އެންމެ ފަހުން މަސްވެރިން ކިރުވާފައިވާ މަހަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ދެދުވަހުން ދިން ފައިސާގެ ޢަދަދު 10 މިލިއަން ރުފިޔާއަށްވުރެ ގިނަ ވެއްޖެއެވެ
މިފްކޯއިން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި މަހުގެ 22 ވަނަ ދުވަހު 79 މަސްދޯންޏަކަށް 4,746,204 ރުފިޔާ ދޫކޮށްފައި ވެއެވެ. އަދި 25 ޖަނަވަރީ 2025 ގައި އިތުރު 98 މަސްދޯންޏަކަށް 5,374,543 ރުފިޔާ ދޫކޮށްފައިވާ ކަމަށާއި،. މި ފައިސާއަކީ މިމަހުގެ 22 އަދި 23 މި ދެދުވަހު މަސްވެރިިން ކިރުވި މަހަށް ދޫކޮށްފައިވާ ފައިސާ ލަމަށް އެކުންފުނިން ބުންޏެވެ. މިގޮތުން 2 ދުވަހުގެ ތެރޭގައި ޖުމްލަ 10,120,747 ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް ެވެސް މިފްކޯއިން ބުންޏެވެ..
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް މިފްކޯއިން ގެންގުޅޭ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ ސިޔާސަތުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް މަސްވެރިންނަށް މި ފައިސާ ދޫކޮށްފައިވާއިރު، 23 ވަނަ ދުވަހު އިތުރު 19 ދޯންޏަކުން މަސް ކިރުވިއެވެ. އޭގެ ކުރީ ދުވަހު މިފްކޯއަށް މަސް ކިރުވީ 79 ދޯނިންނެވެ.








