Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސަބްސިޑީގެ ހޭދަ ބޮޑުވީ ރައްޔިތުންގެ އަތުން ހޭދަކުރެންޖެހޭ ވަރު ބޮޑު ނުކޮށް އިރާނު ހަނގުރާމައިގެ އަސަރުން އިޤްތިސާދަށް ކުރި އަސަރު މެނޭޖްކުރުމަށް

ސަބްސިޑީގެ ހޭދަ ބޮޑުވީ ރައްޔިތުންގެ އަތުން ހޭދަކުރެންޖެހޭ ވަރު ބޮޑު ނުކޮށް އިރާނު ހަނގުރާމައިގެ އަސަރުން އިޤްތިސާދަށް ކުރި އަސަރު މެނޭޖްކުރުމަށް

ހުސައިން އިސްމާއިލް
45 ދުވަސް ކުރިން - 21 ޖުލައި 2026 20:36
މަގުމަތީގައި ބަޔަކު ހިނގާފައި ދަނީ. / ފޮޓޯ: ޚުލާސާ
މަގުމަތީގައި ބަޔަކު ހިނގާފައި ދަނީ. / ފޮޓޯ: ޚުލާސާ
ޚުލާސާ

މެދުއިރުމަތީގައި ހިނގަމުންދާ އިރާނު ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިސާދަށް އިންގިލާބީ ލޮޅުންތަކެއް އަރަމުންދާއިރު، ދިވެހި ރައްޔިތުންގެ ޖީބުތަކަށް އޭގެ މާބޮޑު ނޭދެވޭ އަސަރެއް ފޯރިޔަނުދީ ހިފެހެއްޓުމަށްޓަކައި ސަރުކާރުން ސަބްސިޑީ އަށް ކުރި ހޭދައިން ބޮޑު "ޤުރުބާނީއެއް" ވެއްޖެ.

އީރާނު ހަނގުރާމައިގެ ސަބަބުން ބައިނަލްއަޤުވާމީ ބާޒާރުގައި ތެލާއި ހުރިހާ މުދަލެއްގެ އަގުތައް އަތްނުފޯރާ ފަށަށް އުފުލެމުންދިޔަ ނަމަވެސް، ރާއްޖޭގެ ރައްޔިތުންގެ އަތުން ކުރަންޖެހޭ ހޭދަ ބޮޑުނުކޮށް ހިފެހެއްޓުނީ ސަރުކާރުން ސަބްސިޑީގެ ހޭދަ ބޮޑުތަނުން އިތުރުކުރުމުންނެވެ.

ދުނިޔެ ބޮޑު ތަދެއްގައި، ދިވެހިން އަމާންކަމުގައި!

އިރާނާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބޮޑެތި އަދި މުއްސަނދި ޤައުމުތަކުގައިވެސް ކަރަންޓު ބިލްތަކާއި، ކާބޯތަކެތީގެ އަގުތައް ވަނީ ދެގުނައަށްވުރެ މައްޗަށް ގޮސްފައެވެ. އެތައް ޤައުމެއްގެ ރައްޔިތުން ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެގެން މަގުތަކަށް ނިކުމެ މުޒާހަރާކުރަމުންދާއިރު، ދިވެހިރާއްޖޭގެ ކޮންމެ ގޭބިސީއަކަށް މިއަދުވެސް އަމާންކަމާއި ހިތްހަމަޖެހުމާއެކު އަސާސީ ޚިދުމަތްތައް ލިބެމުންދަނީ ސަރުކާރުން އެޅި ރައްކާތެރިކަމުގެ އައްޑަނައިގެ ސަބަބުންނެވެ. ބޭރުގެ ހަނގުރާމައިގެ ހޫނުކަން ދިވެހި އާއިލާތަކާ ހަމައަށް ފޯރިޔަނުދިނީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުންނެވެ.

Advertisement

Advertisement 1

އިދިކޮޅުން ކިޔަނީ ފާޑު، ސަރުކާރުން އުފުލީ ރައްޔިތުންގެ ބުރަ!

