Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ސަޢޫދީ ޢަރަބިއްޔާއަށް ސިފައިން ފޮނުވުމަށް ތުރުކިޔޭ އަދި ޕާކިސްތާނުން ތާޢީދުކޮށްފި

ހުސައިން އިސްމާއިލް
17 ގަޑިއިރު ކުރިން - 6 އޮކްޓޫބަރު 2026 09:54
ކަނާތުން ވާތަށް: ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް، ސައޫދީގެ (ރަސްގެފާނު) މުޙައްމަދު ބިން ސަލްމާން އަދި ތުރްކިޔޭގެ ރައީސް ރަޖަބް ޠައްޔިބް އެރްދޮޣާން.
ކަނާތުން ވާތަށް: ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް، ސައޫދީގެ (ރަސްގެފާނު) މުޙައްމަދު ބިން ސަލްމާން އަދި ތުރްކިޔޭގެ ރައީސް ރަޖަބް ޠައްޔިބް އެރްދޮޣާން.
ޚުލާސާ

ސަޢޫދީގެ މުޤައްދަސް ތަންތަން ހިމާޔަތް ކޮށް، ސިޔާދަތާއި ސަލާމަތް ދިފާޢުކުރުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުމަކީ އިސްލާމީ އުއްމަތުގެ މައްޗަށް މުހިންމު ކަމެއްގެ ގޮތުގައި ތުރުކިޔޭ އާއި ޕާކިސްތާނުން ދެކޭ.

މެދުއިރުމަތީގެ މަސްރަޙު އިތުރަށް ގޯސްވެ، ހަނގުރާމައިގެ ބިރުވެރިކަން ބޮޑުވަމުންދާ މިދަނޑިވަޅުގައި، ސަޢޫދީ ޢަރަބިއްޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ޤައުމަށް ސިފައިން ފޮނުވުމަށް ތުރުކިޔޭ އަދި ޕާކިސްތާނުން ތާޢީދުކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އިރާނާއި އެ ސަރަޙައްދުގެ އެކި ބާރުތަކުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން، ސަރަޙައްދީ ޞުލްޙަޔާއި އިސްލާމީ މުޤައްދަސް ބިންތަކުގެ ރައްކާތެރިކަން ދެމެހެއްޓުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަޝްވަރާތައް ކުރިއަށްދާ ވަގުތެއްގައެވެ.

ޔަމަނުގެ މަސްރަޙު ހޫނުވެ، ހަނގުރާމަ ވަރުގަދަވަމުންދާއިރު، އިރާނުން ދަނީ އެމެރިކާއާއި އިދިކޮޅު ފަރާތްތަކާ ކުރިމަތިލުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ބުނެ އިންޒާރުތައް ދެމުންނެވެ. މި ޙާލަތުގައި، ސަޢޫދީގެ ސިޔާދަތާއި ސަލާމަތް ދިފާޢުކުރުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުމަކީ އިސްލާމީ އުއްމަތުގެ މައްޗަށް މުހިންމު ކަމެއްގެ ގޮތުގައި ތުރުކިޔޭ އާއި ޕާކިސްތާނުން ދެކެއެވެ.

Advertisement

Advertisement 1

ދެ ޤައުމުގެ އިސް ވެރިން ވިދާޅުވެފައިވަނީ، މި ނިންމުމަކީ ސަޢޫދީ ޢަރަބިއްޔާއަށް ކުރިމަތިވެދާނެ އެންމެހައި ނުރައްކާތަކުން އެ ޤައުމު ދިފާޢުކުރުމަށާއި، މުޅި ސަރަޙައްދުގެ ހަމަޖެހުން ޤާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ހަނގުރާމައިގެ ސަބަބުން ޢާންމު ރައްޔިތުންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، ޞުލްޙަވެރި ޙައްލެއް ހޯދުމަށް އިސްކަންދޭންޖެހޭ ކަމަށްވެސް އެ ދެ ޤައުމުން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން ދަނީ ސަރަޙައްދީ މަސްރަޙު އިތުރަށް ގޯސްވިޔަނުދީ، ކަންކަން ފިނިކުރުމަށް ގޮވާލަމުންނެވެ.

އީރާންޕާކިސްތާންޙޫޘީމެދުއިރުމަތިތުރްކިއޭސައޫދީ އަރަބިއާއީރާން ކްރައިސިސް 2026
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީގެ ދެ އެއާޕޯޓަކަށް! ތިން މީހަކު ޒަހަމް!

ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީގެ ދެ އެއާޕޯޓަކަށް! ތިން މީހަކު ޒަހަމް!

6 ގަޑިއިރު ކުރިން - 21:21

ނޭޓޯ ސަރަޙައްދުގައި ރަޝިއާއިން އާގުބޯޓެއް ފައްތާލައިފި

ނޭޓޯ ސަރަޙައްދުގައި ރަޝިއާއިން އާގުބޯޓެއް ފައްތާލައިފި

11 ގަޑިއިރު ކުރިން - 15:49

އީރާނުގެ މަކަރުވެރި ރޭވުންތަކަށް ރައީސް ޓްރަމްޕް ނުހެއްލޭނެ: އެމެރިކާގެ އިސް އޮފިޝަލެއް

އީރާނުގެ މަކަރުވެރި ރޭވުންތަކަށް ރައީސް ޓްރަމްޕް ނުހެއްލޭނެ: އެމެރިކާގެ އިސް އޮފިޝަލެއް

17 ގަޑިއިރު ކުރިން - 10:32

ޔަމަނުގެ ވެރިރަށް ސަންޢާ ހިފުމަށް ބޮޑު އަސްކަރީ އޮޕަރޭޝަނެއް ފަށައިފި

ޔަމަނުގެ ވެރިރަށް ސަންޢާ ހިފުމަށް ބޮޑު އަސްކަރީ އޮޕަރޭޝަނެއް ފަށައިފި

17 ގަޑިއިރު ކުރިން - 10:16

ޙޫޘީންގެ އަމާޒުތަކަށް 1،122 ހަމަލާ ދީފި

ޙޫޘީންގެ އަމާޒުތަކަށް 1،122 ހަމަލާ ދީފި

1 ދުވަސް ކުރިން - 10:02

ޝަހީދުކޮށްލި ނޫސްވެރިންނަކީ "ޓެރަރިސްޓުން" ކަމަށްބުނެ އިސްރާއީލުން ހެދީ ދޮގު: އދ

ޝަހީދުކޮށްލި ނޫސްވެރިންނަކީ "ޓެރަރިސްޓުން" ކަމަށްބުނެ އިސްރާއީލުން ހެދީ ދޮގު: އދ

1 ދުވަސް ކުރިން - 09:55