Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބޭސް ވިއްކީ %2000 ހަމަޔަށް ބޮޑު އަގުގައި، ދެނެއް ނުވިއްކޭނެ! - ރައީސް

ބޭސް ވިއްކީ %2000 ހަމަޔަށް ބޮޑު އަގުގައި، ދެނެއް ނުވިއްކޭނެ! - ރައީސް

ހުސައިން އިސްމާއިލް
637 ދުވަސް ކުރިން - 11 ސެޕްޓެންބަރު 2024 22:33
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު
ޚުލާސާ

ދިވެހިރާއްޖޭގައި ބޭހުގެ އަގު އިންތިހާއަށް ބޮޑުވުމުން މިސަރުކާރުން އެކަމާއި ކުރިމަތިލައި، އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ސަލާމަތް ކުރާނެ. އެ ފައިސާ ރީޑައިރެކްޓް ކުރާނީ ސިއްހީ ހިދުމަތް ރަނގަޅު ކުރުމަށް. މިއީ ކުރީގެ ވެރިކަމުން މި މައްސަލައިގައި ފިޔަވަޅު ނޭޅުމުން ލިބުނު ގެއްލުމެއް

ދިވެހިރާއްޖޭގައި ބޭސްތައް ވިއްކަމުންދަނީ %200 އާއި %2000 އާއި ދެމެދުގެ ބޮޑު އަގެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިހާ ބޮޑު މާކަޕްތަކެއްގައި މެޑިކަލް ޑުރަގުތައް ވިއްބޭހުގެ ވިޔަފާރިކުރާ ފަރާތްތަކުން ނާޖާއިޒް ފައިދާ ނަގާފައިވާތީ މި ސަރުކާރުން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ. ރައީސުލްޖުމްހޫރިއްޔާ ކުރެއްވި އެކްސް ޕޯސްޓެއްގައި ހާމަކުރެއްވި ގޮތުގައި ކުރީގެ ވެރިކަމުގައި އަހަރުތަކެއް ވަންދެން ދެމިއޮތް މި ނާޖާއިޒު އަގު ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ކަމާބެހޭ ހުރިހާ އިދާރާތަކަށް އަންގާފައިވެ އެވެ.

"ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ %200 އިން ފެށިގެން %2000 އާއި ދެމެދުގެ ފައިދާއެއް ނަގާ މިންވަރުގައި. ބޭސް ވިއްކުމުގައި މިވަރުގެ ބޮޑު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކަށް މިހާރު ވާނީ އަންގާފައި. މީގެ ސަބަބުން، ބޭހުގެ ބާޒާރު އަގާއި އާސަންދައިން ޗާޖުކުރާ އަގު ދަށްކުރެވިގެންދާނެ. މި ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލާއި ތަފްސީލު ވަރަށް އަވަހަށް އާންމުކޮށް އިޢުލާންކުރެވޭނެ. މި ބަދަލުގެ ނަތީޖާއެއްގެ ގޮތުން، އާސަންދައިން އިސްރާފުވަމުންދާ ގިނަ އަދަދެއްގެ ފައިސާ (އެތައް ސަތޭކަ މިލިއަން ރުފިޔާ) ސަލާމަތްކުރެވި، ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެ ފައިސާ ބޭނުންކުރެވޭނެ މަގު ތަނަވަސްވެގެންދާނެ." ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ވިދާޅުވިއެވެ.

Advertisement

Advertisement 1

1 ރުފިޔާއަށް ލިބޭ ބޭސް 20 ރުފިޔާއަށް ރައްޔިތުންނަށް ދީގެން ނިކަމެތި ބަލިމީހުންގެ އަތުން ނާޖާއިޒް ފައިދާ ނަގަމުންދިޔައިރު ކުރީގެ ސަރުކާރުތަކުން އެކަމާއި އަޅާނުލައި ދޫކޮށްލާފައިވާތީ، ރައީސް މުޢިއްޒު މި ގެންނަ ބަދަލުގެ ސަބަބުން އާސަންދަ ފަދަ ބޮޑެތި ސަޕްލައި ކުރާ ކުންފުނިތަކުން ވިއްކާ ބޭސްތައް ހިމެނޭ ގޮތަށް ބާޒާރުގައި ހުރި ބޭހުގެ އަގު ވަރަށް ބޮޑަށް ދަށްވެގެންދާނެއެވެ. 

ސިއްހީ ފަރުވާ އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް ސަރުކާރުގެ ފުޅާ އެޖެންޑާގެ ތެރެއިން، ބޭސް ވިއްކަންޖެހޭ އަގުތައް ސަރުކާރުން ވަރަށް އަވަހަށް ކަނޑައަޅާނެއެވެ.

ޒަމާނުއްސުރެ އަޅާނުލައި ދޫކޮށްލި މިމައްސަލައަށް ހައްލެއް ހޯދައިދީގެން ސަރުކާރުގެ އަމާޒަކީ، ބޭހުގެ އަގު ބޮޑުވުމުގެ ސަބަބުން މިވަގުތު ބޭކާރުވަމުންދާ އެތައް ސަތޭކަ މިލިއަން ރުފިޔާ ސަލާމަތްކުރުމެވެ. މި ރައްކާކުރާ ފައިސާ އަލުން އިންވެސްޓްކުރާނީ ރައްޔިތުންނަށް ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުއާސަންދަ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

1 ގަޑިއިރު ކުރިން - 13:11

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 12:43

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

1 ދުވަސް ކުރިން - 22:06

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

2 ދުވަސް ކުރިން - 13:56

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

2 ދުވަސް ކުރިން - 09:03

ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް 352 ޒުވާނުން ފުރައިފި

ނޭޝަނަލް ސަރވިސް ޓްރޭނިންގ ތަމްރީނަށް 352 ޒުވާނުން ފުރައިފި

2 ދުވަސް ކުރިން - 17:31