ދައުލަތުގެ ބަޖެޓުން ސަބްސިޑީއަށް ކުރި ޚަރަދު ބޮޑުވުމުން، އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރުގެ އިޤްތިސާދީ މެނޭޖްމަންޓަށް ފާޑުކިޔަމުންނެވެ. ނަމަވެސް، ރައްޔިތުން ވިސްނާލަންޖެހޭ ހަގީގަތަކީ, ސަބްސިޑީގެ ޚަރަދު ބޮޑުވީ ސަރުކާރުން އިސްރާފެއް ކޮށްގެންނެއް ނޫނެވެ. ބޭރުގެ ހަނގުރާމައިގެ ސަބަބުން ބޮޑުވި ތެލާއި މުދަލުގެ ހަގީގީ އަގުގެ ބުރަ، އާންމު ރައްޔިތާ ހަމައަށް ފޯރިޔަނުދީ، ސަރުކާރުން އަމިއްލަ ބޮލުގައި އެ ހުރިހާ ބުރައެއް އެޅުމުންނެވެ. ސަރުކާރުން ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ޤުރުބާން ނުކުރި ނަމަ، މިއަދު ކޮންމެ ރައްޔިތެއްގެ ކަރަންޓު ބިލާއި، ކާޑުގެ ބާވަތްތަކާއި، ޕެޓްރޯލްގެ އަގު ހުންނާނީ އަތްނުފޯރާ ފަށުގައެވެ. އިދިކޮޅު ފަރާތްތަކުން ބޭނުންވީ ރައްޔިތުންގެ އަތުން މި ފައިސާ އަތުލައި، ރައްޔިތުން ހާލުގައި ޖެއްސުމަށެވެ. ނަމަވެސް ސަރުކާރުން ނިންމީ ރައްޔިތުން ހިމާޔަތްކުރުމަށެވެ.

މިއީ ރައްޔިތުން ފަޚުރުވެރިވެ، އުފާކުރަންޖެހޭ ކާމިޔާބީއެއް!

ބައިނަލްއަޤުވާމީ ބޮޑު ކާރިސާއަކުން ޤައުމާއި ރައްޔިތުން ސަލާމަތްކޮށް، އިޤްތިސާދު މިފަދަ އަމާން އައްސޭރިއަކަށް ގެނެސްދިނުމަކީ މި ވެރިކަމުގެ ހަރުދަނާކަމާއި، ރައްޔިތުންދެކެ ވާ ލޯތްބެއްގެ ބޮޑުކަން ހާމަކޮށްދޭ އަލިގަދަ ހެކިތަކެކެވެ. ދުނިޔޭގެ ބާޒާރުގެ ތަދުމަޑުކަމުގެ ތެރޭގައިވެސް، ރައްޔިތުންގެ ޖީބަށް ބާރުނުޖައްސައި، އާއިލާތަކުގެ ދިރިއުޅުން އުފާވެރިކަންމަތީ ބޭއްވުމަށް ސަރުކާރުން ކުރި މި ބޮޑު ހޭދައަކީ ކޮންމެ ދިވެހި ރައްޔިތަކުވެސް ސަރުކާރަށް ޝުކުރުވެރިވެ، އުފާކުރަންޖެހޭނެ ކަމެކެވެ. މިއީ ސިޔާސީ ފާޑުކިޔުންތަކަށްވުރެ ރައްޔިތުންގެ ދިރިއުޅުން މާ މުހިންމުކަން ސަރުކާރުން ސާބިތުކޮށްދިން ދަނޑިވަޅެކެވެ.

ސަބްސިޑީމިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސް އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް %6.9 ގެ ކުރިއެރުމެއް

ޓެކްސް އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް %6.9 ގެ ކުރިއެރުމެއް

3 ދުވަސް ކުރިން - 19:00

ނިމިދިޔަ އެމްޑީޕީގެ ދައުރުގައި، ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ މުވައްޒަފުންގެ އަދަދުވަނީ 97 އިންސަތަ އިތުރުވެފަ: މާލީ ވަޒީރު

ކުރީ ސަރުކާރުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 97% އިތުރުވެފަ

18 ދުވަސް ކުރިން - 11:13

ރަސްމީ ޑޮލަރު ރިޒާވްގައި 638 މިލިއަން ޑޮލަރުގައި، ސަބަބަކީ ދަތުރުފަތުރާއި ބޭސްފަރުވާއަށް ޑޮލަރު ވިއްކި މިންވަރު އިތުރުވުން

ޖުލައި މަހު ރަސްމީ ރިޒާވް 638 މިލިއަން ޑޮލަރަށް

19 ދުވަސް ކުރިން - 13:11

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީ އާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީއާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

19 ދުވަސް ކުރިން - 21:15

ސަބްސިޑީއަށް ކުރި ހޭދަ 3.13 ބިލިއަނަށް: އެންމެ ބޮޑު ހަރަދެއް ތެލާއި ކަރަންޓު އަގުބޮޑުވިޔަނުދީ ހިފެހެއްޓުމަށް

ސަބްސިޑީއަށް ކުރި ހޭދަ 3.13 ބިލިއަނަށް އަރައިފި

45 ދުވަސް ކުރިން - 18:41

ޖޫން މަހު ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ނަމަވެސް، ކުރު މުއްދަތުގެ ދަރަނިތައް އަދާކުރުމާ އެކު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

51 ދުވަސް ކުރިން - 10:27