ރައީސް މުއިއްޒުގެ ސަރުކާރުން އިގްތިސާދީ ރޮނގުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުވެ، ކުރިއެރުން ލިބިގެންދާނެ
755 ދުވަސް ކުރިން - 14:03
މި މުބާރާތުގައި ދިވެހިރާއްޖެއިން ވަނީ 2 ލޯ މެޑެލް ހޯދާފައި. ދިވެހިރާއްޖެއިން ހޯދި 2 ލޯ މެޑެލްގެ ތެރޭގައި ހިމެނެނީ ފިރިހެނުންގެ 4x100މ ރިލޭގައި 41.98 ސިކުންތުން އަދި އަންހެނުންގެ 4x100މ ރިލޭގައި 48.04 ސިކުންތުން ހޯދި މެޑެލް.
756 ދުވަސް ކުރިން - 23:22
މި ފަހުމުނާމާގެ ދަށުން ދެ ޤައުމުގެ މެދުގައި ކަރަންޓް އެކައުންޓް މުޢާމަލާތްތަކާއި އިންވެސްޓްމަންޓްތައް ދެ ޤައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިވެގެންދާނެ ކަމަށާއި ވިޔަފާރިއާއި އިންވެސްޓްމަންޓްތައް އިތުރުވެ، އިޤްތިޞާދީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވި.
756 ދުވަސް ކުރިން - 19:53
ދޮގުހަދައި ނަފްރަތު އުފައްދާނަމަ ފިޔަވަޅު އަޅަން އެބަ ޖެހޭ! ތަރުޖަމާނު ހީނާ އާއި ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހުގެ އިތުރުން ހުޅުމާލޭ މެދު ދާއިރާގެ މެމްބަރު ޝަޒީމް ވިދާޅުވީ މެމްބަރުންނަށް ނުހައްގުން ފައިސާދޭ ވާހަކައަކީ ދޮގެއް ކަމަށް..
756 ދުވަސް ކުރިން - 18:13
މި އަހަރުގެ އިނާމު ދެވޭނީ ހަތަރު ގިންތިއަކުން. އެއީ މަތީ ތަޢުލީމުގެ ކާމިޔާބީ، ބައިނަލްއަޤްވާމީ ފެންވަރުގައި އެންމެ މަތީ ވަނަ ހޯދުން، ރާއްޖޭގެ މުހިންމު މައްސަލައަކަށް ޙައްލު ހޯދުން އަދި ޒުވާނުންގެ އުފެއްދުންތެރި މަސައްކަތްތައް.
756 ދުވަސް ކުރިން - 13:44
މަތީ ސާނަވީއަށް ވަނުމުގެ ޝަރުތުތަކަށް ލުއިގެނެސް، 3 ނުވަތަ 2 މާއްދާއިން ފާސްވާ ދަރިވަރުންނަށްވެސް އޭލެވެލް ކިޔެވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައި. މުޅި ރާއްޖޭގެ 23 ސަރުކާރު ސްކޫލެއްގައި އޭލެވެލް ކިޔެވުމުގެ ފުރުޞަތު ހުޅުވާލާފައި ވާކަމަށް މިނިސްޓަރ ޝަފީޢު ވިދާޅުވި.
757 ދުވަސް ކުރިން - 22:12
ތަޢުލީމީ ދާއިރާގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ރައީސް ކުރައްވަމުން ގެންދަވަމުން ދޭ. މީގެ ތެރޭގައި، ހުރިހާ ދަރިވަރުންނަށް ހަމަހަމަ ތަޢުލީމީ ފުރުޞަތުތައް ފަހިކޮށްދިނުމާއި، އިސްލާމްދީނުގެ ރިވެތި އުސޫލުތަކާއި، މަތިވެރި އަޚްލާޤީ ސިފަތަކާއި، ޤައުމިއްޔަތުގެ ރޫޙު އާލާކުރުން ހިމެނޭ. މި މަސައްކަތްތަކުގެ މައިގަނޑު މަޤްޞަދަކީ، ޤައުމަށް ޚިދުމަތްތެރި، ހަރުދަނާ އަދި ކުރިމަގަށް ތައްޔާރު ދިވެހި ޖީލެއް ބިނާކުރުކަމަށް އެޑިއުކޭޝަނުން ހާމަކުރި.
757 ދުވަސް ކުރިން - 22:08
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ދަށުން, ޞިއްޙީ ވުޒާރާގެ ދަށަށް ބަދަލުކުރައްވާފައި. މި ނިންމުން ނިންމަވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން.
757 ދުވަސް ކުރިން - 15:26
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޤައުމީ ތަރިކައިގެ ދުވަހާ ގުޅިގެން އެކްސް ޕްލެޓްފޯމުގައި މެސެޖެއް ޙިއްސާކުރައްވައިފި. މެސެޖުގައި، ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަމުގެ އެންމެ ބޮޑު ހެކިވެރިޔާއަކީ ކާބަފައިން ދޫކޮށްފައިވާ އާސާރީ ތަރިކަކަން ފާހަގަކުރައްވައި، ދިވެހިންގެ ފަޚުރުވެރި ތާރީޚުގެ މުހިންމުކަން ބަޔާންކުރައްވާފައިވޭ.
757 ދުވަސް ކުރިން - 14:36
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ އުވާލަން ނިންމަވާފައި. މި ނިންމެވުން ނިންމަވާފައިވަނީ ޤާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން. އޮތޯރިޓީގެ މަސައްކަތްތައް މިހާރު ކުރިއަށް ގެންދާނީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން.
757 ދުވަސް ކުރިން - 14:00
އިމާމުން ތާޒާކުރުމުގެ މަޝްރޫޢުގެ ދަށުން 6 އަތޮޅެއްގެ އިމާމުންނަށް ތާޒާކުރުމުގެ ޕްރޮގުރާމް ފެއްޓެވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ސަރުކާރު ފެށުނު ފަހުން އިމާމުންނަށް ހާއްސަކޮށްގެން ތަފާތު އެކި ޕްރޮގުރާމްތައް ކުރިއަށް ގެންގޮސްފައިވާނެކަމަށާއި އެގޮތުން ރާއްޖޭން ބޭރަށް ދަތުރުކޮށް އިތުރު ތަމްރީން ހޯދުމުގެ ފުރުސަތުވެސް ހޯދާދެވިފައިވާކަމަށް.
757 ދުވަސް ކުރިން - 13:54
ދިވެހިރާއްޖޭގައި ބޭހުގެ އަގު އިންތިހާއަށް ބޮޑުވުމުން މިސަރުކާރުން އެކަމާއި ކުރިމަތިލައި، އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ސަލާމަތް ކުރާނެ. އެ ފައިސާ ރީޑައިރެކްޓް ކުރާނީ ސިއްހީ ހިދުމަތް ރަނގަޅު ކުރުމަށް. މިއީ ކުރީގެ ވެރިކަމުން މި މައްސަލައިގައި ފިޔަވަޅު ނޭޅުމުން ލިބުނު ގެއްލުމެއް
758 ދުވަސް ކުރިން - 22:33