ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އޯޓިޒަމް ކުދިންނަށް ކުޑައިމީސްކުރުމުން ފެމިލީ މިނިސްޓްރީން ފިޔަވަޅު އަޅަނީ

އަައިޝަތު ޒީނާ | 37 ދުވަސް ކުރިން - 25 މާރިޗް 2025 23:57
ރާއްޖެ ޓީވީގެ ނަންބޯޑު.
ރާއްޖެ ޓީވީގެ ނަންބޯޑު.
ޚުލާސާ

އެ މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވުމާއެކު މިނިސްޓްރީގެ މެންޓޭޑުގެ ތެރެއިން އެކަމަށް ފިޔަވަޅު އެޅުމަށް މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުން ކަމަށް މިނިސްޓްރީން ބުނި.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އޯޓިޒަމް ކުދިންނަށް ކުޑައިމީސްކުރުމުން ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ފިޔަވަޅު އަޅަން ނިންމައިފިއެވެ.

ފެމިލީ މިނިސްޓްރީން ބުނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފުރައްސާރަކުރުމާއި އެ ކުދިންގެ ޢާއިލާތަކަށް ނިކަމެތިވާގޮތަށް މުޢާމަލާތުކުރުމާއި އެފަދަ ކޮންޓެންޓް ބްރޮޑްކާސްޓް ކުރުމަކީ މިނިސްޓްރީން ހިތްވަރުދޭ ކަންކަމެއް ނޫން ކަމަށެވެ.

އެ މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވުމާއެކު މިނިސްޓްރީގެ މެންޓޭޑުގެ ތެރެއިން އެކަމަށް ފިޔަވަޅު އެޅުމަށް މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުން ކަމަށް މިނިސްޓްރީން ބުންޏެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުޑައިމީސްކޮށް ވާހަކަދައްކާފައިވަނީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީން ލައިވްކޮށް ގެނެސްދިން "ކާލާބައިސާ" ޕްރޮގްރާމްގައި ބައިވެރިވި މެހެމާނުންނެވެ. އެގޮތުން އެ ބޭފުޅުން ދެއްކެވި ވާހަކަތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް "މީނައަކީ މިއީ އަސްލު އޯޓިސްޓިކް ގޮތެއް ހުންނަހެން ހީވަނީ، މި އޮޕަރޭޓްކުރާ..އޯޓިސްޓިކް އެކަންޏެއް ނޫން، ޑައުންސިންޑްރަމް ވެސް ހުންނަހެން ހީވަނީ..." މި އިބާރާތުން ދެއްކެވި ވާހަކަތަކާއި ގުޅިގެން ގިނަ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ ވާހަކަތަކުން އޯޓިޒަމް ކުދިންނަށް ނިކަމެތިކަމެއް އަންނަ ކަމަށް އެއްވެސް ބަޔަކަށް ޤަބޫލުކުރެވޭނަމަ އެކަމަށްޓަކައި މާފަށް އެދޭކަމަށް ރާއްޖެ ޓީވީން ވަނީ ބުނެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%