Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޔޫއެންއެފްޕީއޭއާއެކު ގުޅުން ބަދަހިކުރުމަށް ވަޒީރު ޑރ. ޢައިޝަތު ޝިހާމް އިންޑޮނޭޝިޔާގައި މަޝްވަރާކުރައްވައިފި

ޔޫއެންއެފްޕީއޭއާއެކު ގުޅުން ބަދަހިކުރުމަށް ވަޒީރު ޑރ. ޢައިޝަތު ޝިހާމް އިންޑޮނޭޝިޔާގައި މަޝްވަރާކުރައްވައިފި

އާނާ ފަހީމް
674 ދުވަސް ކުރިން - 15 ސެޕްޓެންބަރު 2024 16:01
ވަޒީރު ޑރ. އައިޝަތު ޝިހާމް އިންޑޮނޭޝިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން.
ވަޒީރު ޑރ. އައިޝަތު ޝިހާމް އިންޑޮނޭޝިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން.
ޚުލާސާ

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް މިމަހުގެ 11 އިން 13 އަށް އިންޑޮނޭޝިޔާއަށް ކުރެއްވި ދަތުރުފުޅުގައި، ޔުނައިޓެޑް ނޭޝަންސް ފަންޑް ފޯ ޕޮޕިޔުލޭޝަން އެކްޓިވިޓީސް (ޔޫއެންއެފްޕީއޭ) އާއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި. މި ދަތުރުފުޅުގައި ވަޒީރު ވަނީ އާބާދީއާ ގުޅޭ މަހާސިންތާއެއްގައި ބައިވެރިވެވަޑައިގަންނަވައި، ޔޫއެންއެފްޕީއޭގެ އިސްވެރިންނާއި އެސްކޭޕްގެ ސެކްރެޓަރީއާ ބައްދަލުކުރައްވައި، އިސްރަށްވެހިންގެ ކެއަރ ސެންޓަރަކަށް ޒިޔާރަތްކުރައްވާފައި.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް މިމަހުގެ 11 އިން 13 އަށް އިންޑޮނޭޝިޔާއަށް ކުރެއްވި ދަތުރުފުޅުގައި، އާބާދީއާގުޅޭ ކަންކަމުގައި މާލީ އެހީ ފޯރުކޮށްދޭ ޔުނައިޓެޑް ނޭޝަންސް ފަންޑް ފޯ ޕޮޕިޔުލޭޝަން އެކްޓިވިޓީސް (ޔޫއެންއެފްޕީއޭ) އާއެކު އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފިއެވެ.

މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ އިންޑޮނޭޝިޔާގެ ބާލީގައި ބޭއްވުނު "ރީޖަނަލް ކޮންފަރެންސް އޮން ޕޮޕިއުލޭޝަން އޭޖިން" ގެ "ރީ-ފްރޭމިން އޭޖިން ހައި ލެވެލް ޕެނަލް ޑިސްކަޝަން" ގައި ބައިވެރިވެވަޑައިގަތުމެވެ. މި މަހާސިންތާގައި 400 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެއެވެ.

ދަތުރުފުޅުގެ ތެރޭގައި، ވަޒީރު ޢައިޝަތު ޝިހާމް ވަނީ ޔޫއެންއެފްޕީއޭގެ އޭޝިޔާ ސްޕެސިފިކް ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ޑިރެކްޓަރ ޕިއޯ ސްމިތުއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ފަރާތުން ގުޅިގެން ކުރެވޭނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ވަޒީރު ވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ގުޅުންހުރި ކަންކަމުގައި ޔޫއެންއެފްޕީއޭއިން މިހާރުވެސް ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

Advertisement

Advertisement 1

މީގެއިތުރުން، ވަޒީރު ވަނީ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮރ އޭޝިއާ އެންޑް ދި ޕެސިފިކް (އެސްކޭޕް) ގެ ސެކެޓްރީއާވެސް ބައްދަލުކުރައްވައި، އެސްކޭޕްއާއެކު ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ވަނީ ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކާއި މި ބަދަލުތަކުގެ ސަބަބުން ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާނެ އަސަރުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ދަތުރުފުޅުގެ ތެރެއިން ވަޒީރު ވަނީ އިންޑޮނޭޝިޔާގައި ހުންނަ އިސްރަށްވެހިންނަށް ޚާއްސަ ކެއަރ ސެންޓަރެއްކަމަށްވާ އެލްއެލްޓީ ޖިރަންގް މެލިންޒީއަށް ޒިޔާރަތްކުރައްވައި، އެތަނުގައި ހިނގާ ހަރަކާތްތައް ބައްލަވާލައްވާލައްވާފައެވެ.

ޖެންޑަރ މިނިސްޓްރީ (އުވާލެވިފައި)(ކުރީގެ މިނިސްޓަރު) ޑރ. އައިޝަތު ޝިހާމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އައްޑޫ ސިޓީގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ރަސްމީކޮށް ހުޅުވައިފި

އައްޑޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވައިފި

112 ދުވަސް ކުރިން - 20:17

ކުޑަ އަންހެން ކުއްޖަކަށް ކުޅުދުއްފުށީ ދެމީހަކު ޖިންސީ ގޯނާ ކޮށްފި

ކުޑަކުއްޖަކަށް ކުޅުދުއްފުށީ ދެމީހަކު ޖިންސީ ގޯނާ ކޮށްފި

159 ދުވަސް ކުރިން - 21:09

ހާއްސަ އެހީއަށް ބޭނުންވާ 356 މީހަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފި

ހާއްސައެހީއަށް ބޭނުންވާ 356މީހަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފި

190 ދުވަސް ކުރިން - 22:16

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 110 ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފި

އަމާންވެށިތަކުގައި ތިބި 110ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފި

204 ދުވަސް ކުރިން - 16:45

ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ސޯޝަލް މިނިސްޓްރީން ކުރިއަށް ގެންގޮސްފި

ސޯޝަލް މިނިސްޓްރީން ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

314 ދުވަސް ކުރިން - 10:59

ފުރަތަމަ ފަހަރަށް ސައިންލޭންގުއޭޖްގެ ސެޓްފިކެޓް ލެވެލް ކޯހެއް ރާއްޖޭގައި ފަށަނީ

ސައިންލޭންގުއޭޖްގެ ސެޓްފިކެޓް ލެވެލް ކޯހެއް ރާއްޖޭގައި ފަށަނީ

316 ދުވަސް ކުރިން - 09:08