Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ތޮއްޑޫގައި ޑޮލަރު އޭޓީއެމް ޤާއިމްކުރުމަށް ރައީސް އިޢުލާންކުރައްވައިފި

ތޮއްޑޫގައި ޑޮލަރު އޭޓީއެމް ޤާއިމްކުރުމަށް ރައީސް އިޢުލާންކުރައްވައިފި

އާނާ ފަހީމް
641 ދުވަސް ކުރިން - 8 ޑިސެންބަރު 2024 11:34
ރައީސް ތޮއްޑޫގައި - ތޮއްޑޫގައި ޑޮލަރު އޭޓީއެމް ޤާއިމް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި / ފޮޓޯ: ޚުލާސާ
ރައީސް ތޮއްޑޫގައި - ތޮއްޑޫގައި ޑޮލަރު އޭޓީއެމް ޤާއިމް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި / ފޮޓޯ: ޚުލާސާ
ޚުލާސާ

ޑޮލަރު މައްސަލަ ޙައްލުކޮށް ތޮއްޑޫ ރައްޔިތުން ފަތުރުވެރިކަމުން ހޯދާ ޑޮލަރު އެރަށު ރައްޔިތުންނަށް އޭޓީއެމް މެދުވެރިކޮށް ލިބޭނެ ގޮތް ހެއްދެވުމަކީ ރައީސް ނުހަނު ބޭނުންފުޅުވެވަޑައިގަންނަވާ ކަމެއް.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު އއ. ތޮއްޑޫއަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގައި ޑޮލަރު އޭޓީއެމްއެއް ޤާއިމްކުރެވޭނެ ކަމަށް އިޢުލާންކުރައްވައިފިއެވެ. މިއީ މާލެ އަތޮޅާއި އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ފުރަތަމަ ވަޑައިގެންނެވި ރަށެވެ.

ތޮއްޑޫއަށް ވަޑައިގަތުމުން ރައީސް ޑރ. މުޢިއްޒަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސް އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރެއްވިއެވެ. އަދި ރަށުގެ ރައްޔިތުންނާ ވެސް ބައްދަލު ކުރެއްވިއެވެ.

ޑޮލަރުގެ ކަޅު ބާޒާރު އުފެދިގެން އުޅެނީ މަހުޖަނުން އެމްއެމްއޭއަށް ޑޮލަރު މާރު ނުކުރާތީއެވެ. ސަރުކާރުން ދަނީ ޑޮލަރު ނުލިބޭ މައްސަލައިގައި ރައްޔިތުންނަށް އެހީތެރިވުމަށް މަސައްކަތް ކުރަމުން ކަމަށް ވާއިރު، ޑޮލަރު ބްލެކްމާކެޓް ކޮންޓްރޯލް ކުރަނީ އިދިކޮޅު ވިޔަފާރިވެރިންނެވެ.

Advertisement

Advertisement 1

ޑޮލަރު މައްސަލަ ޙައްލުކޮށް ތޮއްޑޫ ރައްޔިތުން ފަތުރުވެރިކަމުން ހޯދާ ޑޮލަރު އެރަށު ރައްޔިތުންނަށް އޭޓީއެމް މެދުވެރިކޮށް ލިބޭނެ ގޮތް ހެއްދެވުމަކީ ރައީސް ނުހަނު ބޭނުންފުޅުވެވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

ރައީސް ވަނީ ތޮއްޑޫގެ ތަރައްޤީއަށް ގިނަ ވަޢުދުތަކެއް ވެވަޑައިގެންފައެވެ. މީގެ ތެރޭގައި 2025 ވަނަ އަހަރުގެ ބަޖެޓުގައި ފެނާއި ނަރުދަމާ އަދި މަގު ހެދުމުގެ މަޝްރޫޢު ހިމެނުމާއި، ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުން ހިމެނެއެވެ. އަދި ކުނި މެނޭޖްކުރުމަށް ރީޖަންތަކަށް ބަހާލައިގެން ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކޮށް، އެފަރާތްތަކުގެ ޝަކުވާތައް އަޑުއެއްސެވުމާއި، ރަށްރަށުގައި ކުރިއަށްގެންދާ އަދި ކުރިއަށްގެންދަން ބޭނުންވާ މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު ހޯއްދެވުމެވެ. މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނީ އއ. އަތޮޅުގެ 3 ރަށަކަށާއި ކ. އަތޮޅުގެ 3 ރަށަކަށެވެ.

ރައީސް ދެން ވަޑައިގަންނަވާނީ ރަސްދޫއަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

2 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

3 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

3 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

3 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

3 ދުވަސް ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

3 ދުވަސް ކުރިން - 16:05