ޔަމަނުގެ ދެކުނުގައި އޮންނަ ޢަދަން އެއާޕޯޓަށް މި ޙަމަލާ އަމާޒުވުމާ ގުޅިގެން އެ ސަރަޙައްދުގައި ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވި، އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ވަނީ ބުރޫއަރާފަ. މި ޙަމަލާ ދީފައިވަނީ ޔަމަނުގެ ސަރުކާރާއި ޢަރަބި ކޯލިޝަނުގެ ބާރުތަކަށް އަމާޒުކޮށްގެން.
39 ދުވަސް ކުރިން - 10:54
ދެފަރާތުގެ ދެމެދުގައި ބަދަލުކުރެވުނު ވަރުގަދަ ހަމަލާތަކުގައި ހޫޘީ ހަނގުރާމަވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެމީހުން ފަހަތަށް ޖެހެން މަޖޫބޫރުވި ކަމަށް ރިޕޯޓުތައް ބުނޭ. ޔަމަނުގައި ދާޚިލީ ހަނގުރާމަ ފެށުނީއްސުރެ ތާއިޒަކީ ދެފަރާތުގެ ދެމެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންދާ އަދި ހޫޘީންގެ ބާރުގެ ދަށުގައި އޮތް މުހިންމު ސަރަހައްދެއް.
40 ދުވަސް ކުރިން - 07:30