Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސަބްސިޑީއަށް ކުރި ހޭދަ 3.13 ބިލިއަނަށް: އެންމެ ބޮޑު ހަރަދެއް ތެލާއި ކަރަންޓު އަގުބޮޑުވިޔަނުދީ ހިފެހެއްޓުމަށް

ސަބްސިޑީއަށް ކުރި ހޭދަ 3.13 ބިލިއަނަށް: އެންމެ ބޮޑު ހަރަދެއް ތެލާއި ކަރަންޓު އަގުބޮޑުވިޔަނުދީ ހިފެހެއްޓުމަށް

އައިޝަތު ރުވާ ރިފްޢަތު
45 ދުވަސް ކުރިން - 21 ޖުލައި 2026 18:41
ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތުގެ ނަން ބޯޑު. / ފޮޓޯ: ޚުލާސާ
ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތުގެ ނަން ބޯޑު. / ފޮޓޯ: ޚުލާސާ
ޚުލާސާ

ރިޕޯޓުގައިވާ ގޮތުން، 16 ޖުލައިގެ ނިޔަލަށް ސަބްސިޑީއަށް ކުރި މި ހޭދައަކީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ހޭދަކުރި 1.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް %86 އިތުރުވުމެއް. ސަބްސިޑީގެ ހޭދަ މިހާ ބޮޑަށް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން.

ދިވެހި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކާއި މުދަލުގެ އަގު ހެޔޮކޮށް ހިފެހެއްޓުމަށްޓަކައި ދައުލަތުގެ ބަޖެޓުން ކުރާ ސަބްސިޑީގެ ހޭދަ 3.13 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އިން އެންމެ ފަހުން އާންމުކުރި "ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، 16 ޖުލައި 2026 ގެ ނިޔަލަށް ސަބްސިޑީއަށް ކުރި މި ހޭދައަކީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ހޭދަކުރި 1.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 86 އިންސައްތައިގެ އިތުރުވުމެކެވެ.

މި ރިޕޯޓުން ދައްކާގޮތުގައި ސަބްސިޑީގެ ހޭދަ މިހާ ބޮޑަށް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ރާއްޖޭގައި ތެލާއި ކަރަންޓުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް ކުރަންޖެހުނު ހަރަދު ބޮޑުވުމެވެ. އެގޮތުން ތެލުގެ ސަބްސިޑީއަށް 2025 ވަނަ އަހަރު ހޭދަކުރި 702.1 މިލިއަން ރުފިޔާ، މިއަހަރު ވަނީ 1.8 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ސާފުކުރި ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އުފުލުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށް ފައިނޭންސް މިނިސްޓްރީން ބުނެއެވެ.

Advertisement

Advertisement 1

ތެލުގެ އިތުރުން ކަރަންޓުގެ ސަބްސިޑީއަށް ކުރި ހަރަދު ވެސް ވަނީ 341.3 މިލިއަން ރުފިޔާއިން 626.7 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އަދި ކުނި މެނޭޖްކުރުމުގެ ސަބްސިޑީއަށް ކުރި ހޭދަ 33.9 މިލިއަން ރުފިޔާއިން 90.6 މިލިއަން ރުފިޔާއަށް މަތިވެފައިވާއިރު، ދަތުރުފަތުރުގެ ސަބްސިޑީއަށް ކުރި ހޭދަ ވަނީ 128.5 މިލިއަން ރުފިޔާއިން 201.6 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ކާބޯތަކެތީގެ ސަބްސިޑީއަށް ވެސް ވަނީ 243.9 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

ބައެއް ދާއިރާތަކުން ހޭދަ އިތުރުވި ނަމަވެސް، މަސްވެރިކަމުގެ ސަބްސިޑީއަށް ކުރި ހަރަދު ވަނީ 207.4 މިލިއަން ރުފިޔާއިން 83.1 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. އަދި ނަރުދަމާގެ ހިދުމަތުގެ ސަބްސިޑީއަށް ކުރި 67.8 މިލިއަން ރުފިޔާގެ ހޭދައަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

ސަރުކާރުން މިފަދަ ބޮޑު ހޭދައެއް ކުރަނީ ކާޑުގެ ބާވަތްތަކާއި، ކަރަންޓާއި، ތެޔޮ އަދި ކުނި މެނޭޖްކުރުން ފަދަ އަސާސީ ޚިދުމަތްތައް، އެ ތަކެތި ފޯރުކޮށްދިނުމަށް ހިނގާ އަސްލު ހަރަދަށްވުރެ ކުޑަ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ. މިގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިދުމަތް ދިނުމަށް ހިނގާ ހަރަދާއި، ކޮންޓްރޯލް އަގުގެ ފަރަގު ދައުލަތުގެ ބަޖެޓުން ސަބްސިޑީގެ ގޮތުގައި އެ ކުންފުނިތަކަށް ދެއެވެ.

ތަފާސްހިސާބުތަކުން ހާމަވާގޮތުގައި 2026 ވަނަ އަހަރުގެ މިހާތަނަށް ސަބްސިޑީއަށް ކުރި މުޅި ހޭދައިގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ތެލާއި ކަރަންޓުގެ އަގު ހިފެހެއްޓުމަށް ކުރި ހަރަދެވެ.

ސަބްސިޑީމިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސް އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް %6.9 ގެ ކުރިއެރުމެއް

ޓެކްސް އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް %6.9 ގެ ކުރިއެރުމެއް

3 ދުވަސް ކުރިން - 19:00

ނިމިދިޔަ އެމްޑީޕީގެ ދައުރުގައި، ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ މުވައްޒަފުންގެ އަދަދުވަނީ 97 އިންސަތަ އިތުރުވެފަ: މާލީ ވަޒީރު

ކުރީ ސަރުކާރުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 97% އިތުރުވެފަ

18 ދުވަސް ކުރިން - 11:13

ރަސްމީ ޑޮލަރު ރިޒާވްގައި 638 މިލިއަން ޑޮލަރުގައި، ސަބަބަކީ ދަތުރުފަތުރާއި ބޭސްފަރުވާއަށް ޑޮލަރު ވިއްކި މިންވަރު އިތުރުވުން

ޖުލައި މަހު ރަސްމީ ރިޒާވް 638 މިލިއަން ޑޮލަރަށް

19 ދުވަސް ކުރިން - 13:11

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީ އާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީއާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

19 ދުވަސް ކުރިން - 21:15

ސަބްސިޑީގެ ހޭދަ ބޮޑުވީ ރައްޔިތުންގެ އަތުން ހޭދަކުރެންޖެހޭ ވަރު ބޮޑު ނުކޮށް އިރާނު ހަނގުރާމައިގެ އަސަރުން އިޤްތިސާދަށް ކުރި އަސަރު މެނޭޖްކުރުމަށް

ސަބްސިޑީގެ ހޭދަ ބޮޑުވީ އީރާނު ހަނގުރާމައިގެ ލޮޅުމުން ރައްޔިތުން ސަލާމަތްކުރުމަށް

45 ދުވަސް ކުރިން - 20:36

ޖޫން މަހު ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ނަމަވެސް، ކުރު މުއްދަތުގެ ދަރަނިތައް އަދާކުރުމާ އެކު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

51 ދުވަސް ކުރިން - 10:27