Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސްގެ ވައުދުފުޅާ އެއްގޮތަށް މަސްކިރުވިތާ 48 ގަޑިއިރުތެރޭގައި ފައިސާ ޖަމާކޮށްފި

ރައީސްގެ ވައުދުފުޅާ އެއްގޮތަށް މަސްކިރުވިތާ 48 ގަޑިއިރުތެރޭގައި ފައިސާ ޖަމާކޮށްފި

އައިޝަތު ރުވާ ރިފްޢަތު
588 ދުވަސް ކުރިން - 10 ޑިސެންބަރު 2024 18:02
ފައިލް ފޮޓޯ
ފައިލް ފޮޓޯ
ޚުލާސާ

މަސްވެރިންގެ އަދި މަސްވެރި ސިނާޢަތުގައި ހުރި ޒަމާންވީ ބޮޑެތި ގޮންޖެހުންތަކަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ޖުމްލަ ހައްލުތަކެއް ހޯއްދަވައި ދެއްވަމުންކަަމަށާއި އަދި މިއީ ތާރީޚީ ދުވަހެއް ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވި.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާޖަމާކުރަން ފަށައިފިއެވެ. މިފްކޯއިން މަޢުލޫމާތު ދިންގޮތުގައި މިމަހުގެ 8 ވަނަ ދުވަހު މިފްކޯއަށް މަސްވެރިން ކިރުވާފައިވާ 172 މެޓްރިކް ޓަނަށްވާ 2،045،823 ރުފިޔާ މިއަދު ވަނީ މަސްވެރިންނަށް ޖަމާކޮށްފައެވެ.

މިފްކޯއިން މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާޖަމާކުރަން ފެށުމާއި ގުޅިގެން ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވީ މިއީ ތާރީޚީ ދުވަހެއް ކަމަށެވެ. މިއަދު ފާހަގަކުރަމުންދާ 44 ވަނަ މަސްވެރިންގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ޝިޔާމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްވެރިންގެ އަދި މަސްވެރި ސިނާޢަތުގައި ހުރި ޒަމާންވީ ބޮޑެތި ގޮންޖެހުންތަކަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ޖުމްލަ ހައްލުތަކެއް ހޯއްދަވައި ދެއްވަމުންކަަމަށެވެ.

ޑިސެމްބަރ 8 ވަނަ ދުވަހު މަސްވެެރިން މިފްކޯއަށް ކިރި މަހަށްވާ 2،045،823.37ރ މިއަދު މިފްކޯއިން މަސްވެރިންނަށް ޖަމާކޮށްފި. މިއީ އިއްޔެ މަސްވެރިންގެ ޕޭމަންޓުގެ ބެކްލޮގު ސާފުކުރިއިރު ޑިސެމްބަރު 7 ވަނަ ދުވަހު ބޭނިމަހުގެ ޕޭމަންޓު ހިމެނޭގޮތަށް ދެއްކި ޕޭމަންޓުގެ ފަހުން ފުރަތަމަ ފަހަރަށް… pic.twitter.com/2MzZXWeTXR

Advertisement

Advertisement 1
— Ahmed Shiyam (@Shiyamaldives)

މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. ވެރިކަމާއި ހަވާލުވުމަށްފަހު ރައީސް ވަނީ މި ވަޢުދު ފުއްދެވުމަށްޓަކައި މިފްކޯގެ ހިންގުން ހަރުދަނާ ކުރައްވައި، މަސްވެރިންނަށް ނުދެވި ހުރި ފައިސާ ވީއެންމެ އަވަހަކަށް ޖަމާކުރުމަށް ބޮޑު އިސްކަމެއް ދެއްވާފައެވެ.

މި އައު އުސޫލުގެ ދަށުން މަސްވެރިންނަށް ލިބޭ ފައިސާ އަވަސްވުމުގެ އިތުރުން، މަސްވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަގައި ރައީސް ވަނީ އިއްޔެ ކ. ގާފަރަށް ކުރި ރަސްމީ ދަތުރުފުޅުގައި އެ ޔަޤީންކަން ދެއްވާފައެވެ.

މިފްކޯފިޝަރީޒް މިނިސްޓްރީމިނިސްޓަރު އަހްމަދު ޝިޔާމް
Advertisement
Advertisement

ގުޅޭ ޚަބަރުތައް

މިފްކޯ އިން 25 އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

މިފްކޯ އިން 25އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

7 ދުވަސް ކުރިން - 16:41

މަހުގެ އަގު ދަށްނުކޮށް، މިފްކޯގެ ހިންގުން ހަރުދަނާކުރުމަކީ އަމާޒެއް: ސީއީއޯ އަނަސް

މަހުގެ އަގު ދަށްނުކޮށް، މިފްކޯގެ ހިންގުން ހަރުދަނާކުރުމަކީ އަމާޒެއް: ސީއީއޯ އަނަސް

7 ދުވަސް ކުރިން - 13:41

މިފްކޯ ހަރުދަނާކުރެވިއްޖެ، މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: މިނިސްޓަރު ޝިޔާމް

މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: ޝިޔާމް

8 ދުވަސް ކުރިން - 11:05

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

16 ދުވަސް ކުރިން - 14:39

ނިމިދިޔަ ޖޫން މަހު މަސްކިރުވި ދޯނިތަކަށް މިފްކޯއިން 11.3 މިލިއަން ރުފިޔާ ދޫކޮށްފި

ނިމިދިޔަ ޖޫން މަހު މަސްކިރުވި ދޯނިތަކަށް 11.3 މިލިއަން ރުފިޔާ ދޫކޮށްފި

16 ދުވަސް ކުރިން - 14:39

ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ: ރައީސް

"ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ"

32 ދުވަސް ކުރިން - 16:24

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%