
ހާލަންޑު ވަނީ ކްލަބަށް ޗެމްޕިއަންސް ލީގުގައި 36 ލަނޑު ހަމަކޮށް، އަގުއޭރޯގެ ރެކޯޑާ ހަމަކޮށްފަ. މުޅި މެޗު ކޮންޓްރޯލްކޮށް ސިޓީން މޮޅު ކުޅުމެއް ދެއްކިއިރު، ޕޯޓޯއަށް ސިޓީގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވޭ.
8 ގަޑިއިރު ކުރިން - 09:54
އާ ސީޒަންގައި ސިޓީ ކުޅޭ ފުރަތަމަ މެޗަށް މަދު ގަޑިއިރުތަކަކަށް ވެފައިވަނިކޮށް ފެނުނު މި އާ ސްޓައިލަކީ، އޭނާގެ ކެރިއަރުގެ ކުރީކޮޅު މޮލްޑޭގައި ހުރިއިރު ފެނުނު ފަދަ ސްޓައިލެއް. މި ބަދަލާއެކު އޭނާ ފުރަތަމަ ފެންނާނީ ބޯންމަތާ ދެކޮޅަށް ކުޅޭ މެޗު.
17 ދުވަސް ކުރިން - 15:31
މަރެސްކާ ސިޓީއާ ހަވާލުވުމުގެ ކަންކަން ލަސްވެގެން ދިޔައީ އޭނާ ހޯދުމަށް ސިޓީން ޗެލްސީއަށް ދޭންޖެހޭ ބަދަލުގެ (ކޮންޕެންސޭޝަން) މައްސަލައިގައި ދެ ކްލަބުގެ މެދުގައި ކުރެވުނު މަޝްވަރާތަކާ ގުޅިގެން. މަރެސްކާގެ ވަކިވުމުގެ ސަބަބުން ޗެލްސީގެ މިދިޔަ ސީޒަނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ.
71 ދުވަސް ކުރިން - 23:04
މި ސީޒަނުގައި ޗެލްސީއަށް ޔޫރަޕުގެ މުބާރާތުން ޖާގަ ނުލިބުނުއިރު ޓޮޓެންހަމް ހަނގުރާމަކުރީ ރެލިގޭޝަނުން ސަލާމަތްވޭތޯ. ލިވަޕޫލް މި ސީޒަން ނިންމާލަން ޖެހުނީ ހުސް އަތާ.
107 ދުވަސް ކުރިން - 13:01
ގާޑިއޯލާގެ އިތުރުން އެ ކުލަބުގެ ކެޕްޓަލް ބެނާޑީ ސިލްވާއާއި ސްޓޯންސްގެ އިތުރުން އެކުލަބު ދޫކޮށްފައިވާ ގުންޑޮގަންއާއި އެޑަސަންގެ ފެއާވެލް ވެސް ރޭގައި ވަނީ ބާއްވާފަ.
107 ދުވަސް ކުރިން - 12:14
ޗުކަމުގައި ހޭދަކުރި 10 ސީޒަނުގައި އޭނާ ވަނީ އެ ކްލަބަށް 17 ބޮޑު މުބާރާތެއް ކާމިޔާބުކޮށްދީފަ. މީގެ ތެރޭގައި އެންމެ ޝަރަފުވެރި ޗެމްޕިއަންސް ލީގު ތަށިވެސް ހިމެނޭ.
109 ދުވަސް ކުރިން - 23:13
މެޗުގައި ގޯލުތައް ޖެހީ ސެމެންޠޯ، މާމޫޝްގެ އިތުރުން ސަވީނިއޯ. ސިޓީއާ އާސެނަލް އޮތީ ދެ ޕޮއިންޓުގެ ފަރަގެއް.
118 ދުވަސް ކުރިން - 12:32
ބްރެންޓްފޯޑުގެ މައްޗަށް ސިޓީން މެޗު ކާމިޔާބުކުރީ 3-0ގެ ނަތީޖާއިން. ލިވަޕޫލާއި ޗެލްސީ ބައްދަލުކުރި މެޗު ނިމުނީ 1-1ގެ ނަތީޖާއިން. ޔުނައިޓެޑާއި ސަންދަލޭންޑް މެޗު ނިމުނީ 0-0 އިން.
122 ދުވަސް ކުރިން - 23:53
ރިޕޯޓުތައް ބުނާގޮތުން ސިލްވާ އަކީ މެޑްރިޑުން ބޭނުންވާ ފެންވަރުގެ ކުޅުންތެެރިއެއް ނޫން. މެޑްރިޑުން ބޭނުންވަނީ ސިޓީގެ މެދުތެރެއަށް ކުޅޭ ރޮޑްރީ.
135 ދުވަސް ކުރިން - 22:11
މި މެޗު ސިޓީ ކާމިޔާބުކުރީ 1-2 ގެ ނަތީޖާއިން. ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މާދަމާ ރޭ ބައްދަލުކުރާނީ ޗެލްސީއާއި ލީޑްސް އެވެ.
136 ދުވަސް ކުރިން - 23:55
ސިޓީއަށް ލިބުނު މި މޮޅާއެކު ތާވަލުގެ ދެވަނައިގައި ސިޓީ މިވަގުތު އޮތީ 67 ޕޮއިންޓާއެކު. އާސެނަލް އެއްވަނައިގައި 70 ޕޮއިންޓާއެކު އޮތީ އެއްމެޗު އިތުރަށް ކުޅެގެން.
142 ދުވަސް ކުރިން - 23:56
އާސެނަލް އަށްވުރެ އެއް މެޗު މަދުން ސިޓީ ކުޅެފައިވާއިރު، އަންނަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު އިއްތިހާދު ސްޓޭޑިއަމްގައި މި ދެ ޓީމު ބައްދަލުކުރާނެ.
149 ދުވަސް ކުރިން - 23:16
ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ހަމަވާނެ. ރޮޑްރީ ހާމަކޮށްފައިވާ ގޮތުގައި މޮޅެތި ކުލަބުތަކުން ލިބޭ ފުރުސަތުތަކަށް ނޫނެކޭ ބުނުމަކީ ކުރެވޭނެ ކަމެއް ނޫން.
165 ދުވަސް ކުރިން - 23:12