Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖޭގެ މާލީ ނިޒާމު ހަމައަކަށް އެޅިފައިވާ ކަމަށް އައި.އެމް.އެފް އިން ބުނެފި

ރާއްޖޭގެ މާލީ ނިޒާމު ހަމައަކަށް އެޅިފައިވާ ކަމަށް އައި.އެމް.އެފް އިން ބުނެފި

އައިޝަތު ރުވާ ރިފްޢަތު
58 ދުވަސް ކުރިން - 17 ޖޫން 2026 10:51
އައިއެމްއެފްގެ ހެޑް ކުއާޓަރ ބިލްޑިންގ---
އައިއެމްއެފްގެ ހެޑް ކުއާޓަރ ބިލްޑިންގ---
ޚުލާސާ

އައިއެމްއެފްގެ ރިޕޯޓުގައި ބުނެފައިވަނީ އިގްތިސާދީ ގޮތުން ދިމާވި އުނދަގޫ ހާލަތުގައިވެސް ދައުލަތުން ދައްކަންޖެހޭ ދަރަނިތައް ދައްކާފައިވަނީ ހަރުދަނާކަމާއެކުގައި ކަމަށް. ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، މާލީ ދާއިރާ ސުޕަވައިޒްކުރުމުގައި އަބަދުވެސް ސަމާލުވެ ތިބުމަށް އައި.އެމް.އެފް އިން ލަފާދޭ

ދައުލަތުގެ ހަރަދުތަކާއި، ބޭރުގެ މާލީ މުއާމަލާތްތަކާއި އަދި ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ގޮންޖެހުންތަކާ އެކުވެސް، ފާއިތުވި އަހަރު ރާއްޖޭގެ މާލީ ނިޒާމު ހަމައަކަށް އެޅިފައިވާ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން ހާމަކޮށްފިއެވެ.

އައި.އެމް.އެފް އިން މިކަން ހާމަކޮށްފައިވަނީ، ޖޫން މަހުގެ 14 ވަނަ ދުވަހު ނިންމާލި 2024 އާޓިކަލް IV މިޝަންގެ ވަގުތީ ހޯދުންތަކުގެ މައްޗަށް އެކުލަވާލި ރިޕޯޓުގައެވެ.

އެ ފަންޑުން ބުނި ގޮތުގައި، އިގްތިސާދީ އަދި މާލީ ގޮތުން ކުރިމަތިވި ދަތި މާހައުލުގައިވެސް ރާއްޖޭގެ އިގްތިސާދު ހިފަހައްޓާލާފައިވަނީ ހަރުދަނާކަމާއެކުގައެވެ. އަދި ދައުލަތުން ދައްކަންޖެހޭ ދަރަނިތައް، އޭގެ ތެރޭގައި ރަސްމީ ފަރާތްތަކަށާއި އަމިއްލަ ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ގަވާއިދުން ދައްކަމުންދާކަންވެސް އައި.އެމް.އެފް އިން ފާހަގަކުރިއެވެ. މި ކުރިއެރުންތަކާއެކު، ރާއްޖޭގެ މާލީ ނިޒާމު އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

Advertisement

Advertisement 1

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން އަލުން އޯޕަން މާކެޓް އޮޕަރޭޝަންސް ފެށުމަށް ނިންމި ނިންމުމަށް އައި.އެމް.އެފް އިން ވަނީ މަރުހަބާ ކިޔާފައެވެ. އަދި މި ވަސީލަތުގެ ބޭނުން ހިފަމުން ގެންދިއުމަކީ މަނިޓަރީ ސިޔާސަތުތައް ހަރުދަނާކުރުމަށް އެޅޭ ބާރެއް ކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން، ބޭރު ފައިސާގެ ގާނޫނުގެ ސަބަބުން ބޭރު ފައިސާ ލިބުމުގައި ހުރި ދަތިތަކަށް ލުޔެއް ލިބި، ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުކުރުމަށް އެހީތެރިވެދީފައިވާކަން އެ ފަންޑުން ފާހަގަކުރިއެވެ.

މާލީ ދާއިރާގެ ހަމަޖެހުން ދަމަހައްޓައި، ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، މާލީ ދާއިރާ ސުޕަވައިޒްކުރުމުގައި އަބަދުވެސް ސަމާލުވެ ތިބުމަށް އައި.އެމް.އެފް އިން ވަނީ ލަފާދީފައެވެ. އަދި މަރުކަޒީ ބޭންކާއި މާލީ ދާއިރާގެ ގާނޫނުތަކާއި ގަވާއިދުތައް އިތުރަށް ހަރުދަނާކުރުމަކީ، ބޭންކުތައް ބެލެހެއްޓުމާއި މާލީ ކާރިސާތައް މެނޭޖުކުރުމުގެ ނިޒާމު ވަރުގަދަވެގެންދާނެ ކަމެއް ކަމަށްވެސް އެ ފަންޑުން ބުނެފައިވެއެވެ. މިފަދަ އިސްލާހުތަކުގެ ސަބަބުން ސިޔާސަތުތަކަށް އޮންނަ އިތުބާރު ބޮޑުވެ، ކުރިމަތިވެދާނެ އިގްތިސާދީ ލޮޅުންތަކަށް ކެތްކުރުމުގެ ގާބިލުކަން މާލީ ނިޒާމުގައި އިތުރުވެގެންދާނެއެވެ.

