މޯލްޑިވްސް މީޑިއާ ކައުންސިލްގެ އައު ރައީސަކަށް ހުސައިން ސަގީފް ހޮވިއްޖެ. ދެބުރަށް ވޯޓުލައި، 8 ވޯޓު ލިބިގެން ސަގީފް ރައީސަކަށް ހޮވުނުއިރު ނައިބު ރައީސަކަށް ހޮވުނީ އަމިއްލަގޮތުން ކުރިމަތިލި އިބްރާހިމް މުހައްމަދު.
632 ދުވަސް ކުރިން - 21:29
މީޑިއާތަކާއި އާންމު ފަރާތްތަކުން ޖުމްލަ 22 ކެންޑިޑޭޓުން ވާދަކުރި މި އިންތިޚާބުގައި 139 މީޑިއާއަކުން ވޯޓުލާފައިވާކަމަށް އެމްއެމްސީން މަޢުލޫމާތު ދީފައިވޭ.
641 ދުވަސް ކުރިން - 17:44
އުފައްދަން ހުށަހަޅާފައިވާ އައު ކޮމިޝަނަށް މީޑިއާތަކާއި ނޫސްވެރިން ރެގިއުލޭޓްކުރުމުގެ ފުޅާ ބާރުތަކެއް ލިބިދޭ މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާކުރެވޭ ގޮތަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަން އެއްކޮށްލުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި.
665 ދުވަސް ކުރިން - 10:23
އޭސީސީން މިއަދު ބުނީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެވޯޑު ދިން ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ލިބިފައިވާ ކަމަށާއި ތަހުޤީޤަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ތަހުޤީޤީ އޮފިސަރުން މީޑިއާ ކައުންސިލްގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް.
674 ދުވަސް ކުރިން - 14:07
މި އެވޯޑަކީ އަދަދު ނޫހަށް ހައްޤު އެވޯޑެއް ނޫން ކަމަށް ބުނެ، އެ އެވޯޑު އަތުލުމަށް ވަރަށް ގިނަ ފަރާތްތަކުން އަންނަނީ ގޮވާލަމުން.
675 ދުވަސް ކުރިން - 16:51
ޢަދަދު ނޫހަށް އެވޯޑް ދިނީ ދޮގު މަޢުލޫމާތު ހިމެނޭ، ނޫސްވެރިކަމުގެ މިންގަނޑުތަކާއި މުޅިން ޚިލާފަށް. ފަނޑިޔާރުންނަށްވެސް ސިއްރުކޮށް، ކުރީގެ އުޞޫލުތަކާއިވެސް ޚިލާފަށް. ފަނޑިޔާރުން ދީފައިވާ މާކުސް ސީލްކޮށް މިނިވަން އޮޑިޓް ފާމަކާއި ޙަވާޅުވެސް ނުކުރޭ.
676 ދުވަސް ކުރިން - 10:13
ފެއަރީ ޒާހިރުއާއި މޫސާ ލަތީފަށް އެމްއެމްސީ އިން ދޭ ޖާނަލިޒަމް އެވޯޑްސްގެ ލައިފްޓައިމް އެޗީވްމަންޓް އިނާމު ލިބިވަޑައިގެންނެވިއިރު އެ ދެބޭފުޅުން ވެސް ނޫސްވެރިކަމުގައި އުޅުއްވާތާ 35 އަހަރަށްވުރެ ގިނަވެއްޖެ.
678 ދުވަސް ކުރިން - 09:42
އެވޯޑް ދިނުން އޮތީ ބުދަދުވަހުގެރޭ 20:30 ގައި އުމަރު ޒާހިރު އޮފީސް އިމާރާތުގެ މަލްޓި ޕާޕަސްހޯލްގަ. މިއަހަރުގެ ރަސްމިއްޔާތަކީ 18 ކެޓަގަރީއަކުން ޖުމްލަ 86 ނޮމިނޭޝަން ލިބިފައިވާ ޝަރަފުވެރި އެވޯޑްތަކުގެ 11 ވަނަ އެޑިޝަން..
683 ދުވަސް ކުރިން - 21:28
މި އަހަރު އެ ކައުންސިލަށް ލިބިފައިވާ 77 ޝަކުވާގެ ތެރެއިން 63 މައްސަލައަކީ ދޮގު ޚަބަރު ފަތުރާ "ދިޔަވަރު" ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ ލިޔުންތަކާއި ފޮޓޯތަކާއި ގުޅޭ ގޮތުން ހުށަހެޅިފައިވާ ޝަކުވާތަކެއް އެމްއެމްސީން ހާމަކުރި.
684 ދުވަސް ކުރިން - 23:09
މޯލްޑިވްސް މީޑިއާ ކައުންސިލްގެ އާ ދައުރަށް މެންބަރުން ހޮވުމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި. މި މަހުގެ 25 ވަނަ ދުވަހުގެ 14:00 އާ ހަމައަށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ އިޢުލާނުކޮށްފައި. ކައުންސިލްގައި ހިމެނެނީ މީޑިއާތަކުން ތަމްސީލުކުރާ 7 މެންބަރުންނާއި އާންމު 3 މެންބަރުން.
722 ދުވަސް ކުރިން - 13:50