ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ, މަސްކިރުވާ ޢަދަދު އިތުރުވެފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން އިއްޔެ ބުނެފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިކަން ރަނގަޅުވުމާ އެކު، މަހަށް ނުކުންނަ ދޯނިތައް ވެސް އިތުރުވެފައިވާ ކަމަށެވެ.
މިފްކޯގެ ތަފާތުހިސާބުތަށް ދައްކާ ގޮތުގައި މިހާރު އެވްރެޖުކޮށް ދުވާލަކު 280 ޓަނުގެ މަސް މިފްކޯ އަށް ކިރައެވެ. އަދި މިދިޔަ 48 ގަޑިއިރު ތެރޭގައި 321 މެޓްރިކު ޓަނުގެ މަސް އެ ކުންފުނިން ގަނެފައިވެއެވެ.
މިފްކޯގެ ތަންތަނަށް މަސް ގަތް ތަފުސީލު:
ފެލިވަރު: 50.70 މެޓްރިކް ޓަން
ކޫއްޑޫ ފިޝަރީޒް: 221.12 މެޓްރިކް ޓަން
އައްޑޫ ފިޝަރީޒް ކޮމްޕެލެކްސް: 48.71 މެޓްރިކް ޓަން
މިނިސްޓްރީން ބުނީ މަސްވެރިކަން ތިޔާގި މި ދުވަސްތަކުގައި މަސްވެރިންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ލިބުން ކަމަށެވެ.
ރައީސް ޑރ. މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދެމުންގެންދާތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި މިއީ މަސްވެރިން އެކަން ބަލައިގަނެ އުފާކުރާ ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.









