ރާއްޖޭގައި މަތީ ފަންތީގެ ފަސް ރިސޯޓު ހިންގާ ސްރީލަންކާގެ މަޝްހޫރު މަހުޖަނު ހެރީ ޖަޔަވަރުދަނާ، 82 އަހަރުގައި އިއްޔެ ސްރީ މަރުވެއްޖެއެވެ.
އޭނާގެ 2 ދަރިން ތިބޭއިރު މިލްކިއްޔާތުގައި 1 ބިލިއަން ޑޮލަރު ހުރި ކަމަށް ވެއެވެ.
އޭނާ މަރުވިއިރު ދެ ކުދިން ތިބެއެވެ. އެއީ އަންހެނަކާއި ފިރިހެނެކެވެ.
އަދާރަން ރިސޯޓްސްގެ ނަމުގައި ރާއްޖޭގައި ރިސޯޓު ހިންގާ ޖަޔަވަރުދަނާ ރާއްޖޭގައި ޓޫރިޒަމް ވިޔަފާރި ފެށީ 1993 ވަނަ އަހަރު އއ. އަތޮޅުގައި އޮންނަ ބަތަލާ ރިސޯޓުންނެވެ. އޭގެ ފަހުން އަދާރަން ރިސޯޓްސްއިން ވަނީ މާލެ އަތޮޅުގައި އޮންނަ ވާދޫ ގަނެ، އަދާރަން ޕްރެސްޓީޖް ވާދޫގެ ނަމަށް ބަދަލުކޮށްފައެވެ.
ޖަޔަވަރްދަނާ އަށް ނައިޓް ކްރޮސް އެވޯޑް އަރުވަނީ.
މިހާރު އަދާރަން ރިސޯޓްސްއިން އަންނަނީ މާލެ އަތޮޅުގައި އޮންނަ ޅޮހިފުށި ރިސޯޓާއި ކްލަބް ރަންނާޅި އާއި ރ. މީދުއްޕަރު ރިސޯޓާއި ރ. އަތޮޅުގައި އޮންނަ ހެރިޓެންސް އާރަށް ހިންގަމުންނެވެ.
ޖަޔަވަރުދަނާއަކީ ސްރީލަންކާގެ އެއިޓްކެން ސްޕެންސްގެ ނަމުގައި ތަފާތު އެތައް ވިޔަފާރިއެއް ހިންގާ ކުންފުނީގެ ޗެއާމަންއެވެ. މި ކުންފުނިން ރާއްޖޭގެ އިތުރުން ސްރީލަންކާ، އިންޑިއާ އަދި އޮމާންގައި ގިނަ އަދަދެއްގެ ހޮޓާ ހިންގަމުން ގެންދެއެވެ.
ޖަޔަވަރުދަނާ ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި އެއިޓްކެން ސްޕެންސްގެ އިތުރުން މެލްސްޓެކޯޕް އަދި ޑިސްޓިލަރީސް ކޯޕަރޭޝަން އޮފް ސްރީލަންކާ ހިމެނެއެވެ. ސްރީލަންކާގެ އެންމެ މުއްސަނދި އެއް މަހުޖަނުގެ ގޮތުގައި މަޝްހޫރުވެފައިވާ ޖަޔަވަރުދަނާ ވަނީ އެ ގައުމުގެ ކޯޕަރޭޓް ލޭންޑްސްކޭޕް ބައްޓަން ކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ.









