ރޯދަމަހު ބަހާ މަސްދަޅުން 40 ގްރާމް މަސް އުނި ނުވާނެކަމުގެ ޔަގީންކަން މިފްކޯ އިން ދީފައި މިވަނީ އެފަދަ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ފެތުރިފައިވާތީ.
623 ދުވަސް ކުރިން - 09:25
ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 2:30 އާ ހަމައަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ދީފައިވޭ.
627 ދުވަސް ކުރިން - 11:21
މިފްކޯގެ ތަފާތުހިސާބުތަށް ދައްކާ ގޮތުގައި މިހާރު އެވްރެޖުކޮށް ދުވާލަކު 280 ޓަނުގެ މަސް މިފްކޯއަށް ކިރާ.
629 ދުވަސް ކުރިން - 12:15
މިދިޔަ އަހަރުގެ ރަމަޟާން މަހު ސަރުކާރުން ވަނީ ރާއްޖޭގެ 82،000 ގޭބިސީއަކަށް ކާޑު ހަދިޔާކޮށްފަ. މިއަހަރު ރައީސްވަނީ ކާޑުގެ ބަދަލުގައި ރަމަޟާން މަހު އެންމެ ގިނައިން ގެތަކުގައި ބޭނުންކުރާ މަސްދަޅު ހަދިޔާ ކުރެއްވުމަށް ނިންމަވާފަ.
631 ދުވަސް ކުރިން - 21:10
ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރަން ފެށިތާ މިހާރު އެއް މަސް ވެއްޖެ. މި މުއްދަތުގައި 52 މިލިޔަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް މިފްކޯއިން ބުނޭ.
634 ދުވަސް ކުރިން - 14:57
މިވީ ދެ ދުވަސް ތެރޭގައި ވެސް މަސްވެރިންނަށް 8,697,650 ރުފިޔާ ދޫކޮށްފައިވާއިރު، މަސްވެރިން ކިރުވާ މަހަށް ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި މިހާރު ފައިސާ ލިބޭ.
640 ދުވަސް ކުރިން - 18:55
މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމުގެ ގޮތުން ދިވެހިރާއްޖޭގައި ބާނާ މަހަށް އިތުރު ބާޒާރުތައް ހޯދައި، މާކެޓްކޮށް، ޕްރޮމޯޓްކުރުމަށް އުފެއްދި ޚާއްޞަ ކުންފުނި އެމްފޯމްޕީސީގެ ޗެއަރޕަރސަންގެ މަޤާމަށް އަހުމަދު ޝަރީފް.
643 ދުވަސް ކުރިން - 15:10
ވެރިކަމާ ހަވާލުވިއިރު، މަސް ދޯނިތަކުން ކިރުވާފައިވާ މަހަށް އޮޑިވެރިންނަށް ދޭންޖެހޭ 230 މިލިޔަނަށްވުރެ ގިނަ ރުފިޔާ އޮތްކަމަށާއި، ނަމަވެސް ސަރުކާރުން ވަނީ އެ ފައިސާ ދީ ހަލާސްކޮށް ބެކްލޮގް އެއްކޮށް ފިލުވާލާފައިވާކަމަށް މިފްކޯއިން ފާހަގަކުރި.
644 ދުވަސް ކުރިން - 22:12
ޑރ. ވިތާލީ އެފަދައިން ވިދާޅުވީ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ދަށުން އެ ކުންފުންޏަށް އާ ޖެނެރަލް މެނޭޖަރެއް އައްޔަންކުރުމަށް ފަހު، ސީއީއޯއާ ހަވާލާދީ މިފްކޯއިން ނެރުނު ނޫސްބަޔާނެއްގައި.
654 ދުވަސް ކުރިން - 13:36
މަސްވެރިންގެ އަދި މަސްވެރި ސިނާޢަތުގައި ހުރި ޒަމާންވީ ބޮޑެތި ގޮންޖެހުންތަކަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ޖުމްލަ ހައްލުތަކެއް ހޯއްދަވައި ދެއްވަމުންކަަމަށާއި އަދި މިއީ ތާރީޚީ ދުވަހެއް ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވި.
663 ދުވަސް ކުރިން - 18:02
މިފްކޯގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޭރުގެ ބޭފުޅެއްކަމަށްވާ ސުވިޒަރލޭންޑުގެ ޑރ. ވިތާލީ ލުބިމޮފް ކުންފުނީގެ ސީއީއޯގެ މަޤާމަށް ޢައްޔަންކުރައްވައި، މާދަމާ ރަސްމީކޮށް މަސައްކަތާ ޙަވާލުވެވަޑައިގަންނަވާނެ ކަމަށް މިފްކޯއިން ހާމަކޮށްފި.
664 ދުވަސް ކުރިން - 11:37
އެކުންފުނީގެ ކޫއްޑޫ ފިޝަރީޒް އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް އޮކްޓޯބަރު 28 އިން ފެށިގެން ނޮވެންބަރު 15 އާ ހަމައަށް ކިރާފައިވާ މަހަށްވާ 22،922،141 ރުފިޔާ މިއަދު އޮޑިވެރިންނަށް ޖަމާކޮށްދީފައިވާ ކަމަށް މިފްކޯއިން ހާމަކުރި.
676 ދުވަސް ކުރިން - 23:14