Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަންހެން ވިޔަފާރިވެރިންނަށް ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕްރޮގްރާމެއް ފަށަނީ

އަންހެން ވިޔަފާރިވެރިންނަށް ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕްރޮގްރާމެއް ފަށަނީ

އައިޝަތު ރުވާ ރިފްޢަތު
602 ދުވަސް ކުރިން - 26 ނޮވެންބަރު 2024 12:58
ވަޒީރު ޑރ. ޢާއިޝަތު ޝިހާމް / ފޮޓޯ: ރައީސް އޮފީސް
ވަޒީރު ޑރ. ޢާއިޝަތު ޝިހާމް / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ޕްރޮގްރާމުގެ މަޤްޞަދަކީ އަންހެން ވިޔަފާރިވެރިންނަށް ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ މާލީ ހުނަރުތަކާއި، ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ހިފުމުގެ ހުނަރު ދަސްކޮށްދިނުން ކަމަށް ވުޒާރާއިން ފާހަގަކުރި.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އިސްނެގުމުގެ މަތިން، ޔޫ.އެން އެސްކޭޕްގެ އޭޝިއަން އެންޑް ޕެސިފިކް ޓްރެއިނިންގް ސެންޓަރ ފޮރ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ފޮރ ޑިވަލޮޕްމަންޓް (އޭޕީސީއައިސީޓީ) އާއި ގުޅިގެން "އެމްޕަވަރިންގް ވިމެން އެންޓަޕްރެނަރސް ތްރޫ ޑިޖިޓަލް ޓްރާންސްފޮރމޭޝަން" ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް ހިންގުމަށް ނިންމައިފިއެވެ.

މި ޕްރޮގްރާމަކީ އަންހެން ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެއް ކަމަށާއި، މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ. ޕްރޮގްރާމުގައި ބައިވެރިވާުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް https://forms.gle/Mz1wrLnWoV2ZCyQ89 މި ލިންކު މެދުވެރިކޮށް ރެޖިސްޓަރ ކުރެވޭނެ ކަމަށާއި، ރެޖިސްޓަރ ކުރެވޭނެ އެންމެ ފަހުގެ ތާރީޚަކީ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަސް ކަމުގައި ވުޒާރާއިން ބުންޏެވެ.

އޭޕީސީއައިސީޓީގެ ވިމެން އައިސީޓީ ފްރޮންޓިއަރ އިނީޝިއޭޓިވްގެ ތެރެއިން ކުރިއަށް ގެންދާ މި ޕްރޮގްރާމް އަމާޒުކުރަނީ 100 އަންހެން ވިޔަފާރިވެރިންނަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ދުވަހަށް ބަހާލައިގެން، ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުން 16 ވަނަ ދުވަހުގެ ނިޔަލަށެވެ. ސެޝަންތައް ނަގައިދެއްވާނީ އިނގިރޭސި ބަހުން، އޭޕީސީއައިސީޓީގެ ފަންނީ މާހިރުންނެވެ. އަދި ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކުރެވޭނެ ކަމަށް ވެސް ވުޒާރާއިން ބުންޏެވެ.

Advertisement

Advertisement 1

މި ޕްރޮގްރާމުގެ މަޤްޞަދަކީ އަންހެން ވިޔަފާރިވެރިންނަށް ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ މާލީ ހުނަރުތަކާއި، ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ހިފުމުގެ ހުނަރު ދަސްކޮށްދިނުމެވެ. މީގެ ތެރޭގައި ފައިނޭންޝަލް ލިޓްރެސީ، ފައިދާ އަދި ގެއްލުން ހިސާބުކުރުން، އިންވެސްޓްމަންޓް ކުރުން، އަދި ފައިނޭންޝަލް ބުކްކީޕިންގް ފަދަ ދާއިރާތަކުން މަޢުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.

ވުޒާރާއިން ބުނީ، މި ޕްރޮގްރާމުގެ ސަބަބުން އަންހެން ވިޔަފާރިވެރިންނަށް އީ-ކޮމާސް އަދި ޑިޖިޓަލް މާކެޓިންގ ފަދަ ސުމޭކު ވަސީލަތްތައް ބޭނުންކޮށްގެން އާ މާކެޓްތަކަށް ވަދެ، އާމްދަނީ އިތުރުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ޑިޖިޓަލައިޒޭޝަނުގެ ޒަރީޢާއިން މުދާ ބެލެހެއްޓުމާއި، ޚަރަދުތައް ކުޑަކުރުމާއި، ކަސްޓަމަރުންނާއި ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެއެވެ.

ވުޒާރާއިން ބާރުއަޅުއްވަނީ ޝަރުޠު ހަމަވާ ހުރިހާ އަންހެން ވިޔަފާރިވެރިން މި ފުރުޞަތުގެ ބޭނުން ހިފުމަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަކީ އަންހެން ވިޔަފާރިވެރިންނަށް އެމީހުންގެ ވިޔަފާރި ކުރިއަރުވައި، އިޤްތިޞާދީ ގޮތުން ބާރުވެރިވުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމުގައި ވުޒާރާއިން ފާހަގަކުރިއެވެ.

ޖެންޑަރ މިނިސްޓްރީ (އުވާލެވިފައި)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކުޑަ އަންހެން ކުއްޖަކަށް ކުޅުދުއްފުށީ ދެމީހަކު ޖިންސީ ގޯނާ ކޮށްފި

ކުޑަކުއްޖަކަށް ކުޅުދުއްފުށީ ދެމީހަކު ޖިންސީ ގޯނާ ކޮށްފި

159 ދުވަސް ކުރިން - 21:09

ހާއްސަ އެހީއަށް ބޭނުންވާ 356 މީހަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފި

ހާއްސައެހީއަށް ބޭނުންވާ 356މީހަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފި

190 ދުވަސް ކުރިން - 22:16

ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ސޯޝަލް މިނިސްޓްރީން ކުރިއަށް ގެންގޮސްފި

ސޯޝަލް މިނިސްޓްރީން ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

314 ދުވަސް ކުރިން - 10:59

ފުރަތަމަ ފަހަރަށް ސައިންލޭންގުއޭޖްގެ ސެޓްފިކެޓް ލެވެލް ކޯހެއް ރާއްޖޭގައި ފަށަނީ

ސައިންލޭންގުއޭޖްގެ ސެޓްފިކެޓް ލެވެލް ކޯހެއް ރާއްޖޭގައި ފަށަނީ

316 ދުވަސް ކުރިން - 09:08

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެމްޕީއެލްއިން ވަޒީފާގެ ފުރުސަތު ހޯދައިދެނީ

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު

322 ދުވަސް ކުރިން - 16:27

ކުޑަކުދިންނަށް އަނިޔާކުރުމުގެ 97 މައްސަލައެއް މިދިޔަ މަހު ރިޕޯޓުކޮށްފައިވޭ

ކުޑަކުދިންނަށް އަނިޔާކުރުމުގެ 97 މައްސަލައެއް ރިޕޯޓުކޮށްފައިވޭ

388 ދުވަސް ކުރިން - 00:12