އެ މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވުމާއެކު މިނިސްޓްރީގެ މެންޓޭޑުގެ ތެރެއިން އެކަމަށް ފިޔަވަޅު އެޅުމަށް މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުން ކަމަށް މިނިސްޓްރީން ބުނި.
575 ދުވަސް ކުރިން - 23:57
މަސައްކަތް ކުރަމުންދަނީ މިއަހަރުގެ ދެވަނަ ކުއާޓާގެ ތެރޭގައި މި އިމާރާތް ހުޅުވައި، ޚިދުމަތް ފޯރުކޮށްދިނުމަށް.
580 ދުވަސް ކުރިން - 18:23
ޝަރުތުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ދަށުން ރަޖިސްޓްރީކޮށްފައިވާ 18 އަހަރުން މަތީގެ މީހަކަށް ވާން ޖެހޭ.
588 ދުވަސް ކުރިން - 11:09
ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނީ މި މުބާރާތުގެ މަގުސަދަކީ ކީރިތި ގުރުއާން ބާވައިލެއްވި ބަރަކާތްތެރި ރަމަޟާން މަހު ކުދިންނާއި މުވައްޒަފުންގެ ހިތުގައި ދީނީ ރޫހު އާލާކުރުން ކަމަށް.
590 ދުވަސް ކުރިން - 12:51
ވުޒާރާގެ މި ދަތުރުގައި ބެލެނިވެރިންނަށް ޚާއްސަކޮށްގެން ހޭލުންތެރިކަމުގެ ސެޝަންތައް ކުރިއަށް ގެންދިއުމާއި، އިސްރަށްވެހިންނަށް ޚާއްސަކޮށް ތަފާތު ޕްރޮގްރާމުތަކެއް ކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވާ ކަމަށް ވުޒާރާއިން ބުނި.
674 ދުވަސް ކުރިން - 13:20
މި ޕްރޮގްރާމުގެ މަޤްޞަދަކީ އަންހެން ވިޔަފާރިވެރިންނަށް ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ މާލީ ހުނަރުތަކާއި، ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ހިފުމުގެ ހުނަރު ދަސްކޮށްދިނުން ކަމަށް ވުޒާރާއިން ފާހަގަކުރި.
695 ދުވަސް ކުރިން - 12:58
ވުޒާރާއިން ބުނީ ނާޒުކު ޙާލަތްތަކުގައި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއެކު، އެފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ބަދަލުކުރުމަށް ހެދޭ ޕްލޭންތަކާއި އެއްގޮތްވާ ގޮތުގެ މަތިން މަމްސް އެއިޑްއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށް.
696 ދުވަސް ކުރިން - 15:46
ވުޒާރާއިން ބުނީ މި މަސައްކަތު ބައްދަލުވުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކަށަވަރުކުރުމުގައި ޤައުމުގެ ޙާލަތު ވަޒަންކުރުމަށް ކުރެވުނު މަސައްކަތް ވެލިޑޭޓްކޮށް، ޕްރައިއޯރިޓީ އެކްސަސައިޒް ކުރިއަށް ގެންދިއުމުގެ ގޮތުން ބާއްވާ ބައްދަލުވުމެއް ކަމަށް.
697 ދުވަސް ކުރިން - 13:42
މި ޑޭޓާބޭސްއާއެކު ވުޒާރާއަށް ހުށަހެޅޭ މައްސަލަތަކާއި، އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) މޮނީޓަރިންގގައި ނެގޭ މަޢުލޫމާތާއި އަދި "ހާލު ކިހިނެއް؟" ޕްރޮގްރާމްގައި ނެގޭ މަޢުލޫމާތު އިތުރަށް ފުރިހަމަވެ ޞައްޚަކަން ކަށަވަރުވެގެންދާނެ ކަމަށް ވުޒާރާއިން ބުނި.
697 ދުވަސް ކުރިން - 13:27
މި ޕްރޮގްރާމްގެ އަމާޒަކީ ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުތަކުގައި މަސައްކަތް ކުރާ ކޭސްވަރކަރުންނަށް ބޭނުންވާ ފަންނީ ޢިލްމާއި ތަމްރީނާއި ހުނަރު ފޯރުކޮށްދިނުން ކަމަށް ވުޒާރާއިން ބުނި.
707 ދުވަސް ކުރިން - 15:05
"ޙާލު ކިހިނެއް" ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް 8000 އަށްވުރެ ގިނަ ގޭބިސީއަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ހާމަކޮށްފި.
708 ދުވަސް ކުރިން - 18:40
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް މިމަހުގެ 11 އިން 13 އަށް އިންޑޮނޭޝިޔާއަށް ކުރެއްވި ދަތުރުފުޅުގައި، ޔުނައިޓެޑް ނޭޝަންސް ފަންޑް ފޯ ޕޮޕިޔުލޭޝަން އެކްޓިވިޓީސް (ޔޫއެންއެފްޕީއޭ) އާއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި. މި ދަތުރުފުޅުގައި ވަޒީރު ވަނީ އާބާދީއާ ގުޅޭ މަހާސިންތާއެއްގައި ބައިވެރިވެވަޑައިގަންނަވައި، ޔޫއެންއެފްޕީއޭގެ އިސްވެރިންނާއި އެސްކޭޕްގެ ސެކްރެޓަރީއާ ބައްދަލުކުރައްވައި، އިސްރަށްވެހިންގެ ކެއަރ ސެންޓަރަކަށް ޒިޔާރަތްކުރައްވާފައި.
766 ދުވަސް ކުރިން - 16:01