Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރޯދަމަހު ގޭބިސީތަކަށް ބަހާ މަސްދަޅުން މަސް އުންޏެއް ނުވާނެކަމުގެ ޔަގީންކަން މިފްކޯއިން ދީފި

ރޯދަމަހު ގޭބިސީތަކަށް ބަހާ މަސްދަޅުން މަސް އުންޏެއް ނުވާނެކަމުގެ ޔަގީންކަން މިފްކޯއިން ދީފި

އުސްތާޛް މުޙައްމަދު ޢަލީ
532 ދުވަސް ކުރިން - 19 ޖެނުއަރީ 2025 09:25
ރޯދަމަހު ގޭބިސީތަކަށް ބަހާ މަސްދަޅުން މަސް އުންޏެއް ނުވާނެކަމުގެ ޔަގީންކަން މިފްކޯއިން ދީފި
ޚުލާސާ

ރޯދަމަހު ބަހާ މަސްދަޅުން 40 ގްރާމް މަސް އުނި ނުވާނެކަމުގެ ޔަގީންކަން މިފްކޯ އިން ދީފައި މިވަނީ އެފަދަ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ފެތުރިފައިވާތީ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، މި އަހަރުގެ ރޯދަމަހު ގޭބިސީތަކަށް ހިލޭ މަސްދަޅު ލިބޭނެ ކަމަށާއި، މަސްދަޅުން 40 ގްރާމް މަސް އުންޏެއް ނުވާނެކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކުރައްވައިފިއެވެ.

މިފްކޯއިން މިކަން ހާމަކުރެއްވީ، ސޯޝަލް މީޑިއާގައި ފެތުރެމުންދާ ބައެއް މަޢުލޫމާތުތަކާއި ގުޅިގެންނެވެ. މިފްކޯއިން ވިދާޅުވީ، ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށާއި، ރޯދަމަހު ބަހާ މަސްދަޅުން 40 ގްރާމް މަސް އުނި ނުވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

"140 ގްރާމުގެ މަސްދަޅު ބާޒާރަށް ނެރުނީ ކުދި ގޭބިސީތަކަށް އަދި އެއްފަހަރު ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި. މަސްދަޅު ފްރިޖުކުރުމަކީ ރަނގަޅު ކަމަކަށް ނުވާތީ،" މިފްކޯއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

Advertisement

Advertisement 1

މީގެ ކުރިން މިފްކޯއިން ވިދާޅުވެފައިވަނީ، ކޮންމެ ގޭބިސީއަކަށް ދޭން ނިންމާފައިވަނީ 48 ދަޅުގެ މަސްކޭހެއް ކަމަށެވެ.

ފާއިތުވި އަހަރުގެ ނޮވެމްބަރު މަހު، ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ރޯދަމަހު ކާޑުގެ ބަދަލުގައި ގޭގެއަށް ދޫކުރާނީ މަސްދަޅު ކޭސް ކަމަށެވެ. މިއީ ރައީސްގެ ވައުދުފުޅެކެވެ.

ފާއިތުވި އަހަރުގެ ރޯދަމަހު، ސަރުކާރުން ވަނީ ހިލޭ ކާބޯތަކެތި ގޭބިސީތަކަށް ދެއްވާފައެވެ. އޭގެ ތެރޭގައި ހަނޑޫ އަދި ފުށް ހިމެނެއެވެ. ނަމަވެސް މި އަހަރު އެ ބަދަލުކޮށް، މަސްދަޅު ކޭހެއް ދެއްވުމަށް ވަނީ ނިންމަވާފައެވެ.

މިފްކޯ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

13 ގަޑިއިރު ކުރިން - 14:39

ނިމިދިޔަ ޖޫން މަހު މަސްކިރުވި ދޯނިތަކަށް މިފްކޯއިން 11.3 މިލިއަން ރުފިޔާ ދޫކޮށްފި

ނިމިދިޔަ ޖޫން މަހު މަސްކިރުވި ދޯނިތަކަށް 11.3 މިލިއަން ރުފިޔާ ދޫކޮށްފި

13 ގަޑިއިރު ކުރިން - 14:39

ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ: ރައީސް

"ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ"

16 ދުވަސް ކުރިން - 16:24

އަމާޒަކީ މިހާރު އޮތް ގޮތަށް 20 ރުފިޔާގައި މަހުގެ އަގު ހިފެހެއްޓުން: ރައީސް

"އަމާޒަކީ މިހާރު އޮތް ގޮތަށް 20 ރުފިޔާގައި މަހުގެ އަގު ހިފެހެއްޓުން"

16 ދުވަސް ކުރިން - 15:47

މިފްކޯއިން މަސް ކިލޯއެއް ގަންނަ އަގު ބަލައިފިންތަ؟ ޚުލާސާއިން ބެލިއިރު މިއަދުވެސް ހުރީ 20 ރުފިޔާގައި

މިފްކޯއިން މަސް ކިލޯއެއް ގަންނަ އަގު ބަލައިފިންތަ؟

22 ދުވަސް ކުރިން - 14:31

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

26 ދުވަސް ކުރިން - 09:03