ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އއ. ތޮއްޑޫއަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގެ ތަރައްޤީއަށް ގިނަ ވަޢުދުތަކެއް ވެވަޑައިގެންފިއެވެ. މިއީ ރައީސް 170 ވަނަ ކައުންސިލާއި ބައްދަލުކުރެއްވި ދަތުރުފުޅެވެ.
ރައީސް ވިދާޅުވި ގޮތުގައި ތޮއްޑޫގެ މަގުތަކުގެ ހާލަތު ވަރަށް ދެރަކަމަށް ކުރިން ވެސް ދެނެވަޑައިގެންފައިވާ ކަމަށާއި، 2025 ވަނަ އަހަރުގެ ބަޖެޓުގައި ފެނާއި ނަރުދަމާއާއެކު މަގު ހެދުމުގެ މަޝްރޫޢު ހިމަނުއްވާފައިވާ ކަމަށެވެ. އަދި މި މަޝްރޫޢު އަވަހަށް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ތޮއްޑޫގެ ސިއްޙީ މަރުކަޒަކީ ރައްޔިތުންނަށް އެކަށީގެންވާ ފަރުވާ ދެވޭ ފެންވަރުގެ ތަނެއް ނޫން ކަމަށް ފާހަގަކުރައްވައި، 2025 އަދި 2026 ވަނަ އަހަރު ނިމޭއިރު ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދަވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ރީޖަންތަކަށް ބަހާލައިގެން ކުރިއަށް ގެންދެވޭނެއެވެ. އަދި ރަށުގައި ޑޮލަރުގެ އޭޓީއެމްއެއް ޤާއިމްކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ މާލެ އަތޮޅާއި އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގެ ބައެކެވެ. މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނީ އއ. އަތޮޅުގެ 3 ރަށަކަށާއި ކ. އަތޮޅުގެ 3 ރަށަކަށެވެ.









