Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުން ލުބުނާނުގެ މާބަނޑު އަންހެނުންނާއި ކުޑަކުދިން ނުރައްކަލުގައި

އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުން ލުބުނާނުގެ މާބަނޑު އަންހެނުންނާއި ކުޑަކުދިން ނުރައްކަލުގައި

ޖަވާދު
677 ދުވަސް ކުރިން - 1 ނޮވެންބަރު 2024 21:58
އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ލުބުނާނުގެ 1.4 މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލިފައި.
އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ލުބުނާނުގެ 1.4 މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލިފައި.
ޚުލާސާ

11،600 މާބަނޑު އަންހެނުންނަށް ޙަމަލާތަކުގެ އަސަރު ކޮށްފައިވާއިރު އޭގެތެރެއިން 1،300 އަންހެނުން ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ވިހާނެ ކަމަށާއި ވަގުތުން ވަގުތަށް އެމީހުންނަށް އެހީތެރިކަން ބޭނުން ކަމަށް އދ އިން އިލްތިމާސްކޮށްފި.

އިސްރާއީލުން ލުބުނާނަށް ދެމުންދާ އަނިޔާވެރި ޙަމަލާތަކުގެ ސަބަބުން އެތައް ހާސް މާބަނޑު އަންހެނުންނަށް ނޭދެވޭ އަސަރުކުރަމުންދާ ކަމަށް އދ. އިން ބުނެފިއެވެ. 

އދ އިން ބުނާ ގޮތުގައި ލުބުނާނުގައި 11،600 މާބަނޑު އަންހެނުންނަށް މިހާރު ވަނީ އިސްރާއީލުގެ ޙަމަލާތަކުގެ އަސަރު ކޮށްފައެވެ. އޭގެ ތެރެއިން 1،300 އަންހެނުން ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ވިހާނެ ކަމަށް ލަފާކުރެވެއެވެ.

އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ލުބުނާނުގެ 1.4 މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލިފައިވާއިރު، އޭގެ ތެރޭގައި ބައި މިލިއަން ކުޑަކުދިން ހިމެނޭ ކަމަށް ލުބުނާނުގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ. މިކަމުގެ ސަބަބުން ގިނަ އާއިލާތަކެއް ދަނީ ޖިސްމާނީ، މާލީ އަދި ނަފްސާނީ ގޮތުން ބޮޑެތި ދަތިތަކާއި ކުރިމަތިލަމުންނެވެ.

Advertisement

Advertisement 1

އިސްރާއީލުގެ ޙަމަލާތަކުގައި ލުބުނާނުގެ އިންފްރާސްޓްރަކްޗަރގެ ތިންބައިކުޅަ އެއްބައި ހަލާކުވެ ޞިއްޙީ ޚިދުމަތްތަކަށް ވަނީ ހީނަރުވެފައެވެ. މަދުވެގެން 100 ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރާއި ފަސް ހޮސްޕިޓަލް ބަންދުކުރަން މަޖުބޫރުވެފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ލުބުނާނަށް އިސްރާއީލުން ދެމުންދާ ޙަމަލާތަކުގައި 166 ކުޑަކުދިން މަރުވެފައިވާ ކަމަށް ލުބުނާނުގެ އޮފިޝަލުން ބުނެއެވެ. މީގެ އިތުރުން، ޔުނިސެފުން ބުނާ ގޮތުގައި ކޮންމެ ދުވަހަކު އިތުރު 10 ކުދިން ޒަޚަމް ވެއެވެ.

"ގިނަ ދުވަސްތަކެއް ވަންދެން މެދުނުކެނޑި ބޮން އެޅުމުގެ ސަބަބުން ޖިސްމާނީ ގޮތުން ގެއްލުމެއް ނުލިބި ސަލާމަތްވި ނަމަވެސް އެތައް ހާސް ކުދިން މިހާރު ތިބީ ނަފްސާނީ ގޮތުން ބިރުވެރިކަމެއްގެ ތެރޭގައި،" ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރު ކެތަރިން ރަސެލް ވަނީ ބުނެފައެވެ. އަދި މިހާރުން މިހާރަށް، ނާޒުކު ޙާލަތުގައި ތިބި މާބަނޑު އަންހެނުންނާއި ކުޑަކުދިންނަށް އެހީތެރިކަން ބޭނުންވެފައިވާ ކަމަށް އދ. އިން ވަނީ އިލްތިމާސްކޮށްފައެވެ. 

ލުބުނާންމެދުއިރުމަތި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

46 ދުވަސް ކުރިން - 20:07

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

57 ދުވަސް ކުރިން - 17:03

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

61 ދުވަސް ކުރިން - 11:26

އީރާނުގެ އިސް ނެގޯޝޮއޭޓަރުން އަވަހާރަކޮށްލަން އިޒުރޭލުން ރޭވި - އެމެރިކާ

އީރާނުގެ އިސް ނެގޯޝޮއޭޓަރުން އަވަހާރަކޮށްލަން އިޒުރޭލުން ރޭވި - އެމެރިކާ

68 ދުވަސް ކުރިން - 11:15

ތިންފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމަށް އަމަލު ނުކުރާނަން: ‎ހިޒްބުالله

އެއްބަސްވުމަށް އަމަލު ނުކުރާނަން: ‎ހިޒްބުالله

73 ދުވަސް ކުރިން - 07:05

މިއަދުވެސް ޣައްޒާ އާއި ލުބުނާނުގައި ގިނަބަޔަކު ޒަޚަމްވެ ޝަހީދުވެއްޖެ

މިއަދުވެސް ޣައްޒާ އާއި ލުބުނާނުގައި ގިނަބަޔަކު ޒަޚަމްވެ ޝަހީދުވެއްޖެ

77 ދުވަސް ކުރިން - 22:23