ދައުލަތުގެ ދަރަންޏާއި ބޭންކިންގް ދާއިރާއާ ދެމެދު އޮތް ގުޅުން ބޮޑުވުމަކީ، އެކަމަށް އެދެވޭ ހައްލެއް ނުގެނެސްފިނަމަ މާލީ ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމެއްކަން އައި.އެމް.އެފް އިން ފާހަގަކުރިއެވެ. އެހެންކަމުން، މާލީ ނުތަނަވަސްކަން ކުޑަކޮށް، ދައުލަތުގެ ދަރަނި ދަށްކުރުމަށްޓަކައި ފުޅާ ދާއިރާއެއްގައި ސިޔާސަތުތަކަށް ބަދަލު ގެނައުމަށް އެ ފަންޑުން އިރުޝާދު ދީފައިވެއެވެ. މި ފިޔަވަޅުތައް އަޅަންވާނީ މާލީ ދާއިރާގެ ހަމަޖެހުން ދަމަހައްޓައި، މުޖުތަމައުގެ ނާޒުކު ފަންތީގެ މީހުންނަށް ކުރާނެ އަސަރުތަކުން އެފަރާތްތައް ހިމާޔަތްކުރަމުން ކަމަށްވެސް ބުނެފައިވެއެވެ.

އައި.އެމް.އެފްގެ ވަފުދުން ޖޫން 4 އިން 14 އަށް ރާއްޖެއަށް ކުރި މި ޒިޔާރަތުގައި، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އާއި، އެމް.އެމް.އޭގެ ގަވަރުނަރު އަހުމަދު މުނައްވަރުގެ އިތުރުން ސަރުކާރުގެ އެހެނިހެން އިސްވެރިންނާއި، އަމިއްލަ ސެކްޓަރުގެ މަންދޫބުންނާއި ތަރައްގީގެ ބައިވެރިންނާ ބައްދަލުކޮށް މަޝްވަރާކޮށްފައިވެއެވެ.

އައިއެމްއެފްއެމްއެމްއޭމިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންޝުއަރެންސްގެ އާންމު މާއްދާތަކާއި ރިސްކުތަކާ ބެހޭ ގަވާއިދަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލައިފި

އިންޝުއަރެންސްގެ އާންމު މާއްދާތަކާއި ރިސްކުތަކާ ބެހޭ ގަވާއިދަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލައިފި

3 ގަޑިއިރު ކުރިން - 20:00

ޖޫންމަހާ އަޅާބަލާއިރު ޖުލައި މަހު އެމްއެމްއޭއިން ޑޮލަރު ވިއްކި އަދަދު ބޮޑުތަނުން އިތުރުވެއްޖެ

ޖޫންމަހާ އަޅާބަލާއިރު ޖުލައި މަހު އެމްއެމްއޭއިން ޑޮލަރު ވިއްކި އަދަދު އިތުރުވެއްޖެ

6 ގަޑިއިރު ކުރިން - 16:59

ސަބްސިޑީގެ ހޭދަ ބޮޑުވީ ރައްޔިތުންގެ އަތުން ހޭދަކުރެންޖެހޭ ވަރު ބޮޑު ނުކޮށް އިރާނު ހަނގުރާމައިގެ އަސަރުން އިޤްތިސާދަށް ކުރި އަސަރު މެނޭޖްކުރުމަށް

ސަބްސިޑީގެ ހޭދަ ބޮޑުވީ އީރާނު ހަނގުރާމައިގެ ލޮޅުމުން ރައްޔިތުން ސަލާމަތްކުރުމަށް

24 ދުވަސް ކުރިން - 20:36

ސަބްސިޑީއަށް ކުރި ހޭދަ 3.13 ބިލިއަނަށް: އެންމެ ބޮޑު ހަރަދެއް ތެލާއި ކަރަންޓު އަގުބޮޑުވިޔަނުދީ ހިފެހެއްޓުމަށް

ސަބްސިޑީއަށް ކުރި ހޭދަ 3.13 ބިލިއަނަށް އަރައިފި

24 ދުވަސް ކުރިން - 18:41

ޖޫން މަހު ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ނަމަވެސް، ކުރު މުއްދަތުގެ ދަރަނިތައް އަދާކުރުމާ އެކު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

29 ދުވަސް ކުރިން - 10:27

ޓެކްސްގެ އާމްދަނީ އިތުރުވުމާއެކު ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެ، އާމްދަނީ 22.4 ބިލިއަން ރުފިޔާއަށް އަރައިފި

ޓެކްސްގެ އާމްދަނީ އިތުރުވެ، އާމްދަނީ 22.4 ބިލިއަން ރުފިޔާއަށް އަރައިފި

29 ދުވަސް ކުރިން - 10:22