
ނިމިދިޔަ އެމްޑީޕީ ދައުރުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 97 އިންސައްތައަށްވަނީ އިތުރުވެފަ. ކުންފުނި ތަކުގެ މާލީ ހާލަތާއި ހިންގުމުގެ ދާއިރާއިން ދެމެހެއްޓެނިވި ގޮތުގަިއ ކުރިޔަށް ގެންދެވޭނެގޮތް ފޯރުކޮށްދިނުމަށް އިރުޝާދުދެނީ އަދި ސިޔާސީ ފިކުރަށް ބިނާކޮށް އެވެސް މުވައްޒަފަކު ވަކި ނުކުރާނަން.
13 ދުވަސް ކުރިން - 11:13
މިއީ ޖޫން މަހާ އަޅާބަލާއިރު ރަސްމީ ރިޒާވުން 48.8 މިލިއަން ޑޮލަރުގެ ދަށްވުމެއް. މައިގަނޑު ސަބަބަކީ ދަތުރުފަތުރާއި ބޭސްފަރުވާއަށް ޑޮލަރު ވިއްކި މިންވަރު އިތުރުވެ، އެތެރެވި ފައިސާ މަދުވުމެވެ. މީގެއިތުރުން ބޮޑެތި ދަރަނިތައް ދެއްކުމާ ގުޅިގެން މާޗް މަހުން ފެށިގެން ރިޒާވް ވަނީ ބޮޑުތަނުން ދަށްވެފަ.
14 ދުވަސް ކުރިން - 13:11
މި އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން މިނިސްޓަރ ހަސަން ޒަރީރު އަދި އެސްޓީއޯގެ ފަރާތުން އެމްޑީ ޝިމާދު އިބްރާހީމް ސޮއިކުރެއްވިއިރު، އޭޑީބީގެ ފަރާތުން ސޮއިކުރެއްވީ ޑރ. ތިއާމް ހީ އެންޖީ. މީގެ މައިގަނޑު ބޭނުމަކީ މެދުއިރުމަތީގެ މަސްރަޙާ ގުޅިގެން ހަކަތައިގެ އަގުތަކަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް އެހީތެރިވުން.
14 ދުވަސް ކުރިން - 21:15
މެދުއިރުމަތީގައި ހިނގަމުންދާ އިރާނު ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިސާދަށް އިންގިލާބީ ލޮޅުންތަކެއް އަރަމުންދާއިރު، ދިވެހި ރައްޔިތުންގެ ޖީބުތަކަށް އޭގެ މާބޮޑު ނޭދެވޭ އަސަރެއް ފޯރިޔަނުދީ ހިފެހެއްޓުމަށްޓަކައި ސަރުކާރުން ސަބްސިޑީ އަށް ކުރި ހޭދައިން ބޮޑު "ޤުރުބާނީއެއް" ވެއްޖެ.
40 ދުވަސް ކުރިން - 20:36
ރިޕޯޓުގައިވާ ގޮތުން، 16 ޖުލައިގެ ނިޔަލަށް ސަބްސިޑީއަށް ކުރި މި ހޭދައަކީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ހޭދަކުރި 1.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް %86 އިތުރުވުމެއް. ސަބްސިޑީގެ ހޭދަ މިހާ ބޮޑަށް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން.
41 ދުވަސް ކުރިން - 18:41
މިއީ މޭ މަހާ އަޅާބަލާއިރު 18 މިލިއަން ޑޮލަރުގެ ދަށްވުމެއް ނަމަވެސް، ބޭނުންކުރެވޭ ރިޒާވް ވަނީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 23 އިންސައްތަ އިތުރުވެ، 248.9 މިލިއަން ޑޮލަރަށް އަރާފަ. ރިޒާވް ޖުމްލަކޮށް ދަށްވުމުގެ މައިގަނޑު ސަބަބަކީ ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް ބޮޑުވުން.
