ފިޔަވަތީގެ ކުދިންނަށް ގުރުއާން މުބާރާތެއް ބާއްވައިފި

އަހްމަދު އީޒާން | 52 ދުވަސް ކުރިން - 11 މާރިޗް 2025 12:51
ފިޔަވަތީގެ ކުދިންނަށް ބާއްވާ ގުރުއާން މުބާރާތް ކުރިއަށް ގެންދަނީ / ފޮޓޯ: ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ
ފިޔަވަތީގެ ކުދިންނަށް ބާއްވާ ގުރުއާން މުބާރާތް ކުރިއަށް ގެންދަނީ / ފޮޓޯ: ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ
ޚުލާސާ

ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނީ މި މުބާރާތުގެ މަގުސަދަކީ ކީރިތި ގުރުއާން ބާވައިލެއްވި ބަރަކާތްތެރި ރަމަޟާން މަހު ކުދިންނާއި މުވައްޒަފުންގެ ހިތުގައި ދީނީ ރޫހު އާލާކުރުން ކަމަށް.

ފިޔަވަތީގެ ކުދިންނަށާއި އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި ރޯދަ މަހު ގުރުއާން މުބާރާތެއް ފަށައިފި އެވެ.

ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ބުނީ މި މުބާރާތުގެ މަގުސަދަކީ ކީރިތި ގުރުއާން ބާވައިލެއްވި ބަރަކާތްތެރި ރަމަޟާން މަހު ކުދިންނާއި މުވައްޒަފުންގެ ހިތުގައި ދީނީ ރޫހު އާލާކުރުން ކަމަށެވެ.

މި މުބާރާތް ކުރިއަށް ދާނީ 5 އަހަރާއި 7 އަހަރާ ދެމެދާއި 7 އަހަރާއި 10 އަހަރާ ދެމެދާއި 10 އަހަރާ 13 އަހަރާ ދެމެދާއި 13 އަހަރުން މަތި އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ކެޓަގަރީ އާއި މުވައްޒަފުންގެ ބައި ހިމެނޭހެން ޖުމްލަ 6 ކެޓަގަރީއަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

މި މުބާރާތުގައި ގިނަ އަދަދެއްގެ ކުދިންނާއި މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%