މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ޖާނަލިޒަމް އެވޯޑްސްގެ ލައިފްޓައިމް އެޗީވްމަންޓް އިނާމު "އާފަތިސް" ނޫހުގެ ކުރީގެ އެޑިޓަރު އަޙްމަދު ޒާހިރު (ފެއަރީ ޒާހިރު) އަށާއި "ދައުރު" ނޫހުގެ އެޑިޓަރު މޫސާ ލަތީފަށް ލިބިވަޑައިގެންފިއެވެ..
މި އިނާމަކީ ދިވެހި ނޫސްވެރިކަމަށް ދިގު މުއްދަތެއްގައި ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ދެވޭ އިނާމެކެވެ.
އަޙްމަދު ޒާހިރު (ފެއަރީ ޒާހިރު)ގެ ކާމިޔާބީތައް:

- 1984 ގައި "އާފަތިހަ" ނޫހުން ނޫސްވެރިކަމުގެ ދާއިރާއަށް ވަދެވަޑައިގަތް
- ބޭރު ދުނިޔެ އަދި ބޭރުގެ ކުޅިވަރު ރިޕޯޓުކުރުމުގައި ޚާއްޞަވެވަޑައިގަތް
- އިނގިރޭސިވިލާތުން އެޑިއުކޭޝަން އެންޑް މާސް މީޑިއާގެ ރޮނގުން ކޯހެއް ފުރިހަމަކުރެއްވި
- "އާފަތިސް" ނޫހުގެ އެޑިޓަރުކަން ކުރެއްވި
- އާ ނޫސްވެރިން އުފެއްދުމަށް މަސައްކަތްކުރެއްވި
- 1996 ގައި ސަރުކާރުގެ އާންމު ޚިދުމަތުގެ އިނާމު ލިބިވަޑައިގަތް
- ދިވެހި ނޫސްވެރިކަމުގެ ރަން ގަލަން ހާސިލުކުރެއްވި
މޫސާ ލަޠީފްގެ ކާމިޔާބީތައް:

- 1989 ގައި "ހަވީރު" ނޫހުން ނޫސްވެރިކަމުގެ ދާއިރާއަށް ވަދެވަޑައިގަތް
- ނޫސްވެރިކަމުގެ ރޮނގުން މެލޭޝިއާއިން ފުރަތަމަ ޑިގްރީ ހާސިލުކުރެއްވި
- "ހަވީރު"، "މިހާރު" އަދި "ދައުރު" ނޫސްތަކުގެ އެޑިޓަރުކަން ކުރެއްވި
- ރާއްޖޭގެ މަޤްބޫލު ކޮލަމިސްޓެއް އަދި ފީޗަރ ލިޔުންތެރިއެއް
- ދިވެހި ނޫސްވެރިކަމުގެ ރަން ގަލަމާއި އަލިމަސް ގަލަން ހާސިލުކުރެއްވި
- ސަރުކާރުގެ ޝަރަފްވެރިކަމުގެ އިނާމު ލިބިވަޑައިގަތް








