އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ހިލޭ ދިން ބިންތަކަށް އެ ކުންފުންޏަށް 5.4 ބިލިއަން ރުފިޔާ ލިބެން ޖެހޭ އިރު މިހާތަނަށް އޭގެ އެއްވެސް މުއާމަލާތެއް ނުހިންގާ ކަމަށް.
634 ދުވަސް ކުރިން - 14:11
އެކި ފަރާތްތަކަށް އެޗްޑީސީން ދޫކޮށްފައިވާ ބިމާއި އިމާރާތްތަކުން ޖުމްލަ 1.4 ބިލިއަން ރުފިޔާ ނުލިބި އެބަހުރި. އޭގެ ތެރެއިން 226 މިލިއަން ރުފިޔާ މިހާތަނަށް ވަނީ ހޯދައިފައި.
634 ދުވަސް ކުރިން - 13:20
މިއަދުގެ ބަހުސްގައި އަނާރާ ވިދާޅުވީ މި ބިލުގައި މަސްތުވާތަކެތި ކޮންޓްރޯލް ކުރުމުގެ ނިޒާމެއް ތަޢާރަފްކޮށް، އަލަށް މަސްތުވާތަކެތި ބޭނުންކުރަން ފަށާ މީހުން ދެނެގަނެ ކުށްތަކުން ސަލާމަތްކޮށް، މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރަން މަގުފަހިވާނެ ކަމަށް.
635 ދުވަސް ކުރިން - 16:38
ރާއްޖެ ބަނގުރޫޓުވުމުގެ ބިރުވެރިކަން މިހާރު ނެތް ކަމަށާއި މާލީ އިދާރާތަކުން އެކަމާއި ގުޅޭ ގޮތުން ވާހަކަތައް ދެއްކުން ވެސް ހުއްޓާލައިފި ކަމަށް ޒަމީރު ވިދާޅުވި.
635 ދުވަސް ކުރިން - 12:20
ޖަލުތަކުގައި ހުކުމް ތަންފީޛު ކުރަމުންދާ ގައިދީންނަށް ހިންގޭ ރީހެބިލިޓޭޝަން ޕްރޮގްރާމްތަކާއި ގުޅުވައިގެން ހުކުމަށް ލުއި ދިނުމާއި، ހުކުމް މަޢާފުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި.
636 ދުވަސް ކުރިން - 19:36
މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ޤާނޫނު ތަންފީޛުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރުކުރުމާއި، ދެވިހިފާފައިވާ މީހުންނަށް ފަރުވާދޭ ނިޒާމު ހަރުދަނާކޮށް މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ ފައިސާއާއި މުދާ ދައުލަތަށް ނެގޭގޮތަށް މަސްތުވާތަކެއްއިޗާބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅައިފި.
636 ދުވަސް ކުރިން - 19:22
ކޮޕީރައިޓްސްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށްފި. ޙިމާޔަތުގެ މުއްދަތު 70 އަހަރަށް އިތުރުކޮށް، އުފެއްދުންތެރިންގެ ޙައްޤުތައް ހަރުދަނާކުރުމަށް މަގުފަހިވެއްޖެ. އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވާނެކަމަށް ބެލެވޭ.
636 ދުވަސް ކުރިން - 14:40
ބަންޑާރަ ނައިބުގެ އޮފީސް މިހާރު ހިންގަނީ ސިވިލް ސާވިސްގެ ގަވާއިދާއި އުސޫލުތަކުގެ ދަށުން. ނަމަވެސް، އެ އޮފީހާއި އެއްގޮތަށް ހިންގާ އެހެން މިނިވަން މުއައްސަސާތަކަކީ ވަކި ގާނޫނެއްގެ ދަށުން ހިންގާ ތަންތަން.
636 ދުވަސް ކުރިން - 11:30
މި ބިލަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އާބަން ސެންޓަރުތައް ތަރައްޤީކުރުމުގެ އުޞޫލު ބަޔާންކޮށްފައިވާ ބިލެއް. މި ބިލު ފާސްކުރުމަށް ވޯޓު ދެއްވާފައިވަނީ 70 މެންބަރުން. އަދި ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓުދެއްވާފައިވަނީ 11 މެންބަރުން.
641 ދުވަސް ކުރިން - 14:39
މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ބަޖެޓު ފާސްކުރީ 70 މެންބަރުންގެ ވޯޓާއެކު. ބަޖެޓާއި ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވި.
641 ދުވަސް ކުރިން - 14:22
މި ހިނގާ ދައުރު ދަންމާލަން ފާސްކޮށްފައިވަނީ މި ދައުރުގައި މަޖިލީހުން ނިންމަން ޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން.
641 ދުވަސް ކުރިން - 14:09
ޔަހޫދީ ދައުލަތަށް ވާގިވެރިވާ ޤައުމުތަކުން ފިޔަވަޅު އަޅައިފިނަމަ އޭގެ އަސަރު ރާއްޖޭގެ އިގްތިސާދަށް ކުރާނެކަމަށް ޤިޔާސް ވިދާޅުވި.
641 ދުވަސް ކުރިން - 13:58