Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ މުދާ ދައުލަތަށް ނެގުމަށް ޤާނޫނަށް އިސްލާހު ހުށަހަޅައިފި

މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ މުދާ ދައުލަތަށް ނެގުމަށް ޤާނޫނަށް އިސްލާހު ހުށަހަޅައިފި

އާނާ ފަހީމް
636 ދުވަސް ކުރިން - 2 ޑިސެންބަރު 2024 19:22
ފަޅު ރަށެއްގައި ފޮރުވާފައި ހުއްޓާ ދުލުހުން އަތުލައިގަތް މަސްތުވާތަކެތި
ފަޅު ރަށެއްގައި ފޮރުވާފައި ހުއްޓާ ދުލުހުން އަތުލައިގަތް މަސްތުވާތަކެތި
ޚުލާސާ

މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ޤާނޫނު ތަންފީޛުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރުކުރުމާއި، ދެވިހިފާފައިވާ މީހުންނަށް ފަރުވާދޭ ނިޒާމު ހަރުދަނާކޮށް މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ ފައިސާއާއި މުދާ ދައުލަތަށް ނެގޭގޮތަށް މަސްތުވާތަކެއްއިޗާބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅައިފި.

މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ ފައިސާއާއި މުދާ ދައުލަތަށް ނެގޭގޮތަށް މަސްތުވާތަކެއްޗާއިބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅުއްވައިފިއެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދުއެވެ.

މި އިސްލާހު ހުށަހެޅުއްވި ސަބަބުތަކުގެ ތެރޭގައި، ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި އިތުރުވަމުން ދިއުމާއި، މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރާ މިންވަރު އިތުރުވަމުން ދިއުން ހިމެނެއެވެ. މީގެ އިތުރުން، މަސްތުވާތަކެއްޗާއި ގުޅޭ ކުށްތައް އިތުރުވަމުން ދިއުމާއި ގުޅިގެން، މި ކަންކަން ހުއްޓުވުމަށްޓަކައި ޤާނޫނު ތަންފީޛުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރުކުރުމަށް ވެސް މި އިސްލާހުގައި ހިމަނުއްވާފައި ވެއެވެ.

މި އިސްލާހުގެ މުހިންމު ބައެއްގެ ގޮތުގައި، މަސްތުވާތަކެތީގެ ކުށްތަކުގައި ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭގޮތަށް ބަދަލުކުރުން ހިމެނެއެވެ. މީގެ ތެރޭގައި ކުށްކުރުމަށް ބޭނުންކުރި ފައިސާ ނުވަތަ މުދާ، ކުށްކޮށްގެން ހޯދާ މުދާ، އަދި ކުށްކޮށްގެން ހޯދާ މުދަލުން ހޯދާ ފައިސާއާއި މުދާ ހިމެނެއެވެ.

Advertisement

Advertisement 1

އަދި މި އިސްލާހުގެ ދަށުން ނޭޝަނަލް ޑްރަގް ކައުންސިލްގެ މެންބަރުންގެ އަދަދު 13 އަށް އިތުރުކުރުމާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ވެސް ވަނީ ހުށަހަޅުއްވާފައެވެ.

ރައްޔިތުންގެ މަޖިލިސްމަސްތުވާތަކެތި
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

3 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

3 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

3 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

4 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

4 ދުވަސް ކުރިން - 16:36

ކަޅު ބާޒާރުން މަސްތުވާތަކެތި އެތެރެކުރުމަށް މަހަކު 30 މިލިއަން ޑޮލަރު ބޭރުކުރާކަމަށް ވޭ: އަޙްމަދު ޝާޒްވަލީދު

ކުށުގެ ވެށިން މަހަކު 30 މިލިއަން ޑޮލަރު ބޭރުކުރާކަމަށް ވޭ: ޝާޒް

4 ދުވަސް ކުރިން - 09:31

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%