މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އާ ދައުރަށް މިއަދު މެމްބަރުން އިންތިޚާބުކޮށްފިއެވެ. މާލޭގެ ސޯޝަލް ސެންޓަރުގައި ބޭއްވުނު މި އިންތިޚާބުގައި މީޑިއާތަކުން ތަމްސީލުކުރާ މެމްބަރުންގެ އިތުރުން އާންމުންގެ ތެރެއިން ތަމްސީލުކުރާ މެމްބަރުން ވެސް ހޮވާފައިވެއެވެ.
މީޑިއާތަކާއި އާންމު ފަރާތްތަކުން ޖުމްލަ 22 ކެންޑިޑޭޓުން ވާދަކުރި މި އިންތިޚާބުގައި 139 މީޑިއާއަކުން ވޯޓުލާފައިވާކަމަށް އެމްއެމްސީން މަޢުލޫމާތު ދީފައިވެއެވެ. މި އިންތިޚާބުގައި މީޑިއާތަކުން އެމްއެމްސީއަށް ހޮވުނު މެމްބަރުންގެ ތެރޭގައި ހިމެނެނީ:
1. ފާތިމަތު ޝަނާ މުޙައްމަދު (މިހާރު)
2. ނަޖާޙު މަސްޢޫދު (ވަގުތު)
3. ޙަސަން ޝާކިރު (އާފަތިސް)
4. ޙަފްސީ ޢަބްދުﷲ (ޙަފްސީ.ކޮމް)
5. ޙުސައިން ޝަގީފް (ތިލަދުން)
6. ޙުސައިން ޙަސަން (ހަތާވީސް އޮންލައިން)
7. ފާތިމަތު ނަހުދާ ފާއިޒް (ދިޔަރެސް)
މީގެ އިތުރުން، އާންމުންގެ ތެރެއިން އިންތިޚާބުވި މެމްބަރުންގެ ގޮތުގައި އިބްރާހިމް ފައުޒީ، ފާތިމަތު ފަހުމީ އަދި އިބްރާހިމް މުޙައްމަދު ހޮވިފައިވެއެވެ.









