އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓުވުމަށް 52 ޤައުމަކާއި ދެ ޖަމްޢިއްޔާއަކުން ސޮއިކޮށް، އދ. އަށް ސިޓީއެއް ހުށަހަޅާފައިވާއިރު ސޮއިކުރި ޤައުމުތަކުގެ ތެރޭގައި ރަޝިއާ، ތުރުކީ އަދި ޗައިނާ އާއި ސައޫދީ އަރަބިއްޔާވެސް ހިމެނޭ.
675 ދުވަސް ކުރިން - 07:53
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ވައިގެ ޙަމަލާތައް ވަރުގަދަކޮށް، އޭގެ ސަބަބުން ޢާންމުންނަށް ބޮޑެތި ގެއްލުންތަކެއް ލިބި، ސަރަޙައްދީ ހަމަނުޖެހުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި އިސްރާއީލުގެ އަސްކަރީ ގެއްލުންތައް ވެސް ދަނީ އިތުރުވަމުން..
675 ދުވަސް ކުރިން - 13:50
އިސްރާއީލުން ޖަބަލިއާގެ ރެފިއުޖީން ތިބި ދެޢިމާރާތަކަށް ބޮން އަޅައި 84 މީހުން ޝަހީދު ކޮށްލައިފި. ޝަހީދުންގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވޭއިރު އެހީތެރިވުމަށް މަސައްކަތްކުރާ ރެސްކިއު ޓީމުތަކަށް އިސްރާއީލް ސިފައިން ދަނީ ހުރަސް އަޅަމުން.
676 ދުވަސް ކުރިން - 13:22
11،600 މާބަނޑު އަންހެނުންނަށް ޙަމަލާތަކުގެ އަސަރު ކޮށްފައިވާއިރު އޭގެތެރެއިން 1،300 އަންހެނުން ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ވިހާނެ ކަމަށާއި ވަގުތުން ވަގުތަށް އެމީހުންނަށް އެހީތެރިކަން ބޭނުން ކަމަށް އދ އިން އިލްތިމާސްކޮށްފި.
677 ދުވަސް ކުރިން - 21:58
އެމެރިކާގެ އެމްކޭ-84 ގެ ބޮން ވައްޓާލުމުން 93 މީހުން ޝަހީދުވި. އެމެރިކާއިން ވަނީ އިސްރާއީލަށް އޮކްޓޯބަރުމަހު މީގެ 14000 ބޮން ފޮނުވާފަ. އެމެރިކާއިން ބުނެފައިވަނީ ފަލަސްތީނު މީހުން މަރަން އެމެރިކާއިން ހަތިޔާރު ނުދޭ ކަމަށް.
677 ދުވަސް ކުރިން - 21:30
ޣައްޒާގެ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ތިން ހަފްތާތެރޭ 800 މީހުން ޝަހީދުކޮށްލައިފި، އުތުރުގައި ކުރިއަށްދާ ހަމަލާތަކުގެ ތެރޭގައި ޖަބަލިޔާ ވަނީ ފަނާވެފައި.
681 ދުވަސް ކުރިން - 17:38
ރަހީނުން ބަދަލުކުރުމަށް ހަނގުރާމަ ހުއްޓާލުމަށް މިޞްރުން ހުށަހަޅައިފި. މިޞްރުގެ ހުށަހެޅުމުގައި އިސްރާއީލުގެ 4 މީހަކު މިނިވަންކޮށްދިނުމަށް އެދިފައިވޭ.
681 ދުވަސް ކުރިން - 15:49
ހިޒްބުﷲގެ ޙަމަލާތައް އިސްރާއީލުގެ ދިފާޢި ނިޒާމްތަކަށް ނުހުއްޓުވޭ. ހިޒްބުﷲއިން ވަނީ ބޯޑަރު ކައިރީގައިވާ އިޒްރޭލުގެ 25 ރަށުން މީހުން ހުސްކުރުމަށްވެސް އިންޒާރު ދީފައި. ހަމަލާތަކުގެ ވަރުގަދަކަމުން ޓެލްއަވީވާއި ހައިފާ އޮތީ އަލިފާން ރޯވެ ނާމާންވެފަ.
681 ދުވަސް ކުރިން - 12:35
ހިޒްބުاللهގެ ފަރާތުން ކުރިއަށްދާ ގޮންޖެހުންތަކާ އެކު ވެސް އަސްކަރީ ލަނޑުދަނޑިތަކާ ދިމާއަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ބުނެ އިސްރާއީލުން ލުބުނާނުގައި ހިންގާ އެއްގަމު އޮޕަރޭޝަންތައް ދިހަ ދުވަހުގެ ތެރޭގައި ނިންމާލަން ރާވައިފި.
681 ދުވަސް ކުރިން - 12:14
ޣައްޒާ އާއި ލުބުނާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް އަލުން މަޝްވަރާތައް ފެށުމާ ގުޅޭ ގޮތުން ޤާހިރާގައި ހަމާސް އާއި މިސްރުގެ މަޝްވަރާތައް ބާއްވައިފި
683 ދުވަސް ކުރިން - 12:31