އިޖުތިމާޢީ ވުޒާރާއާއި މަމްސް އެއިޑާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

އަައިޝަތު ޒީނާ | 158 ދުވަސް ކުރިން - 24 ނޮވެންބަރު 2024 15:46
އިޖުތިމާޢީ ވުޒާރާއާއި މަމްސް އެއިޑާ ދެމެދު ފަހުމުނާމާގައި ސޮއިކުރުން. / ފޮޓޯ: ވުޒާރާ
އިޖުތިމާޢީ ވުޒާރާއާއި މަމްސް އެއިޑާ ދެމެދު ފަހުމުނާމާގައި ސޮއިކުރުން. / ފޮޓޯ: ވުޒާރާ
ޚުލާސާ

ވުޒާރާއިން ބުނީ ނާޒުކު ޙާލަތްތަކުގައި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއެކު، އެފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ބަދަލުކުރުމަށް ހެދޭ ޕްލޭންތަކާއި އެއްގޮތްވާ ގޮތުގެ މަތިން މަމްސް އެއިޑްއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށް.

ނާޒުކު އަދި ހަވާސާވެފައިވާ ފަރާތްތަކަށް އެހީތެރިވުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި މަމްސް އެއިޑް ޖަމުޢިއްޔާއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ މި ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ، އެ ވުޒާރާއިން ކުރިއަށްގެންދާ 'ޙާލު ކިހިނެއް؟' އަދި އިޖުތިމާޢީ ބަދަހި މަދަދުވެރިން، "އިބަމަ" ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވޭ ނާޒުކު ޙާލަތްތަކުގައި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއެކު، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ބަދަލުކުރުމަށް ހެދޭ އިންޓަވެންޝަން ޕްލޭންތަކާއި އެއްގޮތްވާ ގޮތުގެ މަތިން މަމްސް އެއިޑްއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

ދިވެހިރާއްޖޭގައި ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވުމަށާއި، މައްސަލަތަކާ ގުޅިގެން އަނިޔާލިބޭ ފަރާތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވުޒާރާގެ މެންޑޭޓުގެ ތެރެއިން ކުރެވޭ މަސައްކަތްތަކުގައި މަމްސް އެއިޑްގެ ފަރާތުން ވުޒާރާއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ވުޒާރާގެ މަސައްކަތްތަކާއި، ފޯރުކޮށްދެމުންދާ ޚިދުމަތްތަކާއި ގުޅޭގޮތުން މަމްސް އެއިޑް އިން ކުރާ މަސައްކަތްތަކުގައި ވުޒާރާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުން ވެސް މި ފަހުމުނާމާގެ ދަށުން ކުރާނެ ކަމަށް ވުޒާރާއިން ބުންޏެވެ.

މީގެ އިތުރުން، ނާޒުކު ޙާލަތްތަކުގައި ތިބި ޢާއިލާތަކާއި، ވަކި ފަރުދުންގެ މާލީ ފުދުންތެރިކަން އިތުރުކުރުމާއެކު، އެމީހުންނަކީ އަމިއްލަ މަސައްކަތުން އުޅޭނޭ ބަޔަކަށް ހެދުމަށް، މަމްސް އެއިޑްއިން ހިންގާ ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ވުޒާރާއިން ބައިވެރިކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މަމްސް އެއިޑް އިން ފަހިކޮށްދިނުމަށް މި ފަހުމުނާމާގެ ދަށުން އެއްބަސްވެފައިވާ ކަމަށްވެސް ވުޒާރާއިން ބުންޏެވެ. އަދި ގެވެށި އަނިޔާ އާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި މަމްސް އެއިޑްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، މިފަދަ ޕްރޮގުރާމުތައް އާންމުންގެ މެދުގައި ޕްރޮމޯޓްކުރުމަށްވެސް މި ފަހުމުނާމާގެ ދަށުން އެއްބަސްވެފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ.

ވުޒާރާއިން އިތުރަށް ބުނީ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާއި އެއްގޮތަށް، މުޖުތަމަޢުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ރައްޔިތުންނާއި ގާތުން ޚިދުމަތް ފޯރުކޮށްދިނުމަކީ އެ ވުޒާރާގެ އަމާޒެއް ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%