Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާ ރަސްދޫ ކައުންސިލާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ރަސްދޫ ކައުންސިލާ ބައްދަލުކުރައްވައިފި

އަައިޝަތު ޒީނާ
640 ދުވަސް ކުރިން - 8 ޑިސެންބަރު 2024 15:27
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރަސްދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރަސްދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރި ކަންކަމާއި، އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން ފުރިހަމަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރަސްދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރު ރަސްދޫ ކައުންސިލްގެ އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރަސްދޫ ކައުންސިލުން ވަނީ ރަސްދޫގެ ބޯހިޔާވަހިކަމަށް ސަރުކާރުން ކުރާ މަސައްކަތްތައް ބަލައިގަންނަކަން، ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް މިވަގުތަށް އެންމެ މުހިންމު ކަންކަމުގެ މަޢުލޫމާތު ޙިއްޞާކޮށްފައެވެ. އެގޮތުން ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމަށް ބޭނުންވާކަމަށާއި، އަދި ރަށުގައި އިތުރު 50 ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާކަމަށާއި، މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ކަންބޮޑުންތައް ކައުންސިލުން ޙިއްޞާކުރިއެވެ.

Advertisement

Advertisement 1

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރި ކަންކަމާއި، އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން ފުރިހަމަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ. އަދި ކައުންސިލުން ފާހަގަކުރި ކަންކަން ފަހިކުރެއްވުމަށް މިހާރު ކުރައްވަމުންގެންދަވާ މަސައްކަތްތައް ރައީސް ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލުން އިޤްތިޞާދީ ފައިދާވާކަހަލަ ކަމެއްކުރުމަށް ހުށަހަޅުއްވައިފިއްޔާ ސަރުކާރުން އެކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ރަސްދޫގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއއ. ރަސްދޫ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

2 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

2 ދުވަސް ކުރިން - 16:05