މި ޔަގީންކަން ދެއްވާފައިވަނީ ސްރީ ލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމާއި ގުޅިގެން ރައީސް މުއިއްޒު "އެކްސް" މެދުވެރިކޮށް ކުރެއްވި ޕޯސްޓަކަށް ޖަވާބު ދެއްވަމުން. އަނޫރާ ވިދާޅުވެފައިވަނީ ރައީސް މުއިއްޒަށާއި ދިވެހި ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށާއި އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުން އިތުރަށް ބަދަހިކޮށް، ސަރަޙައްދީ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތު ލިބިވަޑައިގަތުމުން އުފާކުރައްވާ ކަމަށް ވިދާޅުވި.
785 ދުވަސް ކުރިން - 22:20
ސްރީ ލަންކާގެ ރިޔާސީ އިންތިޚާބު މިއަދު ބޭއްވެމުންދަނީ އެ ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި މާލީ ދަތިކަމުގެ ތެރޭގަ. އިންތިޚާބުވާ ރައީސްގެ އެންމެ ބޮޑު ޒިންމާއަކަށް ވާނީ ޤައުމުގެ މާލީ ހާލަތު ރަނގަޅުކޮށް، އިޤްތިޞާދު ހަމަމަގަށް އެޅުވުން. 13,000 ވޯޓުލާ މަރުކަޒު ޤާއިމު ކޮށްފައިވާއިރު، 250,000 އެއްހާ އޮފިޝަލުން ހަރަަކާތްތެރި ވަމުންދޭ.
787 ދުވަސް ކުރިން - 20:31
ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފި. މިއީ އެ ޤައުމުގެ އިޤްތިޞާދީ ހީނަރުކަމާ ގުޅިގެން ކުރީގެ ރައީސް އިސްތިއުފާ ދެއްވުމަށްފަހު ބޭއްވޭ ފުރަތަމަ ރިޔާސީ އިންތިޚާބު. 38 ކެންޑިޑޭޓުން ވާދަކުރާ މި އިންތިޚާބުގައި 17 މިލިއަނަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވޭ.
787 ދުވަސް ކުރިން - 20:24