ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާއި ޙަވާލުވެވަޑައިގަތް ފަހުން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މަސްވެރިންނަށް 1.18 ބިލިއަން ރުފިޔާ ދޫކޮށްފި އެވެ.
މިފްކޯ އިން ބުނީ މިވީ ދެ ދުވަސް ތެރޭގައި ވެސް މަސްވެރިންނަށް 8,697,650 ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
މި ސަރުކާރު ވެރިކަމަށް އައި އިރު، ރައީސް މުއިއްޒު މަސްވެރިންނަށް ވެވަޑައިގަތް އެންމެ މުހިއްމު އެއް ވައުދަކީ މަސްވެރިން ކިރުވާ މަހަށް ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އެ ވައުދު މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ވަނީ ތަންފީޒު ކުރަން ފަށާފަ އެވެ.
މިފްކޯއިން ބުނީ އިއްޔެ އެ ކުންފުންޏަށް 79 ދޯންޏަކުން 311 ޓަނު މަސް ކިރުވާފައިވާ ކަމަށާއި، މިފްކޯގެ މަސް ބޯޓުތައް ފިޔަވައި އިއްޔެ އެންމެ ގިނައިން މަސްކިރުވާފައިވަނީ ކޫއްޑޫއަށެވެ. ކޫއްޑޫއަށް އިއްޔެ ކިރުވާފައިވަނީ 80.7 ޓަނުގެ މަހެވެ. ބޯޓުތަކަށް ކިރުވާފައި ވަނީ 221.1 ޓަނުގެ މަހެވެ.









