ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އުވާނުލައްވާނެކަމަށާއި އެ ކޮމިޓީތައް ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރައްވާނެކަމަށް.
669 ދުވަސް ކުރިން - 17:39
އއ. އަތޮޅު ބާކީ ނުކުރައްވާނެކަމަށާއި އަދި އެއަރޕޯޓު މަޝްރޫޢަކީ އަތޮޅުގެ ތަރައްޤީއަށް މުހިންމު ކަމަކަށް ވާނެ ކަމަށް ރައީސް ފާހަގަކުރެއްވި.
669 ދުވަސް ކުރިން - 17:15
މި މަޝްވަރާތަކަކީ ރައީސް މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން، ތަޢުލީމީ ދާއިރާގައި ނުވަތަ ވަޒީފާގެ މައިދާނުގައި ހަރަކާތްތެރިނުވާ ޒުވާނުންނަށް އަމާޒުކޮށްގެން ލާޒިމު ޤައުމީ ޚިދުމަތެއް ތަޢާރަފުކުރުމުގެ މަސައްކަތުގެ ތެރެއިން ފެށިގެންދިޔަ މަޝްވަރާ ބައްދަލުވުންތަކެއް.
669 ދުވަސް ކުރިން - 16:29
ޓޫރިޒަމް ޓެކުހުން ކައުންސިލްތަކަށް ވަކި ޕަސެންޓެއް ދިނުމަށް ރައީސް ވެވަޑައިގެންފައިވާ ވަޢުދު ފާޙަގަކުރައްވައި އެފަދަ ކަންކަމުންވެސް ކައުންސިލްތަކަށް އިތުރު އާމްދަނީ ލިބިގެންދާނެކަމުގައި ރައީސް ވިދާޅުވި.
669 ދުވަސް ކުރިން - 15:58
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރި ކަންކަމާއި، އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން ފުރިހަމަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވި.
669 ދުވަސް ކުރިން - 15:27
ރައީސް މުޢިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ ވިސްނުމުގައި ނުރައްކާތެރި ކުށްވެރިން މުޖުތަމަޢަށް ދޫކޮށްފައިވާ ކަމަށް. ނަމަވެސް މިހާރުގެ ސަރުކާރުން އެފަދަ ގޮތަކަށް ޢަމަލުނުކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވި.
669 ދުވަސް ކުރިން - 14:43
ދަނޑުވެރިކަމާއި ލޯކަލް ޓޫރިޒަމަކީ ތޮއްޑޫގައި އެންމެ ދުވަސްވީ އެންމެ މުހިންމު ދާއިރާތައް ކަމުގައި ވިދާޅުވެ، ރައީސް ވަނީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި އެ ދާއިރާތަކުން ކުރިއަށް ދިއުމުގައި ސަރުކާރުން އިސްކަންދެއްވައި، މަގުފަހިކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައި.
669 ދުވަސް ކުރިން - 14:22
އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އއ. ތޮއްޑޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި، ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދިނުން.
669 ދުވަސް ކުރިން - 12:22
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށް ގެންދަވާނެކަމަށާއި އަދި ރަށުގެ މަގު ހެދުމުގެ މަޝްރޫޢު ވެސް ކުރިއަށް ގެންދަވާނެ ކަމަށް.
669 ދުވަސް ކުރިން - 12:09
މަގުމަތީގައި ހިންގާ ނުރައްކާތެރި އަނިޔާވެރިކަން ހިނގަމުން އަންނަނީ ކުށްވެރިން ރިހިބިލިޓޢޓް ނުކޮށް މިގޮތަށް ދޫކޮށްލުމުން އެކި އިންތިޚާބުތަކާއި ދިމާކޮށް އެއްވެސް ވަރެއްގެ ރިހެބިލިޓޭޝަނެއް ނެތިމކުށްވެރިން ދޫކޮށްލުމުން ކުށްތައް ކުރުމުގެ ރޭޓް މަތިވޭ.
669 ދުވަސް ކުރިން - 11:53
ޑޮލަރު މައްސަލަ ޙައްލުކޮށް ތޮއްޑޫ ރައްޔިތުން ފަތުރުވެރިކަމުން ހޯދާ ޑޮލަރު އެރަށު ރައްޔިތުންނަށް އޭޓީއެމް މެދުވެރިކޮށް ލިބޭނެ ގޮތް ހެއްދެވުމަކީ ރައީސް ނުހަނު ބޭނުންފުޅުވެވަޑައިގަންނަވާ ކަމެއް.
669 ދުވަސް ކުރިން - 11:34
ތޮއްޑޫގެ ސިއްޙީ މަރުކަޒަކީ ރައްޔިތުންނަށް އެކަށީގެންވާ ފަރުވާ ދެވޭ ފެންވަރުގެ ތަނެއް ނޫން ކަމަށް ފާހަގަކުރައްވައި، 2025 އަދި 2026 ވަނަ އަހަރު ނިމޭއިރު ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދަވާނެ ކަމަށް ރައީސް ވިދާޅުވި.
669 ދުވަސް ކުރިން - 11:15