46 ދުވަސް ކުރިން - 10:27
މިއީ ޖީ.އެސް.ޓީ އާއި ކޯޕަރޭޓް އިންކަމް ޓެކްސް އިތުރުވުމުން އައި 10.4 އިންސައްތައިގެ ކުރިއެރުމެއް. ޚަރަދުތައް 23.4 ބިލިއަނަށް އުފުލުނީ މުސާރަ އާއި ސަބްސިޑީއަށް ކުރި ޚަރަދު އިތުރުވުމުން. ޚަރަދު އިތުރުވި ނަމަވެސް، 1.7 ބިލިއަން ރުފިޔާގެ ޕްރައިމަރީ ސާޕްލަސްއެއް ވަނީ ރެކޯޑުކުރެވިފަ.
46 ދުވަސް ކުރިން - 10:22
2 ޖުލައި 2026 ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2.1 ބިލިއަން ރުފިޔާ ނުވަތަ 10.4 އިންސައްތަ އިތުރުވެއިވާއިރު، 2025 ވަނަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 20.3 ބިލިއަން ރުފިޔާ ލިބިފައި.
52 ދުވަސް ކުރިން - 19:16
މިއަހަރުގެ ބަޖެޓުގައި މި ފަންޑަށް 2.4 ބިލިއަން ރުފިޔާ ޖަމާކުރުމަށް އަމާޒު ހިފާފައިވާއިރު، މިހާތަނަށް ވަނީ އަމާޒުގެ 40 އިންސައްތަ ހާސިލުވެފަ. އެއާޕޯޓް ފީގެ އާމްދަނީން ބޮޑުބައެއް ހިއްސާކުރާ މި ފަންޑަކީ ދައުލަތުގެ ބޮޑެތި ދަރަނިތަކާއި ސުކޫކު އަދާކުރުމަށް ބޭނުންކުރާ މުހިންމު ފަންޑެއް.
72 ދުވަސް ކުރިން - 16:30
އައިއެމްއެފްގެ ރިޕޯޓުގައި ބުނެފައިވަނީ އިގްތިސާދީ ގޮތުން ދިމާވި އުނދަގޫ ހާލަތުގައިވެސް ދައުލަތުން ދައްކަންޖެހޭ ދަރަނިތައް ދައްކާފައިވަނީ ހަރުދަނާކަމާއެކުގައި ކަމަށް. ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، މާލީ ދާއިރާ ސުޕަވައިޒްކުރުމުގައި އަބަދުވެސް ސަމާލުވެ ތިބުމަށް އައި.އެމް.އެފް އިން ލަފާދޭ
75 ދުވަސް ކުރިން - 10:51
ޒަރީރު މި މަގާމަށް އައްޔަނުކުރެއްވީ، ކުރިން ހުންނެވި މޫސާ ޒަމީރު އިސްތިއުފާ ދެއްވުމާ ގުޅިގެން. އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ އިން އެކައުންޓިން ދާއިރާއިން ބެޗެލަރސް ޑިގްރީ އަދި ފިނޭންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފަ. ޒަރީރު ކުރިން ހުންނެވީ މީރާގެ އެންމެ އިސްވެރިޔާގެ މަގާމުގައި.
84 ދުވަސް ކުރިން - 15:01
އިސްތިއުފާ ދެއްވި ސަބަބު އަދި ސާފުނުވާއިރު، އޭނާއަކީ މި ސަރުކާރުގެ އެންމެ ސީނިއާ އެއް ވަޒީރު. މީގެކުރިން އޭނާ ހުންނެވީ ފޮރިން މިނިސްޓަރުގެ މަގާމުގައި. މީގެއިތުރުން، އެލްޖީއޭގެ ރައީސްކަމާއި މުހިންމު ސަރުކާރު ކޮމިޓީތަކުގެ ޗެއާކަން ވެސް އޭނާ ކުރެއްވި.
84 ދުވަސް ކުރިން - 11:49
ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ބޭރުގެ ދަރަނި ދެއްކުމުގެ ޕްރެޝަރު ކުޑަވެ، ރާއްޖޭގެ ކްރެޑިޓް ރޭޓިން ވަނީ މަތިވެފަ. ވަކިން ހާއްސަކޮށް ސުކޫކް އަދި ޕްރައިވެޓް ޕްލޭސްމަންޓަށް ލުއިލިބުމަކީ މާލީ ހަމަޖެހުމަށް މަގުފަހިވި މުހިންމު ފިޔަވަޅުތަކެއް.
88 ދުވަސް ކުރިން - 20:42