެސް މަދުވެދާނެ ކަމަށް ބުނެ އިންޒާރު ދީފައި ވެއެވެ.

އިތުރު ޕޯސްޓެއްގައި ރޯމް ބޯއިއެއް ނުވަތަ ވެއިޓަރެއްގެ ގޮތުގައި ވެސް މީހަކު އައިސް ޚަލީލް މަރާލާނެ ކަމަށް ދޭހަވާ ގޮތަށް އިންޒާރު ދީފައިވެ އެވެ.

މި މައްސަލައާއި ގުޅޭގޮތުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެކަމާއި ގުޅުންހުރި އިދާރާތަކާއެކު ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މި އިންޒާރުދޭ ކަމަށް ބެލެވޭ ފަރާތުގެ ފޮޓޯ ޖަހާފައިވާ އެކްސް އެކައުންޓުގައިވާ މީހާ އަކީ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކޮށްފައިވާ ލަންކާ މީހެކެވެ. އޭނާ ކުރިން ދިރިއުޅުނީ ދިވެއްސަކާއި ކައިވެނިކޮށްގެން ރާއްޖޭގައެވެ. އޭނާގެ އެކްސް އެކައުންޓްގައި ގިނަ އަދަދަކަށް އިމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލް ޝައްމާން ވަހީދާއި މިނިސްޓަރު ޚަލީލް ޓެގުކޮށް ޕޯސްޓުކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

ނަމަވެސް މި އެކައުންޓް ހިންގަނީ އޭނާ ކަމެއް ނުވަތަ މިއީ ދިވެއްކު ހިންގާ ފޭކު އެކައުންޓެއް ކަމެއް ޔަޤީނެއް ނުވެއެވެ.

އޭނާގެ ޕޯސްޓުތަކުގައި އޭނާގެ ދަރިފުޅާ ދުރުވާން ޖެހުމުން ދެރަވާކަމަށާއި، އޭނާގެ ދެ އަހަރުގެ ދަރިފުޅު ހުރީ ރާއްޖޭގައި ކަމުން ނުވަ މަސްވަންދެން ދަރިފުޅު ނުފެންނަ ކަމަށް ބުނެފައިވެއެވެ. އަދި ރާއްޖެއަށް ދިޔުމަށް އެކްސެސް ދިނުމަށް ވެސް ގޮވާލާފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ލަންކާ އަކީ މިހާރަކަށް އައިސް ގޭންގު ކުށްތަކުގައި ފާހަގަކޮށްލެވޭ ޤައުމެކެވެ. މިފަހުން ވެސް ލޯޔަރަކަށް ވެގެން މީހަކު ކޯޓަށް ވަދެ އަންޑަވޯލްޑް ގޭންގުސްޓާރެއްގެ ގަޔަށް ބަޑި ޖަހައި މަރާލާފައި ވެއެވެ.

ސްރީ ލަންކާ(ކުރީގެ މިނިސްޓަރު) ޑރ. އަބްދުﷲ ހަލީލްޝަމްއާން ވަހީދު (ކުރީގެ ކޮންޓްރޯލަރ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރާއްޖެއިން ހައްޔަރުކޮށް ލަންކާއާއި ހަވާލުކުރީ ވަކީލު މަރައިލި މީހުން ތިބި ވެހިކަލުގެ ޑުރައިވަރު

ރާއްޖެއިން ލަންކާއާއި ހަވާލުކުރީ ވަކީލު މަރައިލި މީހުން ތިބި ވެހިކަލުގެ ޑުރައިވަރު

16 ދުވަސް ކުރިން - 18:43

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

42 ދުވަސް ކުރިން - 11:09

ތިން ދައުވާއެއް ސާބިތުވެ، ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ތިން ދައުވާއެއް ސާބިތުވެ، ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

43 ދުވަސް ކުރިން - 18:19

އާދީއްތަ ދުވަހުން ފެށިގެން ލަންކާއަށް ދެވޭނީ އީޓީއޭ ހުށަހަޅައިގެން

އާދީއްތަ ދުވަހުންފެށިގެން ލަންކާއަށް ދެވޭނީ އީޓީއޭ ހުށަހަޅައިގެން

61 ދުވަސް ކުރިން - 13:29

ލަންކާ އިން ހައްޔަރުކުރި ދިވެއްސަކީ ޓެކްނީޝަނެއް، ސަރުކާރުން ދަނީ ގާތުން ބަލަމުން

ލަންކާ އިން ހައްޔަރުކުރި ދިވެއްސަކީ ޓެކްނީޝަނެއް

63 ދުވަސް ކުރިން - 14:27

ސްރީލަންކަން އެއާލައިންސްގައި ރައީސް މުއިއްޒު ދަތުރުފުޅު ކުރެއްވުމަކީ ލިބުނު ބޮޑު ޝަރަފެއް: އެއާލައިން

ސްރީލަންކަން އެއާލައިންސްގައި ރައީސް ދަތުރުފުޅު ކުރެއްވުމުން ތައުރީފު

76 ދުވަސް ކުރިން - 12:32